މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,870 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 287 ވަނަ ޞަފްޙާ

ޖަނަވަރީ މަހެއްގައި އެންމެ ގިނައިން މަސްކިރުވީ މިއަހަރު: ފިޝަރީޒް މިނިސްޓްރީ

ޖަނަވަރީ މަހެއްގައި އެންމެ ގިނައިން މަސްކިރުވީ މިއަހަރު: ފިޝަރީޒް މިނިސްޓްރީ

1997 ވަނަ އަހަރުން ފެށިގެން ޖަނަވަރީ މަހެއްގައި މިފްކޯއަށް އެންމެ ގިނައިން މަސްކިރާފައި ވަނީ 2025ގެ ޖަނަވަރީ މަހުކަމަށް އެ ކުންފުނިން މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޖެނުއަރީ މަހު 8،324 މެޓްރިކް ޓަނުގެ މަސް ވަނީ މިފްކޯއަށް ކިރާފައެވެ. އެއީ، ރިކޯޑު އަދަދެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ. އެހެންކަމުން މިއީ 1997 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ކުންފުނީގެ ތާރީޚުގައި ޖަނަވަރީ މަހެއްގައި އެންމެ ގިނައިން […]

ޔުމްނާ ޢަލީ
ފޭކް ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރި މީހަކު ހޯދަނީ

ފޭކް ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރި މީހަކު ހޯދަނީ

ވިލިމާލޭ ފިހާރައަކުން މުދާ ގަތުމަށްފަހު، ފޭކް ފައިސާ ޓްރާންސްފަރ ސްލިޕެއް ބޭނުންކޮށްގެން މުޢާމަލާތެއް ހިންގާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ވިލިމާލޭގައި ހުންނަ ސިމިނީ މާރޓް ފިހާރައިން މުދާ ގަތުމަށްފަހު، ޞައްޙަނޫން ފައިސާ ޓްރާންސްފަރ ސްލިޕެއް ބޭނުންކޮށްގެން މުޢާމަލާތެއް ހިންގާފައިވާ މައްސަލައެއް ތަޙުޤީޤުކުރަމުން އަންނަކަމަށެވެ. ފުލުހުންގެ މަޢުލޫމާތު ދިން ގޮތުގައި މިކަން ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މި ވަގުތާ ހަމައަ...

ޔުމްނާ ޢަލީ
ރިސޯޓެއްގައި އިސް ވެރިޔަކަށް ހަމަލާދީފި

ރިސޯޓެއްގައި އިސް ވެރިޔަކަށް ހަމަލާދީފި

ލ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި އެ ރިސޯޓުގެ އިސް މަޤާމެއް އަދާކުރާ މީހަކަށް ހަމަލާދީ، މާރާމާރީ ހިންގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ. ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރިސޯޓުގެ އިސް މަޤާމެއް އަދާކުރާ މީހަކު ބައިސްކަލެއްގައި ދަނިކޮށް، ފަހަތުން އައި މީހަކު އައިސް ބޮލުގައި އެއްޗަކުން ޖަހައި މާރާމާރީ ހިންގުމުންނެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން […]

ޔުމްނާ ޢަލީ
އިޓަލީގައި ޗައިނާގެ ޑީޕްސީކް ބްލޮކްކޮށްފި

އިޓަލީގައި ޗައިނާގެ ޑީޕްސީކް ބްލޮކްކޮށްފި

އިޓަލީގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީ (ޖީ.ޕީ.ޑީ.ޕީ) އިން ބުރާސްފަތި ދުވަހު ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އެޕްލިކޭޝަން ޑީޕްސީކްއަށް އެކްސެސް ބްލޮކްކޮށްފިއެވެ. މިގޮތަށް ބްލޮކްކޮށްފައިވަނީ އިޓަލީގެ ޔޫޒަރުންގެ ޑޭޓާ ރައްކާތެރިކުރުމަށް ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. މީގެ އިތުރުން، ޗެޓްބޮޓް ޚިދުމަތް ދޭ ކުންފުނިތަކަށް ވެސް އިޓަލީގެ ޔޫޒަރުންގެ ޑޭޓާއަށް އެކްސެސްވުން ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފައިވެއެވެ. މި ކުންފުނިތަކަކީ ހަންގްޒޯ ޑީޕްސީކް އާޓިފިޝަލް އިންޓެލިޖެންސް އާއި ބީޖިންގ ޑީޕ...

އަޙްމަދު ދާއޫދު
ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ބޭނުންވާ މައިގަނޑު އަސާސްތައް އެކަށައަޅަނީ

ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ބޭނުންވާ މައިގަނޑު އަސާސްތައް އެކަށައަޅަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ބޭނުންވާ މައިގަނޑު އަސާސްތައް އެކަށައެޅުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި މަސައްކަތް ކުރިއަށް ގެންދާނީ ސީދާ ރައީސް މުޢިއްޒުގެ އިރުޝާދުގެ ދަށުންނެވެ. ރައީސް މި ނިންމެވުން ނިންމެވީ ދާޚިލީ އަދި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކާމެދު އެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުއެވެ. ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި އިއްޔެ ބޭއްވި ވަޒީރުންގެ މަޖީލީހުގެ ބައްދަލުކުރެއްވުމުގައި...

ޔުމްނާ ޢަލީ
ހިންދޫންގެ ފެސްޓިވަލް ނުބާއްވަން ސަރުކާރުން އަންގައިފި

ހިންދޫންގެ ފެސްޓިވަލް ނުބާއްވަން ސަރުކާރުން އަންގައިފި

ހުޅުމާލޭގައި ބާއްވަން އުޅުނު ހިންދޫންގެ ޕޮންގަލް ފެސްޓިވަލް ނުބާއްވަން ސަރުކާރުން އަންގައިފިއެވެ. ފުލުހުން މިރޭ ބުނީ މި މަހު 7 ވަނަ ދުވަހު ‘’ޕޮންގަލް 2025’’ ނަމުގައި ބާއްވަން އުޅުނު ފެސްޓިވަލް އިންތިޒާމް ކުރާ ފަރާތަށް އެ ފެސްޓިވަލް ނުބޭއްވޭނެކަމަށް އަންގާފައިވާ ކަމަށެވެ. އެހެންވެ، އެ ފެސްޓިވަލްް ކެންސަލްކޮށްފައިވާ ކަމަށް އިންތިޒާމް ކުރިފަރާތުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ. ‘’މިފަދަ ހަރަކާތްތައް ހިންގާނަމަ ފުލުހުންގެ ޚިދުމަތުން އެކަމެއް ހުއްޓުވާނެ ވާހަކަ ދަންނަވަމެވެ.’’ ފުލުހުން ބ...

ޔުމްނާ ޢަލީ
ހީލަތުން ފައިސާ އަތުލުމުން ހައްޔަރު، އިތުރު ބައެއްގެ އަތުން ފައިސާ އަތުލާފައިވޭތޯ ބަލަނީ

ހީލަތުން ފައިސާ އަތުލުމުން ހައްޔަރު، އިތުރު ބައެއްގެ އަތުން ފައިސާ އަތުލާފައިވޭތޯ ބަލަނީ

މަކަރާއި ހީލަތުން ފައިސާ އަތުލި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކު އިތުރު ބައެއްގެ އަތުން ފައިސާ އަތުލާފައިވޭތޯ ބެލެމަށް ފުލުހުން ޢިއުލާންކޮށްފިއެވެ. ފުލުހުން ބުނީ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންނާ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހަކު މަކަރާއި ހީލަތުން އިތުރު ބައެއްގެ އަތުން ފައިސާ ހޯދާފައިވޭތޯ ބެލުމަށް ބޭނުންވާކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ކެލާ/ ގަހާ،...

ޔުމްނާ ޢަލީ
ރާއްޖޭގެ ''ހެޕިނަސް އިންޑެކްސް'' އިފްތިތާހްކޮށްފި

ރާއްޖޭގެ ''ހެޕިނަސް އިންޑެކްސް'' އިފްތިތާހްކޮށްފި

ރާއްޖޭގައި އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ހެދި ދިރާސާ، ”ހެޕިނެސް އިންޑެކްސް”، (އުފާވެރިކަމުގެ މިންގަނޑު) މިއަދު ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ. މިކަމަށްޓަކައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިންޑެކްސް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ހަވާލުކުރުމުން ރާއްޖ...

ޔުމްނާ ޢަލީ
އެއްވެސް ސާޖަރީއެއް ހުއްޓާލާފައި ނުވާކަމުގެ ޔަގީންކަން އައިޖީއެމްއެޗުން ދީފި

އެއްވެސް ސާޖަރީއެއް ހުއްޓާލާފައި ނުވާކަމުގެ ޔަގީންކަން އައިޖީއެމްއެޗުން ދީފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އެ ހޮސްޕިޓަލުގައި އެއްވެސް ސާޖަރީއެއް ހުއްޓާލާފައި ނުވާކަމުގެ ޔަގީންކަން މިއަދު ދީފައެވެ. މި ޔަގީންކަން ދިނީ ހޮސްޕިޓަލުގެ ސާޖަރީތައް ހުއްޓާލާފައިވާ ކަމަށް މީސްމީޑިއާގައި ފެތުރެމުންދާ މަޢުލޫމާތުތަކަކީ ދޮގު މަޢުލޫމާތު ކަމަށް ބުނެ މީސްމީޑިއާގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ. އައިޖީއެމްއެޗުން ބުނެފައިވަނީ އެ ހޮސްޕިޓަލުގެ އެއްވެސް ސަރޖަރީއެއް މިވަގުތު ހުއްޓާލާފައި ނުވާކަމުގެ ޔަޤީންކަން ދޭކަމަށެވެ. އަދި އެ ހޮސްޕިޓަލުން ވަނީ މިފަދަ ދޮގު މަޢުލޫ...

ޔުމްނާ ޢަލީ
ޑީއާރުޕީގެ ހަތަރު މިލިއަން ރުފިޔާގެ ދަރަނި ހޯދަން އެޅޭނެ ފިޔަވަޅެއް ނެތް: ކޯޓު

ޑީއާރުޕީގެ ހަތަރު މިލިއަން ރުފިޔާގެ ދަރަނި ހޯދަން އެޅޭނެ ފިޔަވަޅެއް ނެތް: ކޯޓު

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އާމިރަށް ޑީއާރުޕީން ނުދީ އޮތް ހަތަރު މިލިއަންގެ ރުފިޔާގެ މައްސަލަ އެ ޕާޓީ އުވާލާފައި އޮތުމުން ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ. އާމިރުގެ އެއިމްސްސްޓޫޑިއޯއިން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޑީއާރުޕީއަށް ދިން ހިދުމަތްތަކާ ގުޅިގެން އޭނާއަށް ހަތަރު މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ހައި ކޯޓުން ކުރިން ހުކުމްކުރި ނަމަވެސް އެ ފައިސާއެއް ނުދައްކަ އެވެ. ޑީއާރުޕީން […]

ހުސައިން ހަބީބް
ގިނަ އަދަދެއްގެ ފައިސާއާއި، ޑްރަގާއިއެކު މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ފައިސާއާއި، ޑްރަގާއިއެކު މީހަކު ހައްޔަރުކޮށްފި

މާލޭގެ ދެ ގެއެއް ބަލާފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއި، މަސްތުވާތަކެއްޗާއއިއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ވަނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައެވެ. ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ހިންގި މި އޮޕަރޭޝަންގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގ...

ޔުމްނާ ޢަލީ
ދެ ވުޒާރާ އެއްކޮށްލައި، ވަޒީރަކަށް ތޯރިގް

ދެ ވުޒާރާ އެއްކޮށްލައި، ވަޒީރަކަށް ތޯރިގް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް (ތޯބެ) މިއަދު ޢައްޔަނުކުރައްވައިފިއެވެ. ތޯރިގް މި މަގާމަށް ޢައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ...

ޔުމްނާ ޢަލީ
ޓެކްނިކަލް މައްސަލައެއް ދިމާވެ މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ

ޓެކްނިކަލް މައްސަލައެއް ދިމާވެ މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ

މުޅި މާލެއިން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯއިން ބުނީ، ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުންޏެވެ. ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވާ ދަތިތަކަށް އެ ކުންފުނިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.

ޔުމްނާ ޢަލީ
އެމްޑީޕީން އިންތިޒާމުކުރި ހިނގާލުން ބާއްވައިފި

އެމްޑީޕީން އިންތިޒާމުކުރި ހިނގާލުން ބާއްވައިފި

އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމްކޮށްގެން ވެރިރަށް މާލޭގައި ރޭ ހިނގާލުމެއް ބާއްވައިފިއެވެ. މި ހިނގާލުމަށް އެމްޑީޕީން ގެންގުޅުނު ޝިއާރަކީ ”ފުދިއްޖެ، ފުނޑިއްޖެ”އެވެ. އެމްޑީޕީގެ ރައީސް ކުރީގެ ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދު އާއި އެ ޕާޓީގެ ޗެއާޕާސަން ކުރީގެ އިގްތިސޯދީ ވަޒީރު ފައްޔާޟު އިސްމާއީލް އާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ލީޑްކުރެއްވި މި ހިނގާލުމުގައި އެމްޑީޕީގެ އެހާރާއި މިހާރުގެ […]

ޔުމްނާ ޢަލީ
ބްރިޖު މަތީ ހުރި ކޯނެއްގައި ޖެހި ހިނގި އެކްސިޑެންގައި މީހަކު ނިޔާވެއްޖެ

ބްރިޖު މަތީ ހުރި ކޯނެއްގައި ޖެހި ހިނގި އެކްސިޑެންގައި މީހަކު ނިޔާވެއްޖެ

ސިނަމާލެ ބްރިޖުގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތެއް ކުރަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މިއަދު މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ބުނީ، މިއަދު ހެނދުނު 8:19 ހާއިރު ބްރިޖުގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތެއް ކުރަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ކޯނަކީ ބްރިޖުގެ ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތެއް ކުރަން އަންގައިދިނުމަށް ބަހައްޓާފައި...

ޔުމްނާ ޢަލީ