ޑޮލަރާއި ގުޅުވައިގެން ''ދޮގު ވާހަކަތައް'' ދެއްކުމުން ބްލެކްމާކެޓަށް ހިތްވަރުލިބި އިގްތިސޯދަށް ނުރައްކާވޭ: ސައީދު
ޑޮލަރާއި ގުޅުވައިގެން ”ދޮގު ވާހަކަތައް ދެއްކުމުން” މާކެޓްގައި ނުތަނަވަސްކަން އުފައްދައި، ބްލެކް މާކެޓަށް އިތުރަށް ހިތްވަރުލިބި ވިޔަފާރިވެރިންނަށާއި ރާއްޖޭގެ އިގްތިސޯދަށް ނުރައްކާ ކުރިމަތިވަމުންދާ ކަމަށް އިގްތިސޯދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މީސްމީޑިއާއަށް ދޫކޮށްލެއްވި ވީޑިއޯ މެސެޖެއްގައި ސައީދު ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން ޑޮލަރާއި ގުޅުވައި ދޮގު ވާހަކަތައް ދައްކަމުން އަންނަކަމަށެވެ. އަދި އެވާހަކަތައް ދައްކާ މައިގަނޑު މަގްސަދަކީ މުޒާހަރާއަށް މީހުން ޖަމާކުރުން ކަމަށ...