ރ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ މުވައްޒަފަކު ސްނޯކްލިންގ އަށް ގޮސް ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ:
މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރެވިފައިވަނީ 2025 ޖަނަވަރީ 27 ވަނަ ދުވަހުގެ 16:09 އެހައިކަށްހާއިރުއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދިން، ގެއްލިފައިވާ ފަރާތަކީ އިންޑިއާއަށް ނިސްބަތްވާ ޕަރަމްޖީތް ސިންގް ރާވަތް ނަމަކަށް ކިޔާ ފިރިހެނެކެވެ.
އޭނާ ސްނޯކްލިންގ އަށް ގޮސް އުޅެނިކޮށް ގެއްލިފައިވަނީ އެދުވަހުގެ 15:35 އެހައިކަށްހާއިރުއެވެ.
މި މައްސަލައިގައި ގެއްލިފައިވާ ފަރާތް ހޯދުމުގެ މަސައްކަތް އެމް.އެން.ޑީ.އެފް އިން ދަނީ ކުރަމުންނެވެ. އަދި ފުލުހުން މި މައްސަލަ ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!