މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,841 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 48 ވަނަ ޞަފްޙާ

ސާހިލްގެ މައްސަލާގައި އެއް މަސް ތެރޭގައި ހުކުމް އިއްވަނީ

ސާހިލްގެ މައްސަލާގައި އެއް މަސް ތެރޭގައި ހުކުމް އިއްވަނީ

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ސާހިލް އަލީގެ ޝަރީއަތުގެ އަޑުއެހުންތައް ނިމި, އެއް މަސް ތެރޭގައި ހުކުމް އިއްވަން ހަމަޖައްސައިފި އެވެ. ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މުހައްމަދު ސައީދު 2022 ވަނަ އަހަރު މަރާލުމަށްފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ނިންމާލީ މިދިޔަ ހަފުތާގަ އެވެ. އެ މައްސަލަތަކުގެ ހުކުމް...

ހުސައިން ހަބީބް
މާލޭގެ ގެއެއްގެ އެޕާޓްމަންޓެއްގެ ސިޓިން ރޫމްގައި ރޯވެ ބޮޑު ގެއްލުމެއް

މާލޭގެ ގެއެއްގެ އެޕާޓްމަންޓެއްގެ ސިޓިން ރޫމްގައި ރޯވެ ބޮޑު ގެއްލުމެއް

މާލޭގެ ގެއެއްގެ އެޕާޓްމަންޓެއްގެ ސިޓިންރޫމްގައި އަލިފާން ރޯވެ ވަރަށް ބޮޑަށް ގެއްލުން ވެއްޖެއެވެ. މި ހާދިސާ ހިނގައިގެން ހަރަކާތްތެރިވިކަމަށް އެމްއެންޑީއެފާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ. އަލިފާން ރޯވީ ހ.ފަހިވައި ގޭގެ 7 ވަނަ ފްލޯގެ އެޕާޓްމަންޓެއްގެ ސިޓިންރޫމްގައި ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އެ އޮތޯރިޓީން ބުނީ މި ހާދިސާގައި އެޕާޓްމަންޓްގެ ސިޓިންރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ...

ފާތިމަތު ސަޙާ
ރައީސް އުތީމު ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ބައްދަލުކުރައްވައިފި

ރައީސް އުތީމު ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިއަދު އުތީމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދެވި މިބައްދަލުވުން އޮތީ އުތީމު ކައުންސިލް އިދާރާގައެވެ. މިއަދު މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު...

ޔުމްނާ ޢަލީ
ދިވެހި ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ އުތީމު މަހާރަދުންގެ ސީރަތުން ލިބޭ: ރައީސް

ދިވެހި ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ އުތީމު މަހާރަދުންގެ ސީރަތުން ލިބޭ: ރައީސް

ދިވެހި ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ އުތީމު މަހާރަދުންގެ (މުހައްމަދު ތަކުރުފާނުގެ) ސީރަތުން ލިބޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ޤައުމީ ދުވަހުގެ ބަތަލު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމުގައި މިއަދު ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، އުތީމު މަހާރަދުންގެ ސީރަތަކީ ދިވެހި ޤައުމު ހިންގުމުގެ ފަލްސަފާގެ ބިންގާ ކަމުގައި ސިފަކުރެއްވިއެވެ. ”އަޅުގަނޑު ގަބޫލުކުރާގޮތުގ...

ފާތިމަތު ސަޙާ
''ފްރެންޑް 4'' ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ފުލުސް އޮފިސަރުގެ އާއިލާއާ، މިނިސްޓަރާއި ސީޕީ ބައްދަލުކުރައްވައިފި

''ފްރެންޑް 4'' ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ފުލުސް އޮފިސަރުގެ އާއިލާއާ، މިނިސްޓަރާއި ސީޕީ ބައްދަލުކުރައްވައިފި

މުދާ އުފުލާ ސަޕްލައި ދޯނި “ފްރެންޑް 4” އަޑިއަށްދިޔަ ހިތާމަވެރި ހާދިސާގައި ގެއްލިފައިވާ ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ. މިނިސްޓަރު އިހްސާނާއި، ސީޕީ މުހައްމަދު އަހްމަދު ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ ބައްދަލުކުރަށްވާފައި ވަނީ 12 އޯގަސްޓް 2026 ވަނަ ދުވަހު ސާޖަންޓް ނާފިޢުގެ އާއިލާ ދިރިއުޅޭ ގެއަށް ކުރެއްވި ޒިޔާރަތެއްގައެވެ. މި ބައްދަލުވުމުގައި […]

ފާތިމަތު ސަޙާ
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންފި

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންފި

މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އަނބިކަނބަލުން ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުހައްމަދު ހއ. އުތީމަށް މިއަދު ވަޑައިގެންފިއެވެ. ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދާއި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު އާއި އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދުގެ އިތުރުން ދައުލަތުގެ ވެރިންނެވެ. ރައީސް އަށް މަރުޙަބާ ދެންނެވުމުގައި ނައިބު ރައީސް ހު...

ޔުމްނާ ޢަލީ
ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް 3 މިލިއަން ރުފިޔާގެ އެހީ ދެނީ!

ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް 3 މިލިއަން ރުފިޔާގެ އެހީ ދެނީ!

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށާއި، ދުންފަތާ މެދު އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ. މި އުސޫލުގެ ދަށުން ޖަމިއްޔާ ޖަމާއަތްތަކުން ހުށަހަޅާ ހުށަހެޅުންތަކަށް ބަލައި، ކޮންމެ އަހަރަކު ޖުމްލަ ތިން މިލިއަން ރުފިޔާގެ މާލީ އެހީ ދޫކުރުމަށް ވަނީ ނިންމާފައެވެ. އެޗްޕީއޭއިން ބުނި ގޮތުގައި މި އެހީ ދިނުމުގެ ބޭނުމަކީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަދަނީ ޖަމިއްޔ...

އަލީ އާދިލް
ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން 100 އަށްވުރެ ގިނަ ޢިލްމުވެރިންނާއެކު ފަށައިފި

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން 100 އަށްވުރެ ގިނަ ޢިލްމުވެރިންނާއެކު ފަށައިފި

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ (އިސްލާމިކް މިނިސްޓްރީ) އިން އިންތިޒާމުކޮށްގެން ބާއްވާ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން 2026، ގިނަ އަދަދެއްގެ ޢިލްމުވެރިންނާއެކު ރޭ ފަށައިފިއެވެ. މި ބައްދަލުވުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ، އިސްލާމިކް މިނިސްޓްރީގެ ތަފާތު މަސައްކަތްތަކުގައި ދީނީ ޢިލްމުވެރިންގެ ފަރާތުން ލިބ...

އިބްރާހިމް އަސްވާޤް
ފެނަކައިގެ ވަޒީފާތައް މަދުކުރަންޖެހޭ، މަސައްކަތެއްނުކޮށް ފައިސާ ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން: އަޒާން

ފެނަކައިގެ ވަޒީފާތައް މަދުކުރަންޖެހޭ، މަސައްކަތެއްނުކޮށް ފައިސާ ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން: އަޒާން

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ ވަޒީފާތައް އަދިވެސް މަދުކުރަންޖެހޭ ކަމަށާއި، އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންގެ ފައިސާ ލިބޭ ގޮތަށް މީހުން ވަޒީފާގައި ބޭތިއްބުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ. އަޒާން މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ފެނަކަ ބްރާންޗުން ބައެއް ވަގުތީ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން ދެކެވެމުން އަންނަ ވާހަކަތަކަށް އަލިއަޅުވާލާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މެން...

އަލީ އާދިލް
''2027 އަކީ އެންމެ ގިނަ މަޝްރޫޢު ނިންމާލެވޭނެ އަހަރު، ބޮޑު މަޝްރޫއުއަކީ ތިލަފުށްޓަށް ޕޯޓް ބަދަލުކުރުން''

''2027 އަކީ އެންމެ ގިނަ މަޝްރޫޢު ނިންމާލެވޭނެ އަހަރު، ބޮޑު މަޝްރޫއުއަކީ ތިލަފުށްޓަށް ޕޯޓް ބަދަލުކުރުން''

މިއަންނަ 2027 ވަނަ އަހަރަކީ ތަރައްގީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރުކަމަށާއި މި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއުއަކީ މާލެއިން ތިލަފުށްޓަށް ޕޯޓް ބަދަލުކުރުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް “ދަ ޕަލްސް”ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި އެޕިސޯޑުގައި ރައީސް ވަނީ، އެމަނިކުފާނުގެ ސަރުކާރުން ކުރިއަށްގެންދަވާ އެންމެ ބޮޑު މަޝްރޫޢަކަށް ވާނީ، މާލެއިން ތިލަފުށްޓަށް ޕޯޓް ބަދަލު...

ޔުމްނާ ޢަލީ
އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރު ނެގެހެއްޓުމަށް ރައީސް ގޮވައިލައްވައިފި

އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރު ނެގެހެއްޓުމަށް ރައީސް ގޮވައިލައްވައިފި

އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޝިޢާރު ނަގަހައްޓައި، ޤައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ޤައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވައިލައްވައިފިއެވެ. ޤައުމީ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޤައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، އަޅުގަނޑުމެންގެ ހަނދާންތައް ދަތުރުކުރަނީ މީގެ 467 އަހަރު ކުރީގެ މާޒީއަށް ކަމަށެވެ. އެއީ ކަނޑުގެބާޒުގެ ނަމުން އޭރު މަޝްހޫރުވި ޕޯޗުގީޒުންގެ (ފުރެތިކާލުންގެ) އިސްތިޢުމާރީ ކ...

ޝިއުނާ އާދަމް
ސީދާ ރައީސް އާއި ވަކިން ބައްދަލުކުރެވޭ ރައްޔިތުންގެ އަޑުގެ ސިލްސިލާތައް ފައްޓަވައިފި

ސީދާ ރައީސް އާއި ވަކިން ބައްދަލުކުރެވޭ ރައްޔިތުންގެ އަޑުގެ ސިލްސިލާތައް ފައްޓަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުޞަތު ދެއްވުމަށްޓަކައި “ރައްޔިތުންގެ އަޑު” ގެ ނަމުގައި ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތައް އެމަނިކުފާނު ފައްޓަވައިފިއެވެ. މި ބައްދަލުކުރެއްވުންތަކުގެ ތެރެއިން ބައެއް ވާހަކަތައް ހިމެނިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރައްޔިތުންގެ އަޑުގެ ފުރަތަމަ އެޕިސޯޑް ރޭ މީސް މީޑިއާގެ މަންސަތަކާއި ޕަބްލިކް ސަރިވިސް މީޑިއާ މެދުވެރިކޮށް ދުރަށްދައްކާފައެވެ. މި ބައްދަލުވުންތަކުގައި ރައީސް ވަނީ އެ...

ޔުމްނާ ޢަލީ
އިބޫގެ ޝައުގުވެރިކަން ރިޔާސީ ޓިކެޓަށް، ނަޝީދު ޕޯސްޓްކުރެއްވީ ''ނަނާ ހުވަފެން ދުށީމޭ'' ޅެން

އިބޫގެ ޝައުގުވެރިކަން ރިޔާސީ ޓިކެޓަށް، ނަޝީދު ޕޯސްޓްކުރެއްވީ ''ނަނާ ހުވަފެން ދުށީމޭ'' ޅެން

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ދެވަނަ ސަރުކާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް މަޝްވަރާތައް ފައްޓަވާފައިވާކަމުގެ ރިޕޯޓާއެކު، އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ރައީސް މުޙައްމަދު ނަޝީދު ”ނަނާ ހުވަފެން” ޅެން މީސް މީޑިއާއަށް ދޫކޮށްލައިފިއެވެ. ރިޔަސީ ޓިކެޓަށް ވާދަކުރެއްވުމަށް އިބޫ ފުޅާދާއިރާއެއްގައި މަޝްވަރާކުރަށްވަމުންގެންދަވާކަމަށް އަޑުތައް ފެތުރުނީ މިއަދުއެވެ. އިބޫ ފެކްޝަންގެ ބައެއް...

އަލީ އާދިލް
ގައުމީ ސިޔާސަތުތައް ބައްޓަންކުރުމުގައި އަންހެނުންގެ ދައުރު ފުޅާކުރަން އާ މަންސައެއް

ގައުމީ ސިޔާސަތުތައް ބައްޓަންކުރުމުގައި އަންހެނުންގެ ދައުރު ފުޅާކުރަން އާ މަންސައެއް

ގައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމާއި ކަންކަން ނިންމާ މަރުހަލާތަކުގައި އަންހެނުންގެ ޚިޔާލާއި މަޝްވަރާ ހިމެނުމަށްޓަކައި ކުރިއަށްގެންދާ “ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ” ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި މަންސައަކީ އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކުގެ އަޑު ސަރުކާރުގެ އެކި ފެންވަރުގެ ސިޔާސަތުތަކާ ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމަކީ އިޖުތިމާއީ އަދާލަތާއި ރައްކާތެރިކަމާ ގުޅޭ މަޝްވަރާތަކުގައި އަންހެނުންގެ ޚިޔާލު ފާޅުކަން ބޮޑު ގޮތެއްގައި ހިމަނ...

އިބްރާހިމް އަސްވާޤް
ޒިޔަދަމްގެ ގާތިލަށް ހައި ކޯޓުން ވެސް އިއްވީ މަރުގެ އަދަބު

ޒިޔަދަމްގެ ގާތިލަށް ހައި ކޯޓުން ވެސް އިއްވީ މަރުގެ އަދަބު

ލ. މުންޑޫގައި މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ މުހައްމަދު ޝަނޫންގެ މަރުގެ ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ. މުންޑޫގައި 2015 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އެ ރަށު ނޫވިލު، ޒިޔަދަމަށް ހަމަލާދީ މަރާލި މައްސަލާގައި އެ ރަށު ހީނާވިލާ ޝަނޫނާއި އެ ރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް ކުށް ސާބިތުވި އެވެ. އަދި ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވުމުން ޝަނޫން މެރުމަށާއި އަދި އެކަމުގައި […]

ހުސައިން ހަބީބް