ސިވިލް ކޯޓު ގާޒީކަމަށް 15 ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ވިދާޅުވެއްޖެއެވެ.

އެ ކޯޓަށް ގާޒީ އެއް ހޯދަން ޖޭއެސްސީން ޢިއުލާން ކުރީ މި އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އެ ޢިއުލާނަށް ސުން ގަޑި މިމަހުގެ 19ގައި ހަމަވިއިރު 15 ބޭފުޅަކު ކުރިމަތިލައްވާފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

Ad
rt

އިއުލާނުގެ މުއްދަތު ހަމަވި އިރު އެމަގާމަށް ކުރިމަތިލެއްވީ 17 ބޭފުޅުންނަކީ:

  1. މުހައަމަދު ނިޒާމް، މއ. މޮޑަންކޮމެޓް/މާލެ
  2. ނަފީލް މުހައްމަދު، ލަކީ ހޯމު/ގއ. ދާންދޫ
  3. މުހައްމަދު އިހްސާން، ނޫރުވާދީ/ކ.ތުލުސްދޫ
  4. މުސްތަފާ ހަމީދު، ކަނީރުމާގެ/ރ. އަނގޮޅިތީމު
  5. އަލީ ނަސީރު، ގާޑަނިޔާވިލާ/ބ.ކިހާދޫ
  6. އާދަމް ޛާލިފް، އޯކިޑްމާގެ/ގއ. ގެމަނަފުށި
  7. ހައްމާދު ވާފިރު، ނޫރަންމާގެ/ގއ. ދާންދޫ
  8. މުހައްމަދު ވިދާން ޝާކިރު، ހިކިފިނިފެންމާގެ/ކ.މާލެ
  9. މަރިޔަމް ޝާނީ، ސަނދުބަރަކާގެ/ހއ. ދިއްދޫ
  10. އަބުދުއްސަލާމް އަލީ، ރޯޒްލީން/ށ. މާއުނގޫދޫ
  11. ޝިފްޒާ އަބުދުލްޤައްޔޫމް، ގަސްދޮށުގެ/ގއ. ނިލަންދޫ
  12. ފާތިމަތު ޝަފީނާޒް، ހުޅުމާލެ، ގޯތިނަންބަރު 11021/ މާލެ
  13. ފަތުހުﷲ ޖަމީލް މޫސާ، ނަލަމަލަ/ ލ. މާވައް
  14. އާއިޝަތު އަރީޝާ ނަޖީބު، ވ. ބުރެވި/ކ. މާލެ
  15. އަހްމަދު މައުސޫމް، ހަވީރީމަންޒިލް/ލ. މާބައިދޫ

ސިވިލް ކޯޓުގެ ގާޒީ އަކަށް އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާ ލިބެއެވެ. އަދި ލިވިން އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކް އެލަވެންސްގެ ގޮތުގައި 1650 ރުފިޔާ ލިބެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން މެޑިކަލް އިންސުއަރެންޝާއި ފޯނު އެލަވަންސް ވެސް ލިބޭނެއެވެ.