ދިއްދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ނިންމާ އަންނަ އަހަރު ކިޔަވައިދޭން ފަށަނީ
ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އަމަލީ މަސައްކަތް ފަށައިގެން ނިމުމަކާއި ގާތަށް ގޮސްފައިވާ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ނިމި އަންނަ އަހަރު ކިޔަވައި ދޭން ފެށުމަކީ އުންމީދެއް ކަމުގައި މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ބުނީ ދިއްދޫ ޖޫނިއަރ ކޮލެޖްގެ އިތުރުން ނ.ވެލިދޫގައި ގާއިމްކުރާ ޖޫނިއަރ ކޮލެޖް ވެސް ނިންމައި އަންނަ އަހަރު ކިޔަވައިދޭން ފެށުމަކީ އުންމީދެއް ކަމަށެވެ. އެމްޓީސީސީއާއި ހަވާލުކޮށްގެން މި ދެމަސައްކަތް ކުރިއަށް...