މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވި މީހަކު، ފަންސަވީސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފިއެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުބިތުވެ މި ހުކުމް ކޮށްފައި ވަނީ ދަފްތަރު ނަންބަރު 07 / ސ. މީދޫ, ޢަބްދުލްވައްހާބު އަޙްމަދު (59އ)ގެ މައްޗަށެވެ. އޭނާގެ މައްޗަށް ވަނީ 25 އަހަރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ.
މި މައްސަލައިގެ ހުކުމް 9 އޯގަސްޓް 2026 ވަނަ ދުވަހު ކޮށްފައިވާއިރު، މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2021 ޑިސެމްބަރު 1ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 ޖަނަވަރީ 13ވަނަ ދުވަހުއެވެ.
ފުލުހުން ވަނީ މިއީ މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ހިންގާ ހަރަކާތްތަކުން ލިބުނު ކާމިޔާބީއެއްކަމަށް ބުނެފައެވެ/ މަސްތުވާތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ގާނޫނުގައިވާ އެންމެ ބޮޑެތި އަދަބުތައް ދިނުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!