ސިނަމާލެ ބްރިޖުގައި ގަވާއިދާ ހިލާފުވެގެން 24 ގަޑިއިރުގެ ތެރޭގައި 120 މީހުންނަށް ނަސޭހަތް ދީފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ސިނަމާލެ ބުރިޖުގައި ދުއްވަން އޮންނަ ސްޕީޑަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވައިގެންނާއި، ގަވާއިދާ ޚިލާފަށް ލޭން ބަދަލުކޮށްގެން އިއްޔެ އެކަނިވެސް 120 މީހަކަށް ނަސޭހަތުގެ މެސެޖު ފޮނުވާފައިވާ ކަމަށެވެ.

Ad
rt

މި އޮކްޓޯބަރު މަހުގެ 11 ވީ ބުދަ ދުވަހު އެ އިދާރާ އިން ވަނީ ސިނަމާލެ ބުރިޖުގައި ދުއްވަން އޮންނަ ސްޕީޑަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ ފަރާތްތަކަށް ފުލުހުން މެސެޖު ފޮނުވަން ފަށާފައެވެ.

ފުލުހުން ވިދާޅުވީ މެސެޖު ފޮނުވަނީ އުޅަނދުގެ ވެރިފަރާތުގެ ފޯނު ނަންބަރަށް ކަމަށެވެ. އަދި އެ މެސެޖުގައި ދުއްވި ގަޑިއާއި ތާރީޚު އެގޭނެހެން، ގަވާއިދާ ޚިލާފްވެފައިވާކަން ބަޔާން ކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިގޮތުން ފުލުހުން އުޅަނދުގެ ވެރިފަރާތަށް ފޮނުވާ މެސެޖުގައި އެއްވެސް ލިންކެއް ހިމަނާފައި ނުވާނެކަން އެ އިދާރާ އިން ވަނީ އާންމު ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ.