ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު، "ޕީޖީއޯ 2.0" މިއަދު ލޯންޗުކޮށްފިއެވެ.

މިއަދު ހެނދުނު މާލޭގެ ބަރސެލޯ ނަސަންދުރާގައި ގައި އޮތް ޙަފްލާއެއްގައި ޕީޖީއޯ 2.0 ލޯންޗުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި އެ އޮފީހުގެ އައު ވެބްސައިޓް pgoffice.gov.mv ވެސް އެ ޙަފްލާގައިވަނީ ލޯންޗް ކޮއްފައެވެ.

Ad
rt

މީގެ އިތުރުން ރައްޔިތުންނާއި، ދައުލަތުގެ އިދާރާތަކަށް ދޭ އެންމެހައި ޚިދުމަތްތައް އެ އޮފީހުން ޑިޖިޓަލްކޮށް ލިބޭގޮތަށް ތަޢާރަފްކޮށްފައިވާ "އީ-ދޮރޯށި" ވެސް ރަސްމީކޮށް މިއަދު ވަނީ ލޯންޗް ކޮއްފައެވެ.

ރައީސް ޕީޖީއޯ 2.0 އިފްތިތާޙްކޮށްދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

ޕީޖީއޯ 2.0 ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް، އޮފީހުގެ މަސައްކަތުގައި ޕްރޮސިކިއުޝަން މަސައްކަތަށް ޚާޢްޞަ ސޮވްރިން އޭއައި ބޭނުންކުރަން ފެށޭނެ ކަމަށާޢި އެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއަށް އޭއައި އިންޓަގްރޭޓް ކުރެވޭނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޕީޖީއޯ 2.0 އާ ގުޅޭ އެންމެހައި މަޢުލޫމާތު އެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް އެ އޮފީހުން މިއަދު ބުނެފައިވެއެވެ.

ޕީޖީ އޮފީހުގެ އަމާޒަކީ، އެ އޮފީހާ މަތިކޮށްފައިވާ މަސްޢޫލިއްޔަތުތައް ހަމަހަމަކާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ނުފޫޒުން އެއްކިބާވެ، އަވަސްކަމާއެކު އަދާކުރުން ކަމުގައި އެ އޮފީހުން ބުނެފައިވެއެވެ. އަދި ޤާނޫނުގެ ޙުކޫމާތު ނަގަހައްޓައި، ޖިނާޢީ ޢަދުލުގެ ނިޒާމުގައި ދަޢުލަތް ތަމްސީލު ކުރުމުގައި ހާމަކަމާއި ހަމަހަމަކަމާއެކު ވަކި ފަރާތަކަށް ބުރަނުވާ، ޖަވާބުދާރީ ކުރެވެނިވި، މުޙްތަރިފް ޚިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއަކަށް ހެދުމަކީ އެ އޮފީހުގެ ތަޞައްވުރެވެ.