ހއ. ފިއްލަދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި މިއަދު އެ ރަށު ކައުންސިލުން ހިއްސާކުރަށްވައިފިއެވެ.

ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގޮތުގައި ރައީސް ވަނީ ފިއްލަދޫ އަށް ވަޑައިގެންފައެވެ.

Ad
rt

އެރަށަށްކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ ފިއްލަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރަށްވާފައެވެ.

މިއަދު މެންދުރު ފިއްލަދޫ ޞިއްޙީ މަރުކަޒުގައި އޮތް މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސަށް ދަންނަވާފައެވެ.

މި ބައްދަލުވުމުގައި ފިއްލަދޫ ކައުންސިލުން ހިއްސާކުރި މައިގަނޑު ކަންތައްތައް:

1. ސްކޫލަށް 8 ކްލާސްރޫމާއި އިތުރު ވަސީލަތްތައް ބޭނުންވުން
2. ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި ލެބޯޓްރީއަށް ރިއޭޖެންޓްސް ލިބުމުގެ ދަތިކަން
3. އަލަށް އާބާދުވާ ސަރަޙައްދުގައި ކަރަންޓާއި ޔޫޓިލިޓީ ޚިދުމަތްތައް ނެތުން
4. ކުނިކޮށްޓެނިކޮށްޓެއް އެޅުމުގެ މުހިންމުކަން
5. ފެންބޮޑުވުމުގެ މައްސަލަ
6. މަގުތަކުގައި ހިނގާބިނގާވެ އުޅުމުގެ ދަތިކަން

މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ އެރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މަސައްކަތްކުރެއްވާނެ ކަމަށާއި، ޞިއްޙީ މަރުކަޒަށް މުވައްޒަފުން ހޯދުމަށް ފިނޭންސް މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރެއްވުމަށާއި އަދި ރިއޭޖެންޓްސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް އެސް.ޓީ.އޯ އާ ގުޅިގެން މަސައްކަތްކުރަށްވާނެ ކަމަށް ވިދާޅުވެފައެވެ.