މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކަރސް އެސޯސިއޭޝަން (އެމްޕީއެސްއޭ) އިން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޕްރޮފެޝަނަލް ސްޕީކަރުންގެ ސަމިޓަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
"ޑިސްކަވަރ އެންޑް ގްރޯ" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓް އޮންނާނީ އެމްއެންޔޫ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އޯޑިޓޯރިއަމްގައެވެ.
މި ސަމިޓްގެ މައިގަނޑު މަޤްޞަދަކީ ވާހަކަދެއްކުމުގެ ހުނަރާއި މުވާޞަލާތީ ޤާބިލިއްޔަތު އިތުރުކުރުމެވެ. އެގޮތުން، މި ދާއިރާގައި ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުކޮށް، އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެމްޕީއެސްއޭ އިން ބުނެއެވެ.
ސަމިޓްގައި ބައިނަލްއަޤްވާމީ ފެންވަރުގެ ތަޖުރިބާކާރުންގެ މުހިއްމު ވާހަކަތަކާއި، މާސްޓަރ ކްލާސްތަކާއި، ޕެނަލް މަޝްވަރާތައް ހިމެނޭނެއެވެ. މީގެ އިތުރުން، މި ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުކޮށް، ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.
އެމްޕީއެސްއޭގެ ރައީސް އިޔާޒް ވަހީދު ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގައި ބާއްވާ މިބާވަތުގެ ފުރަތަމަ ސަމިޓް ކަމަށާއި، ކޮމިއުނިކޭޝަންގެ ހުނަރުތައް ތަރައްޤީކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް މި ސަމިޓްގައި ބައިވެރިވެވޭނެއެވެ.
ސަމިޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ރަޖިސްޓަރ ކުރެވޭނެއެވެ. އަދި މި ސަމިޓަކީ ޕްރޮފެޝަނަލް ސްޕީކިންގ އަށް ޝައުޤުވެރިވާ އަދި މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ވެސް މުހިއްމު ފުރުޞަތަކަށް ވެގެންދާނެ ކަމަށް އެމްޕީއެސްއޭ އިން ފާހަގަކޮށްފައިވެއެވެ.
ތިރީގައިވާ ލިންކް މެދުވެރިކޮށް މި ސަމިޓްގައި ބައިވެރިވެވޭނެއެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!