މަކުނުދޫ އާއި ހިރިމަރަދޫ ހިމެނޭހެން 12 ރަށެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް
ހދ. މަކުނުދޫ އާއި ހިރިމަރަދޫ ހިމެނޭހެން 12 ރަށެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން މިއަދު ކުރިއަށް އެބަދެއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 16:00 އާއި ހަމައަށެވެ. މިއަދު ބައި އިލެކްޝަންގައި މަކުނުދޫ ކައުންސިލް މެމްބަރެއް ހޮވުމަށް ވޯޓުލުން ކުރިއަށްދާއިރު، ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެމްބަރަކު ހޮވުން ވެސް މީގެ ތެރޭ ހިމެނިގެން ކުރިއަށް އެބަދެއެވެ. މަކުނުދ...