ސިނަމާލެ ބްރިޖުގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތެއް ކުރަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މިއަދު މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 8:19 ހާއިރު ބްރިޖުގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތެއް ކުރަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Ad
rt

މި ކޯނަކީ ބްރިޖުގެ ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތެއް ކުރަން އަންގައިދިނުމަށް ބަހައްޓާފައި ހުރި ކޯނެކެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަކަމަށް ފުލުހުން ބުންޏެވެ. އަދި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު 9:05 ހާއިރު އެ މީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓްގައި ނިޔާވި މީހާއަކީ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

މި މައްސަލަ ތަޙުޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.