1997 ވަނަ އަހަރުން ފެށިގެން ޖަނަވަރީ މަހެއްގައި މިފްކޯއަށް އެންމެ ގިނައިން މަސްކިރާފައި ވަނީ 2025ގެ ޖަނަވަރީ މަހުކަމަށް އެ ކުންފުނިން މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޖެނުއަރީ މަހު 8،324 މެޓްރިކް ޓަނުގެ މަސް ވަނީ މިފްކޯއަށް ކިރާފައެވެ. އެއީ، ރިކޯޑު އަދަދެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ. އެހެންކަމުން މިއީ 1997 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ކުންފުނީގެ ތާރީޚުގައި ޖަނަވަރީ މަހެއްގައި އެންމެ ގިނައިން މަސް ކިރުވި ފަހަރެވެ.

Ad
rt

މިފްކޯގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ޖަނަވަރީ މަހު ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 280 މެޓްރިކު ޓަނުގެ މަސް އެ ކުންފުންޏަށް ވަނީ ކިރާފައެވެ. އަދި އެ މަހަށް 117 މިލިޔަން ރުފިޔާ އެ ކުންފުނިން ވަނީ ދޫކޮށްފައެވެ.

މިފްކޯއިން މިއަދު އާންމުކުރި މި މަހުގެ 1 ވަނަ ދުވަހުގެ ތަފާސްހިސާބު ބުނާގޮތުން 86 އުޅަނދަކަށް ޖުމްލަ 5،680،031 ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިދިޔަ މަސްވެރިންގެ ދުވަހުން ފެށިގެން ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުމުގެ ވައުދުގެ ދަށުން މިފްކޯއިން އަންނަނީ ފައިސާ ދޫކުރަމުންނެވެ.

ސަރުކާރުން ވަނީ މަސްވެރިކަމުގެ ސިނާއަތަށް ކުރާ އިންވެސްޓް އިތުރުކޮށްފައެވެ.