ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގައި އިން ކުއްޖަކު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުރަވީ ސްކޫލްގައި އިން ކުއްޖަކު ސިއްހީ ހާލަތެއް މެދުވެރިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެ އިދާރާއަށް މިއަދު ރިޕޯޓެއް ލިބުނުކަމަށެވެ.

Ad
rt

'އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ'' ފުލުހުން ބުންޏެވެ.

ނިޔާވެފައި ވަނީ 13 އަހަރުގެ ނ. ލަންދޫ އަށް ނިސްބަތްވާ ފާތިމަތު ޝިމާ މުހައްމަދެވެ.

މައުލޫމާތު ލިބޭގޮތުގައި ޝިމާ ނިޔާވީ ސްކޫލްގެ އިންޓަވަލްގަޑީގައި ކާން އިންދައެވެ.

ޝިމާ އަކީ ދޭތެރެއަކުން ފިޓް ޖެހޭ ކުއްޖެކަމަށް ވަނީ މައުލޫމާތު ފެތުރިފައެވެ.