މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,870 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 289 ވަނަ ޞަފްޙާ

އަޒުމަކީ ކެމްޕޭންގައި ވީ ހުރިހާ ވަޢުދެއް ފުއްދުން: ރައީސް

އަޒުމަކީ ކެމްޕޭންގައި ވީ ހުރިހާ ވަޢުދެއް ފުއްދުން: ރައީސް

އަޒުމަކީ ކެމްޕޭންގައި ވީ ހުރިހާ ވަޢުދެއް ފުއްދުން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ އިއްޔެ އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހަތް ވަނަ މަންޒިލެއްގެ ގޮތުގައި މިއަދު ހަވީރު އިހަވަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ އިހަވަންދޫގައި އެ ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު، ވަރަށް ގިނަ މަސައްކަތްތަކެއް ފެށިގެން ދިޔަކަން ފާހަގަކުރަށްވާފައެ...

ޔުމްނާ ޢަލީ
ތަކަންދޫ ބަނދަރުގެ މަސައްކަތް ތިން މަސްދުވަހުގެ ތެރޭ ފަށައިދޭނަން: ރައީސް

ތަކަންދޫ ބަނދަރުގެ މަސައްކަތް ތިން މަސްދުވަހުގެ ތެރޭ ފަށައިދޭނަން: ރައީސް

ހއ. ތަކަންދޫ ބަނދަރުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ފައްޓަވައިދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިއްޔެ އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފަސް ވަނަ މަންޒިލެއްގެ ގޮތުގައި ތަކަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ތަކަންދޫ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވި...

ޔުމްނާ ޢަލީ
އެމްއާރުއެމް އުވާލަން ނިންމައިފި

އެމްއާރުއެމް އުވާލަން ނިންމައިފި

މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީން މިއަދު ބުނީ، ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 (ތިންހާސް) މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 (ތިންހާސް) މެންބަރުން ހަމަވެފައިނުވާތީ، މިއަދުން ފެށިގެން އެމްއާރުއެމް އުވާލަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން އެ ޕާޓީ އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ނިންމަފައިވާކަމަށް އީސީން ބުންޏ...

ޔުމްނާ ޢަލީ
ދިއްދޫގައި އިންޓަރނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ

ދިއްދޫގައި އިންޓަރނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ

ވަޢުދުވެ ވަޑައިގެންނެވި ގޮތަށް ހއ. ދިއްދޫގައި އިންޓަރނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފަށްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ދިއްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި އެރަށުގައި ފަތާ ޓްރެކް ހެދުމާއި، ރަ އޮޑިދޯނިފަހަރާ ގުޅޭ މަސައްކަތަށް ބޭނުންވާ ސަރަޙައްދެއް ހެދުމާ...

ޔުމްނާ ޢަލީ
ފުލުހުންނަށް ނޭނގި ލަމްހާ ކޯޓަށް ދާތީ ޕީޖީން އެދުނީ އޭނާ ޖަލަށްލާން

ފުލުހުންނަށް ނޭނގި ލަމްހާ ކޯޓަށް ދާތީ ޕީޖީން އެދުނީ އޭނާ ޖަލަށްލާން

މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ފުލުހުންނަށް ނާންގާ ކޯޓުތަކަށް ދިއުމަކީ ކޯޓުގެ ޝަރުތާ ހިލާފުވުން ކަމަށް ބުނެ އޭނާ ޖަލަށް ބަދަލުކުރަން ދައުލަތުން މިއަދު އެދުމުން ކްރިމިނަލް ކޯޓުން އެކަމަށް މިއަދު ދެކޮޅު ހަދައިފި އެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ އޮކްޓޫބަރު، 2021 ގައި މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލަމްހާގެ މައްޗަށް ކުރާއިރު، ލަމްހާ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކާ އެކު ގޭބަންދަށް ބަދަލުކޮށްފަ އެވެ. މިއަދުގެ […]

ހުސައިން ހަބީބް
ޤައުމަކަށް ރަށަކަށް ގެނެވޭ ތަރައްޤީއަކީ ސިޔާސީ ކަމެއް ނޫން: ރައީސް

ޤައުމަކަށް ރަށަކަށް ގެނެވޭ ތަރައްޤީއަކީ ސިޔާސީ ކަމެއް ނޫން: ރައީސް

ޤައުމަކަށް ވިޔަސް، ރަށަކަށް ވިޔަސް ގެނެވޭ ތަރައްޤީއަކީ ސިޔާސީ ކަމެއް ނޫންކަމަށާއި، އެއީ ދަރިންނަށާއި، ދަރިންގެ ދަރިންގެ މުސްތަޤްބަލަށްޓަކައި ޕްލޭން ކުރެވިގެން ކުރެވޭ ސީރިއަސް މަސައްކަތެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ދިއްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. ދިއްދޫ އެއާޕޯޓު ހަގީގަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީ...

ޔުމްނާ ޢަލީ
ތިލަދުންމަތީގެ 14 ރަށެއް، 57 ރަށެއްގައި ހައުސިން ޔުނިޓް އަޅަން ހުޅުވާލައިފި

ތިލަދުންމަތީގެ 14 ރަށެއް، 57 ރަށެއްގައި ހައުސިން ޔުނިޓް އަޅަން ހުޅުވާލައިފި

ތިލަދުންމަތީގެ 14 ރަށް ހިމެނޭހެން ޑިޒައިން އެންޑް ބިލްޑް އުސޫލުން ރާއްޖޭގެ 57 ރަށެއްގައި 12000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ. މިމަޝްރޫޢުގެ މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ.) އުސޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ގައި ބަޔާންކުރާ ހަމަތަކުގެ މަތިންނެވެ. ބޮޑު ތިލަދުންމަތިން ހައުސިން ޔުނިޓް އަޅަން ނިނ...

އިބްރާހިމް ޚަލީލް
ސިއްރުން 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް އެތެރެކުރި މައްސަލައެއް ބަލަނީ

ސިއްރުން 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް އެތެރެކުރި މައްސަލައެއް ބަލަނީ

ދިވެހިރާއްޖެއަށް 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލަ، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން މިއަދު ބުނީ، މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިންގ އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. ”މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތ...

ޔުމްނާ ޢަލީ
ކުރިއަށް ދެ ޤައުމީ ދުވަސް މަޝްރޫޢުއެއްގެ ގޮތުގައި އުތީމުގައި ފާހަގަކުރަނީ

ކުރިއަށް ދެ ޤައުމީ ދުވަސް މަޝްރޫޢުއެއްގެ ގޮތުގައި އުތީމުގައި ފާހަގަކުރަނީ

މި އަހަރާއި، އަންނަ އަހަރުގެ ޤައުމީދުވަސް މުހިންމު މަޝްރޫޢުއެއްގެ ގޮތުގައި ހއ. އުތީމުގައި ފާހަގަކުރަށްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތިން ވަނަ މަންޒިލެއްގެ ގޮތުގައި އުތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި ޤައުމީ ދުވަސް ފާހަގަކުރުމުގައި އެމަނިކުފާނުގެ ވިސްނުންފުޅު ކުރީގެ ސަރުކާރުތަކުން ވިސ...

ޔުމްނާ ޢަލީ
ވަށަފަރު ސިޓީ ހޮޓާ ތަރައްގީކުރުމަށް ފުރުސަތު ފަހިކޮށްދޭނަން: ރައީސް

ވަށަފަރު ސިޓީ ހޮޓާ ތަރައްގީކުރުމަށް ފުރުސަތު ފަހިކޮށްދޭނަން: ރައީސް

ހއ. ވަށަފަރު ސިޓީ ހޮޓާ ތަރައްގީ ކުރުމަށް މަގުފަހިކޮށްދީ، އެކަން ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފިއްލަދޫ އަށް ވަޑައިގެން ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. ރައީސްގެ ވާހަކަ ފުޅުގައި ވަށަފަރުގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް ދޫކޮށްފައި އޮތް ބިމަށް އިޝާރާތް ކުރަށްވައި ވިދާޅުވީ، އެތަން ނިންމުމަށް  ފުރުޞަތުތައް ފަހިކޮށްދީ، އެކަންވެ...

ޔުމްނާ ޢަލީ
ނާގޯށި ނިންމަން ބީއެމްއެލް މެދުވެރިކޮށް އެހީތެރިކަން ދެނީ

ނާގޯށި ނިންމަން ބީއެމްއެލް މެދުވެރިކޮށް އެހީތެރިކަން ދެނީ

2006 ވަނަ އަހަރު އެމްޓީޑީސީއަށް ދޫކޮށްފައިވާ ހދ. ނާގޯށި ނިންމަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފެސިލިޓީއެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފިއްލަދޫ އަށް ވަޑައިގެން ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ހދ. ގައިވެސް ޓޫރިޒަމްގެ ފުރުޞަތުތައް ފުޅާކުރަން ސަރުކާރުން ނިނ...

ޔުމްނާ ޢަލީ
ރިސޯޓަކުން ސްނޯކްލިންގ އަށް ދިޔަ މުވައްޒަފަކު ގެއްލިގެން ހޯދަނީ

ރިސޯޓަކުން ސްނޯކްލިންގ އަށް ދިޔަ މުވައްޒަފަކު ގެއްލިގެން ހޯދަނީ

ރ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ މުވައްޒަފަކު ސްނޯކްލިންގ އަށް ގޮސް ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ: މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރެވިފައިވަނީ 2025 ޖަނަވަރީ 27 ވަނަ ދުވަހުގެ 16:09 އެހައިކަށްހާއިރުއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދިން، ގެއްލިފައިވާ ފަރާތަކީ އިންޑިއާއަށް ނިސްބަތްވާ ޕަރަމްޖީތް ސިންގް ރާވަތް ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާ ސްނޯކްލިންގ އަށް ގޮސް އުޅެނިކޮށް ގެއްލިފައިވަނީ އެދުވަހުގެ 15:35 އެހައިކަށްހާއިރުއެވެ. މި މައްސަލައިގައި ގެއްލި...

ޔުމްނާ ޢަލީ
ފިއްލަދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސަށް ދަންނަވައިފި

ފިއްލަދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސަށް ދަންނަވައިފި

ހއ. ފިއްލަދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި މިއަދު އެ ރަށު ކައުންސިލުން ހިއްސާކުރަށްވައިފިއެވެ. ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގޮތުގައި ރައީސް ވަނީ ފިއްލަދޫ އަށް ވަޑައިގެންފައެވެ. އެރަށަށްކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ ފިއްލަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރަށްވާ...

ޔުމްނާ ޢަލީ
ދިވެއްސަކަށް ދިވެހި ބަސް ނޭނގިގެން ތަރުޖަމާނެއްގެ އެހީ ދީިފި

ދިވެއްސަކަށް ދިވެހި ބަސް ނޭނގިގެން ތަރުޖަމާނެއްގެ އެހީ ދީިފި

މަކަރާއި ހީލަތުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ދިވެއްސަކަށް ދިވެހި ބަސް ނޭނގޭތީ، ކޯޓުގައި ތަރުޖަމާނެއްގެ އެހީތެރިކަން ހޯދައިފި އެވެ. މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ހައްޔަރުކުރި އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށް ދިވެހި ބަސް ފަހުމު ނުވާތީ ކްރިމިނަލް ކޯޓުން އިއްޔެ ބަންދު މުއްދަތު އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ތަރުޖަމާނެއްގެ އެހީގައި ކަމަށް އެ ކޯޓުގެ އަމުރުގައިވެ އެވެ. ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި މަކަރާއި ހީލަތުން ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ އެ މީހާގެ […]

ހުސައިން ހަބީބް
މުރައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާއި ރައީސް ބައްދަލުކުރަށްވައިފި

މުރައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާއި ރައީސް ބައްދަލުކުރަށްވައިފި

ހއ. މުރައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ބައްދަލުކުރަށްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ރައީސް ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަ މަންޒިލެއްގެ ގޮތުގައި މުރައިދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ މުރައިދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސަށް ދަންނަވާފައެވެ. މިގޮތުން ކައުންސ...

ޔުމްނާ ޢަލީ