މާލޭގެ ސައި ހޮޓަލެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ޝޭޑީ ކެބިން ކައިތީ ހުންނަ ރެޑްވޭވް ޕްލާޒާ ކައިރީ ހުރި ސައިހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އިދާރާދެ ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

Ad
rt

މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 11:40 ހާއިރު ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ އިދާރާ އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ މާފަންނުު ފޮގެޓްމީ ނޮޓް، ކިޔާ ގޭގެ ތިރީގައި ހުރި ކެފޭގައި ކަމަށެވެ.

އެހެންނަމަވެސް މި ހާދިސާގައި އިތުރު މައުލޫމާތެއްް އަދި ހާމައެއް ނުކުރައްވައެވެ.