ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ގޮވައި ކުޅުދުއްފުށީގައި ހާލު ސީރިއަސްވި މީހާ އިތުރުފަރުވާ އަށް މާލެ ގެނެސްފިއެވެ. އޭނާ މާލެ ގެނެސްފައިވަނީ އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާ ބޯޓުގައި މިއަދު ހަވީރުއެވެ. އަދި އޭނާއަށް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫ ގައެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އެމީހާގެ ކަނާއަތް ވަނީ ވަރަށްބޮޑަށް ޒަހަމްވެފައެވެ. މިއީ އުމުރުން 37 އަހަރުގެ މީހެކެވެ. ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ގޮވައި ކުޅުދުއްފުށީ...
މުޙައްމަދު އަފްރާޙް
ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބްލައިންޑް އެސޯސިއޭޝަން) އިން، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ފައިސާ ހަދިޔާކޮށްފިއެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ހާލގައި ޖެހިފައިވާ ފަލަސްތީނު މީހުންނަށް ބްލައިންޑް އެސޯސިއޭޝަނުން ހަދިޔާކޮަށްފައިވަނީ 31،000 ރުފިޔާއެވެ. އެ އެސޯސިއޭޝަނުން ބުނީ މިއީ އެ ޖަމިއްޔާގެ މާލިއްޔަތުންނާއި ފެނުމުގެ ނުކުޅެދުންތެރިކަން ހުރި ވަކިވަކި ފަރުދުންގެ ބައިވެރިވުމާ އެކު ފަަލަސްތީނުގެ ރައްޔިތުންނަށް ވެދިން އެހީއެއް ކަމަށެވެ. އަދި މ...
މުޙައްމަދު އަފްރާޙް
ފަތުރުވެރިކަމުގައި އަންހެނުންގެ ދައުރާއި ބައިވެރިވުން އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖެނެރަލް މެނޭޖާސް ފޯރަމް 2023 ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގައި އަންހެނުންގެ ބައިވެރިވުން ފުޅާކުރުމަށް ގާނޫނީ އޮނިގަނޑުތަކުގެ ތެރެއިން ގެންނަޖެހޭ ބަދަލުތައް ގެނެސް، ހަމަހަމަ އުޖޫރު ލިބިދެވޭކަން ޔަގީންކޮށްދެއްވާނެ ކަމަށެވެ. އަދި ފަ...
މުޙައްމަދު އަފްރާޙް
ފުލުހުން ޓޯ ކުރި ކާރެއް ނައްތާލުމުން 250،000ރ. ގެ ބަދަލެއް ދޭން ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ. ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ 2019 ވަނަ އަހަރު ޓޯކުރި ކާރެއްގެ މައުލޫމާތު އާންމު ކުރުމެއް ނެތި ކާރު ނައްތާލާފައިވާތީ އެވެ. ފުލުހުން ޓޯ ކުރާ އުޅަނދުތައް ނައްތައި ލެވޭނީ އެ އުޅަނދެއްގެ މައުލޫމާތު އާންމު ކުރުމަށް ފަހު އެވެ. ކާރުގެ ވެރިފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން ކޯޓުން ކުރި ހުކުމުގައި ވަނީ ޓޯ […]
ހުސައިން ހަބީބް
އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް މާދަމާ ނިޔަލަށް ނިންމާލުމަށް އަމާޒު ކަނޑައަޅައިފިއެވެ. ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެކުލަވާލައްވާފައިވާ އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ އަށްވަނަ ދުވަހުއެވެ. އޭރު މަސައްކަތް ފަށާފައިވަނީ މިމަހުގެ 15 ދުވަހު އެ މަސައްކަތް ނިންމުމަށް އަމާޒެއް ކަނޑައަޅައިގެންނެވެ. ޑިރެކްޓާ އޮފް ޓްރާންޒިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޮމިޓީތަކުގެ މަސައްކަތް ކަނޑައެ...
މުޙައްމަދު އަފްރާޙް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތެރޭގައި އަޑުގަދަކުރަމުން ދިޔަ ފަތުރުުވެރިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އަންހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އެތެރޭގައި އެހެން މީހުންނަށް އުދަނގޫވާ ގޮތަށް އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުން ފަދަ ޢަމަލުތައް ހިންގާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެކަމަކު މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ވިދާޅެއް ނުވެއެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އެއީ ޗައިނާގެ މީހެކެވެ. އަދި އޭނާ...
މުޙައްމަދު އަފްރާޙް
އަމާންކަން ގެއްލޭ ވާހަކަތައް މަނާކޮށްފައި އޮތް މާއްދާ ހައި ކޯޓުން ބާތިލްކުރުމާ ދެކޮޅަށް ހުށަހެޅި ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ. އާންމު ގާނޫނުތަކުގެ 8 ވަނަ މާއްދާގެ ދެ ވަނަ ނަމްބަރުގެ ދަށުން އަމާންކަން ގެއްލޭ ވާހަކަތައް ދެއްކުމަކީ މަނާ ކަމެއް ކަމަށް ބަޔާން ކޮށްފައި އޮއްވާ ހައި ކޯޓުން މި އަހަރު އެ މާއްދާ ބާތިލްކުރީ ގާނޫނު އަސާސީއާ ހިލާފް ކަމަށް ބުނެ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް […]
ޙުސައިން ޝަހުދީ
މަރުވެފައި އޮއްވާ މޫދުން މިއަދު ފެނުނީ ރަސްފަންނު ސަރަހައްދަށް ރޭ މޫދަށް ފުންމާލި މީހެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން ވިދާޅުވީ މިއަދު ކަނޑުމަތިން ފެނުނު ހަށިގަނޑަކީ ރަސްފަންނާ ދިމާލުން ރޭ މޫދަށް ފުންމާލި މޭހެއްގެ ހަށިގަނޑު ކަމަށް މިހައިތަނަށް ކުރި ތަހުގީގުން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެއީ ދިވެހި ފިރިހެނެއް ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން އެއީ އުމުރުން 41 އަހަރުގެ މީހެއް ކަމަށާއި އެމީހާގެ ހަށިގަނޑު މިހާރުވަނީ […]
މުޙައްމަދު އަފްރާޙް
މަރުވެފައި އޮތް މީހަކު ކަނޑުމަތިން ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ކަނޑުމަތިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އެ ހަށިގަނޑު ފެނިފައި ވަނީ މާލެއަތޮޅު ދޫނިދޫ އާއި ފުނަދޫ އާ ދޭތެރޭ ކަނޑުމަތިންނެވެ. އެހެންކަމުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ހަށިގަނޑު ފެނިގެން އެ އިދާރާ އަށް ރިޕޯޓުކޮށްފައިވަނީ މއިަދު ހެނދުނު 9:10 ހާއިރު ކަމަށެވެ. އެހެންނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރައްވައެވެ. މ...
މުޙައްމަދު އަފްރާޙް
ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ދިނުމަށް އެދި ފަރުޟު ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ. އިސްލާމިކް މިނިސްޓްރީން ކައުންސިލްތައް ފޮނުވި ސާކިއުލާއެއްގައި ބުނީ އިސްރާއީލްގެ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ އަނިޔާތަކާއި ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށް، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުމަށް އެދި ފަރުޟު ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން ހަމަޖައްސާފައިވާ ކަމަށެވެ. އެހެންކަމުން ހުރިހާ ނަމާދެއްގެ ފަހު ރ...
މުޙައްމަދު
ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ދިވެހިންނަށް ކީރިތި ގުރުއާނުގެ ތަފްސީރެއް ހަދިޔާ ކުރައްވައިފިއެވެ. ކީރިތި ގުރުއާނުގެ ފުރިހަމަ ތަފްސީރެއް ދިވެހި ބަހުން އޮތުމުގެ މުހިންމު ކަމުގެ މައްޗަށް ރިއާޔަތް ކޮށް، ސައުދީ އަރަބިއްޔާ އިން ނެރެފައިވާ އައްތަފްސީރުލް ވާޟިހުލް މުޔައްސިރު ދިވެހި ބަހަށް ތަރުޖަމާކޮށް ދިވެހިންނަށް ހަދިޔާ ކުރެއްވި ކަން ގާސިމް އިއުލާން ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ކީރިތި ޤުރުއާނުގެ ފުރިހަމަ ތަފްސީރެއް ދިވެހިބަހުން އޮތުމުގެ މުހިންމު ކަމުގ...
މުޙައްމަދު
ޣައްޒާގެ އަލް އަހްލީި ހޮސްޕިޓަލަށް އިޒްރޭލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ. ދިވެހި ހާރިޖިއްޔާ އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް އިޒްރޭލުން ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ރާއްޖެއިން ކުށްވެރިކުރައްވާ ކަމަށެވެ. މި ހަމަލާގައި ފަލަސްތީނުގެ އެތައް ސަތޭކަ މައުސޫމް ރައްޔިތުން ޝަހީދުވެފައިވާކަން ފާހަގަކުރައްވާ އެ ބަޔާނުގައި ވިދާޅުވީ އާންމު ރައްޔިތުންނަށް އަމާޒުކޮށް، ހޮސްޕިޓަލުތަކާއި އާންމު ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރާ އުމްރާނީ...
މުޙައްމަދު އަފްރާޙް
އިސްރާއީލުން، ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ޓެލެތޯނުން 12.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި ދިވެހި ބައެއް މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯނެކެވެ. މި ޓެލެތޯން އޮކްޓޯބަރު މަހުގެ 17 ވީ އަންގާރަ ދުވަހުގެ ހެނދުނު 10:30 ން ރޭގެ 12:00 އާއި ހަމައަށް ކުރިއަށް ގެންގޮސް ނިންމައިލިއިރު، 8300 އަށްވުރެ ގިނަ ޑޮލަރު ވެސް ވަނީ އެހީގެ ގޮތުގައި […]
މުޙައްމަދު އަފްރާޙް
ޕީއެންސީގެ ސަރުކާރެއްގައި ދިވެހިބަހާއި ސަގާފަތަށް އިސްކަންދޭން ޚާއްސަ ވުޒާރާއެއް އުފައްދަވާނެ ކަމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިލްމުވެރިންނާއި އުސްތާޒުންނާ އެކު މީރުމާ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ބައްދަލުވުމެއްގައެވެ. އެ ވުޒާރާ ވެގެންދާނީ ރާއްޖޭގެ އަމިއްލަވަންތަކަން އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ވުޒާރާއަކަށް ކަމަށާއި މީގެ ކުރިން ދުވަހަކު ވެސް ދިވެހި ބަހާއި އިސްލާމް ދީނާއި ސަގާފަތާ އާދަކާދައަށް އިސްކަން ނުދ...
މުޙައްމަދު އަފްރާޙް
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ މިހައިތަނަށް ރާއްޖޭގައި ހިންގުނު އެންމެ ފާހަގަކޮށްލެވޭ ތަރައްގީގެ މަޝްރޫއު ނުވަތަ ރާއްޖެ ބަދަލުކޮށްލި މަޝްރޫއު ކަމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ ޒިންހުއާ ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައެވެ. މި ބަސްދީގަތުމުގައި އެމަނިކުފާނު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ވަރަށް ގިނަ ބަޔެއްގެ ދިރިއުޅުން ބަދަލުކޮށްލާފައިވާ ކަމަށާއި މިއީ ގްރޭޓާ މާލެ ސަރަހައްދަށް ވެސް ވަރަށް ބޮޑު ކު...
މުޙައްމަދު އަފްރާޙް