ވޭޕް މައްސަލާގައި މިހާތަނަށް ޖުމްލަ 160,500 ރުފިޔާގެ ޖޫރިމަނާ
ވޭޕް ބޭނުންކުރުމާއި ގުޅޭ މައްސަލަތަކުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް ޖޫރިމަނާކުރެވުނު އަދަދު ޖުމްލަ 160,500 ރުފިޔާއަށް އަރައިފިއެވެ. ފުލުހުން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިއިރު ވޭޕުގެ މައްސަލަތަކުގައި މިހާތަނަށް ޖޫރިމަނާކޮށްފައި ވަނީ 29 މީހުންނެވެ. މި ގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރު 15 އިން 22 އަށް 6 މައްސަލައެއްގައި 6 މީހަކު ޖޫރިމަނާ ކޮށްފަވެއެވެ. މި މައްސަލަތަކުގައި ޖުމްލަ 30,000 ރުފިޔާގެ ޖޫރިމަނާއެއް ކޮށްފަވެއެވެ. ހަމަ އެ އަހަރުގެ ޑިސެމްބަރު […]