ނައިބު ރައީސް ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަށް ސަމޯއާއަށް
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، މިއަދު ސަމޯއާއަށް ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގެ މަޤްޞަދަކީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމެވެ. އެމަނިކުފާނާއެކު ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއްވެސް ވަނީ މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ނައިބު ރައީސް ގިނަ ސެޝަންތަކެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި، އަދި ބައެއް މުހިންމު ބަޔާންތައް އިއްވަވާނެ ކަމަށް ވަނީ ރޭވިފައެވެ. މި ބައްދަލުވުމަކީ ކޮމަންވެލްތުގެ...