މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,870 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 290 ވަނަ ޞަފްޙާ

މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި، އޭޓީއެމް އެއްބަސްވުމުގައި ސޮއިކޮށްފި

މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި، އޭޓީއެމް އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. މުރައިދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި، އެރަށުގައި ބަހައްޓާ އޭޓީއެމް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ހއ. އަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު މުރައިދޫއަށް ކުރަށްވާ ޒިޔާރަތުގެ ތެރެއިންނެވެ. މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ. މުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމް ޤާއިމުކުރުމުގެ އެއްބަސްވުމުގ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ދެވަނަ ސްވިމިން ޓްރެކް އަޅަން ބޭނުންވާ ސާމާނު ފޯރުކޮށްދީފި

ކުޅުދުއްފުށީގައި ދެވަނަ ސްވިމިން ޓްރެކް އަޅަން ބޭނުންވާ ސާމާނު ފޯރުކޮށްދީފި

ކުޅުދުއްފުށި ސިޓީގައި ދެވަނަ ސްވިމިން ޓްރެކެއް އަޅަން ބޭނުންވާ ސާމާނު ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ފޯރުކޮށްދީފިއެވެ. ސްވިމިން ޓްރެކް އެޅުމަށް ބޭނުންވާ ސާމާނު ކުޅުދުއްފުއްޓަށް ގެނައުމާ ގުޅިގެން ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ނަވާޒް އަސަދު ވިދާޅުވީ، ސްވިމިން ޓްރެކް އަޅަން ބޭނުންވާ ސާމާނު ސިޓީ ކައުންސިލާއި ހަވާލުކުރެވިފައިވާ ކަމަށާއި މިކަން ވުޖޫދަށް ގެނައުމުގައި އެހީތެރިކަން ދެއްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާއަށާއި، މިނިސްޓަރަށާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑި...

އިބްރާހިމް ޚަލީލް
ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފި

ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފި

މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، މަގާމުން ވަކިކުރައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޓޫރިޒަމް މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރުމާއި ގުޅިގެން ރައީސް ވަނީ އެ މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައެވެ. ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމަށް ޢައްޔަނުކުރަށްވާފައި...

ޔުމްނާ ޢަލީ
ރައީސް ހއ. އަތޮޅަށް

ރައީސް ހއ. އަތޮޅަށް

ރައީސް  ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީ(ހއ.އަތޮޅު)ގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ހއ.އަތޮޅުގެ 10 ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އެ ރަށްތަކަކީ ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށެވެ. ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގަންނަވާނީ މުރައިދޫއަށެވެ. މި ދަތުރުފުޅުގައި މި ރަށްތަކަ...

ޔުމްނާ ޢަލީ
ނިހާދު މާލީ ވުޒާރާއަށް ބަދަލުކޮށްފި

ނިހާދު މާލީ ވުޒާރާއަށް ބަދަލުކޮށްފި

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް ވަޒީރުކަމުގައި ހުންނެވި މުހައްމަދު ނިހާދު މާލީ ވުޒާރާގެ ސްޓޭޓް ވަޒީރު ކަމަށް އައްޔަން ކޮށްފި އެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާއި ގުޅިގެން 24 ޑިސެމްބަރު 2024 ގައި ނިހާދު ސަސްޕެންޑްކުރިއެވެ. މާލީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ނިހާދު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ވުޒާރާގެ ސްޓޭޓް ވަޒީރަކަށް ޢައްޔަނުކޮށްފައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ނިހާދު ފަތުރުވެރިކަމާބެހޭ […]

ޔުމްނާ ޢަލީ
ޤުރްއާން ހިތުދަސްކުރި ދެ ދަރިވަރަކާއި ޝަހީމް ބައްދަލުކުރަށްވައިފި

ޤުރްއާން ހިތުދަސްކުރި ދެ ދަރިވަރަކާއި ޝަހީމް ބައްދަލުކުރަށްވައިފި

ކިރީތި ޤުރްއާން ހިތުދަސްކުރި ދެ ދަރިވަރަކާއި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ބައްދަލުކުރަށްވައިފިއެވެ. މި ދެ ދަރިވަރުންނަކީ މުރުން 12 އަހަރުގެ ޒަލަފް ބިން ނާފިޢު (ޝާދީ ވިލާ، އދ. މަހިބަދޫ) އާއި އުމުރުން 17 އަހަރުގެ އާމިނަތު އިލްމާ ޠަލްޙަތު (މއ.ރިހި ރާޅު، މާލެ) އެވެ. ވަޒީރު ވަނީ  ޤުރުއާން ހިތުދަސްކޮށް، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި މި ދެ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިޔާއާއި ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުތައް […]

ޔުމްނާ ޢަލީ
ހއ.އަތޮޅު ކައުންސިލްތަކުގެ ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީ

ހއ.އަތޮޅު ކައުންސިލްތަކުގެ ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީ

ހއ. އަތޮޅުގެ ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީތެރިކަން ދިނުމަށް ހއ. އަތޮޅު ކައުންސިލުން އިއްޔެ ހުޅުވާލައިފިއެވެ. ހއ. އަތޮޅުގެ ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީތެރިކަން ދިނުމަށް ހއ. އަތޮޅު ކައުންސިލުން ނިންމީ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 149 ވަނަ ޢާންމު ބައްދަލުވުމުގައެވެ. މިގޮތުން މި އަހަރު އެ ކައުންސިލުން ހިންގުމަށް ނިންމާފައިވާ ޙަރަކާތ...

ޔުމްނާ ޢަލީ
ލަމްހާއަކީ މުޖްތަމައަށް ހުރި ނުރައްކަލެއް, އަލުން ބަންދު ކުރަންޖެހޭ: ދައުލަތް

ލަމްހާއަކީ މުޖްތަމައަށް ހުރި ނުރައްކަލެއް, އަލުން ބަންދު ކުރަންޖެހޭ: ދައުލަތް

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާއަކީ މުޖްތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި އެހެންވެ, އޭނާ އަލުން ބަންދު ކުރަން ޖެހޭ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ. އޮކްޓޫބަރު, 2021 ގައި މޭރީ މަރާލި މައްސަލާގައި ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ކުރަނީ މޭރީ މަރާލުމުގެ ދައުވާ އެވެ. ދައުލަތުން ބުނަނީ އެ […]

ހުސައިން ހަބީބް
ލޯންޗު އެކްސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލައިގައި ދަޢުވާކުރަނީ

ލޯންޗު އެކްސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލައިގައި ދަޢުވާކުރަނީ

ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލަ ތަޙުޤީޤުކޮށް ނިންމައި، ދެ މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދީފިއެވެ. މި މައްސަލައިގައި ދަޢުވާ ކުރުމަށް ފޮނުވާފައިވާ ދެ މީހުންނަކީ ކ. ކާށިދޫ / ހީނާވިލާ، ޔާނިސް ޙަމީދު (35އ) އާއި ހދ. ނޮޅިވަރަމް / ގްރީންހައުސް، މުޙައްމަދު ޖަމީލް (43އ) އެވެ. މި ދެ މީހުންނަކީ އެކްސިޑެންޓް ހިނގި ވަގުތު […]

އަލީ އާދިލް
ފުލުހުންގެ ޕްރޮމޯޝަންތައް ހުއްޓާލަން އަމުރު ނުކުރެވޭނެ: ހައި ކޯޓު

ފުލުހުންގެ ޕްރޮމޯޝަންތައް ހުއްޓާލަން އަމުރު ނުކުރެވޭނެ: ހައި ކޯޓު

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އަމުރު ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ. ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން 2023 ވަނަ އަހަރު ނޮވެމްބަރު މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް ފުލުހުން ތަބާނުވުމުން އެ މައްސަލަ އެ ކޮމިޝަނުން އޮތީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ނިމެންދެން ޕްރޮމޯޝަން މަޑުޖައްސާލުމުގެ އަމުރަކަށް އެދުމުން ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެ […]

ހުސައިން ހަބީބް
ރާއްޖޭގައި ޗައިނާ އަންހެނަކު ގެއްލިގެން ހޯދަނީ

ރާއްޖޭގައި ޗައިނާ އަންހެނަކު ގެއްލިގެން ހޯދަނީ

ޓޫރިސްޓު ވިސާގައި ރާއްޖެ އައި ޗައިނާ އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ގެއްލިގެން ހޯދަމުންދަނީ ޗައިނާ ރައްޔިތެއްކަމަށްވާ ސޫ ޒިއޯނިންގ (30އ) އެވެ. ފުލުހުން ބުނިގޮތުގައި، ސޫ ޒިއޯނިންގ ރާއްޖެ އައިފަހުން އާއިލާއަށް ޚަބަރެއް ވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ފުލުހުންނަށް ވަނީ މައްސަލަ ހުށަހަޅާފައެވެ. 22 ޖަނަވަރީ 2025 ގައި މ...

ޔުމްނާ ޢަލީ
ޑިމޮކްރެޓްސްގެ ރައީސަކަށް އިންތި، ނައިބަކަށް ވައްޑޭ

ޑިމޮކްރެޓްސްގެ ރައީސަކަށް އިންތި، ނައިބަކަށް ވައްޑޭ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާފައިވާ ސިޔާސީ ޕާޓީ، ދަ ޑިކޮމްރެޓްގެ ރައީސްކަމުގެ މަގާމަށް އެ ޕާޓިގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަދި އެ ޕާޓީގެ ނައިބު ރައީސް ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މިރޭ ހޮވައިފިއެވެ. މި ދެ ބޭފުޅުން މި މަގާމުތަކަށް ހޮވާފައި ވަނީ މިރޭ ބޭއްވި އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގައެވެ. މި […]

ޔުމްނާ ޢަލީ
އިންޑިއާ އާއިއެކު އޮތީ އެކުވެރިކަމާއި، އިހްތިރާމްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް: ރައީސް

އިންޑިއާ އާއިއެކު އޮތީ އެކުވެރިކަމާއި، އިހްތިރާމްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް: ރައީސް

އަވަށްޓެރި އިންޑިއާ އާއިއެކު ރާއްޖެއިން އޮތީ އެކުވެރިކަމާއި، އިހްތިރާމްގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ގުޅުމެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ރައީސް ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި،  އެޤައުމުގެ ރައީސް ދްރޯޕަތީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވ...

ޔުމްނާ ޢަލީ
ނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފުކުރަން މަސައްކަތެއްނުކުރަން: ސަރުކާރު

ނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފުކުރަން މަސައްކަތެއްނުކުރަން: ސަރުކާރު

ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރާކަށް ސަރުކާރުން އެެއްވެސް މަސައްކަތް ނުކުރާކަމަށް ސަރުކާރުން ބުނެފިއެވެ. މިކަން ހާމަކޮށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރާކަށް ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނެ ކަމަށް ހީނާ ވަނީ ފާހަގަކުރަށްވާފައެވެ. ”ކުރިއަށްއޮތް ތަނުގައިވެސް އެފަދަ...

ޔުމްނާ ޢަލީ
''އިއާދަކުރަނިވި ހަކަތަ އަށް އިންވެސްޓްކުރުން ރާއްޖޭގެ މުސްތަގުބަލަށްޓަކައި ލާޒިމު''

''އިއާދަކުރަނިވި ހަކަތަ އަށް އިންވެސްޓްކުރުން ރާއްޖޭގެ މުސްތަގުބަލަށްޓަކައި ލާޒިމު''

އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރުން ލާޒިމުކަމެއް ކަމުގައި ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ސާފު ހަކަތައިގެ ދުވަހުގެ މުނާޞަބަތުގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖުގައެވެ. ރައީސްގެ މެސެޖުގައި ވަނީ ސާފު ހަކަތައިގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ފައިސާގެ އެހީދޭ ބައިވެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުން، ކުދި ޖަޒީރާ ޤައުމުތަކަށ...

ޔުމްނާ ޢަލީ