ތިލަދުންމަތީގެ 14 ރަށް ހިމެނޭހެން ޑިޒައިން އެންޑް ބިލްޑް އުސޫލުން ރާއްޖޭގެ 57 ރަށެއްގައި 12000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

މިމަޝްރޫޢުގެ މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ.) އުސޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ގައި ބަޔާންކުރާ ހަމަތަކުގެ މަތިންނެވެ.

Ad
rt

ބޮޑު ތިލަދުންމަތިން ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ 14 ރަށަކީ ހއ.ދިއްދޫ، ހއ.ހޯރަފުށި، ހއ.އިހަވަންދޫ، ހއ. ކެލާ، ހއ.އުތީމު، ހދ.ކުރިނބި، ހދ.ނެއްލައިދޫ، ހދ.މަކުނުދޫ، ހދ.ނޮޅިވަރަންފަރު، ހދ.ހަނިމާދޫ އަދި ހދ.ކުޅުދުއްފުށި، ށ.ފޯކައިދޫ، ށ.ކޮމަންޑޫ އަދި ށ.މިލަންދޫ އެވެ.

ބީލަމަށް ހުޅުވާލާފައިވަނީ 4 ކެޓަގަރީއެއްގެ ހައުސިން މަޝްރޫއުތަކެވެ. އެގޮތުން 50 ހައުސިން ޔުނިޓަށްވުރެ މަދުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގައި އެ މަޝްރޫއު ކުރިއަށްގެންދިޔުމަށް ހުށައެޅޭނީ ހަމައެކަނި ރާއްޖޭގެ ކޮންޓްރެކްޓަރުންނަށެވެ.

ޖުމްލަ އަދަދު 51 ހައުސިން ޔުނިޓާއި 150 ހައުސިން ޔުނިޓް އަދި 200-250 އާ ދެމެދުގެ ހައުސިން ޔުނިޓްތަކާއި، 300 އަށްވުރެ ގިނަ ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ރާއްޖެއާއި ބޭރުގެ ކޮންޓްރެކްޓަރުންނަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

50 އާއި 50 އަށްވުރެ މަދުން ހައުސިން ޔުނިޓް އަޅާ ރަށްތައް

އދ. ދިގުރަށް - 30 ހައުސިން ޔުނިޓް

ހއ.ކެލާ - 50 ހައުސިން ޔުނިޓް

ހއ.އުތީމު - 50 ހައުސިން ޔުނިޓް

ހދ. ކުރިނބީ - 50 ހައުސިން ޔުނިޓް

ށ. ކޮމަންޑޫ - 50 ހައުސިން ޔުނިޓް

ނ. މަނަދޫ - 50 ހައުސިން ޔުނިޓް

ނ. މިލަންދޫ - 50 ހައުސިން ޔުނިޓް

ރ.އިންނަމާދޫ - 50 ހައުސިން ޔުނިޓް

ރ. ރަސްމާދޫ - 50 ހައުސިން ޔުނިޓް

ޅ.ކުރެންދޫ - 50 ހައުސިން ޔުނިޓް

ކ.ގުރައިދޫ - 50 ހައުސިން ޔުނިޓް

މ. ކޮޅުފުށި - 50 ހައުސިން ޔުނިޓް

ތ.ހިރިލަންދޫ - 50 ހައުސިން ޔުނިޓް

ގއ.ގެމަނަފުށި - 50 ހައުސިން ޔުނިޓް

ގއ. ކޮލަމާފުށި - 50 ހައުސިން ޔުނިޓް

ގދ. ހޯޑެއްދޫ - 50 ހައުސިން ޔުނިޓް

ގދ. ފަރެސްމާތޮޑާ - 50 ހައުސިން ޔުނިޓް

ގދ. ފިޔޯރީ - 50 ހައުސިން ޔުނިޓް

51 އާއި 150 އާ ދެމެދުން ހައުސިން ޔުނިޓް ތަރައްޤީ ކުރާ ރަށްތައް

ހދ. ނެއްލައިދޫ - 60 ހައުސިން ޔުނިޓް

މ. ދިއްގަރު - 75 ހައުސިން ޔުނިޓް

ހއ. އިހަވަންދޫ - 100 ހައުސިން ޔުނިޓް

ހދ. މަކުނުދޫ - 100 އުސިން ޔުނިޓް

ނ. ކެނދިކުޅުދޫ - 100 ހައުސިން ޔުނިޓް

ރ. މަޑުއްވަރީ - 100 ހައުސިން ޔުނިޓް

ރ. އިނގުރައިދޫ - 100 ހައުސިން ޔުނިޓް

ބ. ތުޅާދޫ - 100 ހައުސިން ޔުނިޓް

ޅ.ހިންނަވަރު - 100 ހައުސިން ޔުނިޓް

ތ. ވިލުފުށި - 100 ހައުސިން ޔުނިޓް

ގދ. ގައްދޫ - 100 ހައުސިން ޔުނިޓް

ސ. މަރަދޫ - 100 ހައުސިން ޔުނިޓް

ސ.މަރަދޫ ފޭދޫ - 100 ހައުސިން ޔުނިޓް

ސ. ހުޅުދޫ - 100 ހައުސިން ޔުނިޓް

ސ. މީދޫ - 100 ހައުސިން ޔުނިޓް

ށ. ފޯކައިދޫ - 150 ހައުސިން ޔުނިޓް

އދ. މަހިބަދޫ - 150 ހައުސިން ޔުނިޓް

200 އާއި 250 އާ ދެމެދުން ހައުސިން ޔުނިޓް އަޅާ ރަށްތައް

ހއ. ދިއްދޫ - 200 ހައުސިން ޔުނިޓް

ހއ. ހޯރަފުށި - 200 ހައުސިން ޔުނިޓް

ށ. މިލަންދޫ - 200 ހައުސިން ޔުނިޓް

ރ. ދުވާފަރު - 200 ހައުސިން ޔުނިޓް

ފ. ނިލަންދޫ - 200 ހައުސިން ޔުނިޓް

ދ. މީދޫ - 200 ހައުސިން ޔުނިޓް

ގދ. މަޑަވެލި - 200 ހައުސިން ޔުނިޓް

ސ. ފޭދޫ - 200 ހައުސިން ޔުނިޓް

ގއ. ވިލިގިނލި - 225 ހައުސިން ޔުނިޓް

ހދ. ނޮޅިވަރަންފަރު - 250 ހައުސިން ޔުނިޓް

300 އަށްވުރެ ގިނައިން ހައުސިން ޔުނިޓް އަޅާ ރަށްތައް

މ. މުލި - 300 ހައުސިން ޔުނިޓް

* ނައިފަރު - 400 ހައުސިން ޔުނިޓް

ހދ. ހަނިމާދޫ - 500 ހައުސިން ޔުނިޓް

ރ. އުނގޫފާރު - 500 ހައުސިން ޔުނިޓް

ދ. ކުޑަހުވަދޫ - 500 ހައުސިން ޔުނިޓް

ލ.ގަން - 500 ހައުސިން ޔުނިޓް

ލ. ފޮނަދޫ - 500 ހައުސިން ޔުނިޓް

ގދ. ތިނަދޫ - 500 ހައުސިން ޔުނިޓް

ފުވައްމުލައް ސިޓީ - 500 ހައުސިން ޔުނިޓް

ސ. ހިތަދޫ - 500 ހައުސިން ޔުނިޓް

ކ. ތުލުސްދޫ - 550 ހައުސިން ޔުނިޓް

ކުޅުދުއްފުށި ސިޓީ - 2000 ހައުސިން ޔުނިޓް

ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތަކަށް 2.5 ބިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު، ރާއްޖޭގެ އުތުރުގައި 20،000 ހައުސިން ޔުނިޓް އަދި ދެކުނުގައި 20،000 ހައުސިން ޔުނިޓްގެ މަޝްރޫއު ހިންގެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެފުޅެކެވެ.