މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,870 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 282 ވަނަ ޞަފްޙާ

އެމްޓީސީސީގެ ސީއޯއޯއަކަށް ވަންގެ ވެރިޔާ ސިނާން

އެމްޓީސީސީގެ ސީއޯއޯއަކަށް ވަންގެ ވެރިޔާ ސިނާން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗީފް އޮޕަރޭޓިންގ އޮފިސަރު (ސީއޯއޯ) ގެ މަޤާމަށް ވަން މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި އެޑިޓަރ ސިނާން އަލީ އައްޔަނުކޮށްފިއެވެ. މި މަޤާމަށް ސިނާން އައްޔަނުކުރިތާ މިހާރު ވަނީ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ވެފައެވެ. ސިނާން މި މަޤާމަށް އައްޔަނުކުރުމުގެ ކުރިން ހުންނެވީ އެމްޓީސީސީގެ ބޯޑު މެންބަރެއްގެ ގޮތުގައެވެ. އޭނާ އެމްޓީސީސީގެ ބޯޑުގައި ހުންނެވީ 2019 ވަނަ އަހަރުން ފެށިގެން މި […]

ޔުމްނާ ޢަލީ
ހުރިހާ ރަށެއްގައި ވެސް ގެސްޓު ހައުސް ހެދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނަން: ޠާރިޤު

ހުރިހާ ރަށެއްގައި ވެސް ގެސްޓު ހައުސް ހެދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނަން: ޠާރިޤު

ހުރިހާ ރަށެއްގައި ގެސްޓު ހައުސް ހެދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް “އަހާ” ގެ ރޭގެ ބައްދަލުވުމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ޠާރިޤު ވިދާޅުވި ގޮތުގައި، ސަރުކާރުން ކޮންމެ ރަށެއްގައިވެސް ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެއެ...

ޔުމްނާ ޢަލީ
''ރޯދަމަހު އަސާސީ މުދަލުގެ އަގު ބޮޑުކޮށް ވިއްކާނަމަ ފިޔަވަޅު އަޅާނެ''

''ރޯދަމަހު އަސާސީ މުދަލުގެ އަގު ބޮޑުކޮށް ވިއްކާނަމަ ފިޔަވަޅު އަޅާނެ''

ކުރިއަށް އޮތް ރަމަޟާން މަހު އަސާސީ ތަކެތީގެ އަގު ބޮޑުކޮށް ވިއްކާނަމަ ސަރުކާރުން ފިޔަވަޅު އަޅުއްވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ ރޭ ބޭއްވި އަހާ ފޯރަމެއްގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މި ފޯރަމްގައި ވަޒީރު ވިދާޅުވި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމާ އެއްގޮތަށް އަސާސީ މުދަލުގެ އަގު ބޮޑުވިޔަ ނުދިނުމުގެ ސިޔާސަތެއް ވަނީ އެކުލަވާލާފައެވެ. “އަގު ބާޒާރުގައި ބޮޑުވެއްޖެނަމަ ކަން...

ޔުމްނާ ޢަލީ
''ރާއްޖެއަކީ ހައްދުފަހަނަ އަޅާފައިވާ ޤައުމެއްގެ ގޮތުގައި ސިފައެއް ނުކުރެވޭނެ''

''ރާއްޖެއަކީ ހައްދުފަހަނަ އަޅާފައިވާ ޤައުމެއްގެ ގޮތުގައި ސިފައެއް ނުކުރެވޭނެ''

ދިވެހިރާއްޖެއަކީ ހައްދުފަހަނަ އަޅާފައިވާ ޤައުމެއްގެ ގޮތުގައި ސިފަކުރުމަށް ޖާގައެއް ނޯންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް މިހެން ވިދާޅުވީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް ”އަހާ”ގެ މިރޭގެ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރުގެ ވާހަކާގައި ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްކަމަށާއި، އިސްލާމީ ޤައުމުތަކަށް ބަލާއިރު ރާއްޖެއަކީ އެއްބައި...

ޔުމްނާ ޢަލީ
މާމިގިލީގައި ގާސިމް މިސްކިތެއް ބިނާކޮށްދެއްވައިފި

މާމިގިލީގައި ގާސިމް މިސްކިތެއް ބިނާކޮށްދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް، އެ ރަށުގައި މިސްކިތެއް ބިނާކޮށްދެއްވައިފިއެވެ. އެ މިސްކިތް މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާފައިވާއިރު، މި މިސްކިތް ބިނާކޮށް ނިންމުމަށް ހޭދަވެފައި ވަނީ 57 ދުވަހެވެ. މާމިގިލިން މައުލޫމާތު ދިން މީހަކު ބުނީ، މި މިސްކަތް ބިނާކޮށްފައި ވަނީ ކުރިން ހުރި ކުޑަ މިސްކިތެއް ހުރި ތަނުގައި ކަމަށެވެ. އެ މިސްކިތް ހުންނަ ސަރަހައްދަށް ނިސްބަތްވާ ބަޔަކު ރޯދަމަހަށް އެ މިސްކިތުގެ އާބާތުރަ ފިލުވައިދޭން އެދުމުން ޤާސިމް ނިންމެވީ […]

ޔުމްނާ ޢަލީ
''އަހާ'' ސިލްސިލާގެ އިތުރު ފޯރަމެއް މިރޭ

''އަހާ'' ސިލްސިލާގެ އިތުރު ފޯރަމެއް މިރޭ

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް ”އަހާ”ގެ ފޯރަމެއް މިރޭ ބާއްވަން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކްސަރވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން ބާއްވާ މި ފޯރަމްތަކުގެ މިރޭގެ ފޯރަމް ބާއްވަން ނިންމާފައި ވަނީ ޕީއެސްއެމްގައެވެ. މިރޭ ބާއްވާ ފޯރަމުގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފަސް ވަޒީރަކު ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ ވަޒީރުންނަކީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕް...

ޔުމްނާ ޢަލީ
ހަތް ދުވަސްތެރޭ ބްރައިޓަން އިން ދެފަހަރަށް ޗެލްސީ ބަލިކޮށްފި

ހަތް ދުވަސްތެރޭ ބްރައިޓަން އިން ދެފަހަރަށް ޗެލްސީ ބަލިކޮށްފި

ހަތް ދުވަސްތެރޭ ބްރައިޓަން އިން ދެފަހަރަށް ޗެލްސީ ބަލިކޮށްފިއެވެ. މި މަހު ނުވަނަ ދުވަހުގެ ރޭ އެފްއޭ ކަޕް ހަތަރުވަނަ ބުރުގައި ބްރައިޓަން އިން ވަނީ ޗެލްސީ މައްޗަށް ކުރި ހޯދައި، މުބާރާތުން އެ ޓީމް ކަޓުވާލާފައެވެ. ރޭ ޕްރިމިއާ ލީގުގައި ބްރައިޓަންގެ ދަނޑުގައި އެ ޓީމުން ވަނީ 3-0 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ. ރޭ މެޗުން ބަލިވި ނަމަވެސް ޗެލްސީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތަރުވަނާގައެވެ. އެ ޓީމަށް 25 މެޗުން 43 […]

އިބްރާހިމް ޚަލީލް
އިސްރާއީލްގެ އިތުރު ތިން ރަހީނުން ދޫކޮށްލަން ނިންމައިފި

އިސްރާއީލްގެ އިތުރު ތިން ރަހީނުން ދޫކޮށްލަން ނިންމައިފި

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ހުއްޓުމާ ގުޅިގެން ކުރިއަށްދާ ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން، ހަމާސްއިން، ހޮނިހިރު ދުވަހު އިސްރާއީލްގެ އިތުރު 3  ގައިދީން ދޫކޮށްލާނެކަމަށް އިއުލާނުކޮށްފިއެވެ. ހަމާސްގެ ހަތިޔާރު އެޅި ގުރޫޕް އަލް-ޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވި ގޮތުގައި، ހޮނިހިރު ދުވަހު އިސްރާއީލްގެ ތިން ގައިދީއަކު ދޫކޮށްލާނެއެވެ. އަދި ދޫކޮށްލާ މީހުންގެ ނަންތައް މިހާރުވަނީ އިއުލާންވެސް ކޮށްފައެވެ. އިސްރާއީލްގެ ނޫސް “ޔެދިއޯތު އަހަރޯނޯތު” އިން ރިޕޯޓުކުރި ގޮތު...

އަޙްމަދު ދާއޫދު
އޭޝިއަން ކަޕް ޝޫޓިން މުބާރާތުން ރާއްޖެއަށް ރިހި މެޑެލް، ރައީސްގެ މަރުހަބާ

އޭޝިއަން ކަޕް ޝޫޓިން މުބާރާތުން ރާއްޖެއަށް ރިހި މެޑެލް، ރައީސްގެ މަރުހަބާ

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި އިއްޔެ ނިމިގެންދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025 ގައި ދިވެހިރާއްޖެއަށް ތާރީޚީ ކާމިޔާބީއެއް ލިބިއްޖެއެވެ. މި މުބާރާތުގެ އަންހެން އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިން ރާއްޖޭގެ 15 އަހަރުގެ ކުޅުންތެރިޔާ މަރިޔަމް އީޝަލް މިސްބާހު ވަނީ ރިހި މެޑެލް ހޯދައިފައެވެ. މި ކާމިޔާބީ ފާހަގަކޮށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ އީޝަލް އަށް މަރުޙަބާ ވިދާޅުވެފައެވެ. އޭޝިއާގެ 23 ޤައުމަކުން ބައިވެރިވި މި މުބާރާތުގައި އީޝަލް ވަނީ […]

ޔުމްނާ ޢަލީ
އިސްލާމިކް މިނިސްޓްރީ އާއި ވަމީން އިންތިޒާމް ކުރި ޢުމްރާ ދަތުރުގެ ބައިވެރިން ފުރައިފި

އިސްލާމިކް މިނިސްޓްރީ އާއި ވަމީން އިންތިޒާމް ކުރި ޢުމްރާ ދަތުރުގެ ބައިވެރިން ފުރައިފި

ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު (ވަމީ) އާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން އިންތިޒާމް ކުރާ ޢުމްރާ ދަތުރުގެ ބައިވެރިން މިއަދު ފުރައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، މި ދަތުރަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާން ކުރައްވާފައިވާ އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ދަތުރެއް ކަމަށެވެ. 14 ފެބްރުއަރީ އިން 21 ފެބްރުއަރީ 2025 އަށް ސްޓަޑީ ޓުއަރ އެއްގެ ގޮތުގައި ބާއްވާ މި […]

ޔުމްނާ ޢަލީ
ރަސްފަންނާއި ސަލްޓަންޕާކްގެ ރީތިކަން އަނބުރާގެނެސްދޭނަން: ރައީސް

ރަސްފަންނާއި ސަލްޓަންޕާކްގެ ރީތިކަން އަނބުރާގެނެސްދޭނަން: ރައީސް

މާލޭގެ ރަސްފަންނާއި ސަލްޓަންޕާކްގެ ރީތިކަމާއި އާރޯކަން އަނބުރާގެނެސްދީ ކުރިއަށްވުރެ ވެސް ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހަމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މި ދެތަން ވެސް ވަނީ ރައީސް މުޢިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ. ނަމަވެސް އެތަންތަން މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިވަޑައިގެން ހިތާމަކުރަށްވާ ކަމަށެ...

ޔުމްނާ ޢަލީ
ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކާފަ ޖަލުގައި މަރުވެއްޖެ

ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކާފަ ޖަލުގައި މަރުވެއްޖެ

ދެ އަހަރުގެ ކުށްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައި 25 އަހަރުގެ ހުކުމް ތަންފީޒުކުރަމުންދިޔަ ކާފަ މަރުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން މިއަދު ބުނީ ހުޅުމާލޭ ޖަލުގައި 25 އަހަރުގެ ޙުކުމް ތަންފީޛުކުރަމުން ދިޔަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހިމް ދީދީ (67 އަހަރު) ރޭ ދަންވަރު ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށެވެ. ކަރެކްޝަންސް އިން މައުލޫމާތު ދިން ގޮތުގައި ހައި ބަލްޑް ޕްރެޝަރ، ކޮލެސްޓްރޯލް އަދި ޓްރެމަރސް، ފަދަ ބަލިތަކަށް ބޭސްކުރަމުން އައި، އިބްރާހިމް ދީދީ […]

ޔުމްނާ ޢަލީ
ރާއްޖެއާއެކު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރަން ސައޫދީ ކެބިނެޓުން ރުހުން ދީފި

ރާއްޖެއާއެކު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރަން ސައޫދީ ކެބިނެޓުން ރުހުން ދީފި

ދިވެހިރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމަށް ސަޢުދީ އަރަބިއްޔާގެ ކެބިނެޓުން ރުހުން ދީފިއެވެ. މިކަން ހާމަކޮށްފައި ވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއް މެވެރިކޮށެވެ. ރާއްޖެ އާއި ސައޫދީ މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ސަޢުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އ...

ޔުމްނާ ޢަލީ
މުހަންމާ 5 މިލިއަނުގެ ދަރަންޏެއް އަދާކުރަން މަހަކު 83,000ރ. ދައްކަން ހުކުމެއް

މުހަންމާ 5 މިލިއަނުގެ ދަރަންޏެއް އަދާކުރަން މަހަކު 83,000ރ. ދައްކަން ހުކުމެއް

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު އަދި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ)، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަންޖެހޭ 5.2 މިލިއަން ރުފިޔާގެ ދަރަނި އަދާކުރުމަށް މަހަކު 83,000 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ. މި މައްސަލައިގައި، ކުރިން ވެސް ސިވިލް ކޯޓުން ވަނީ މުހަންމާ އަށް ފައިސާ ދެއްކުމަށް ހުކުމްކޮށްފައެވެ. ނަމަވެސް، އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ، ބީއެމްއެލްއިން ވަނީ އެ ހުކުމް ތަންފީޒުކޮށް […]

ޔުމްނާ ޢަލީ
ސްނޯކްލިން އަށް ގޮސްއުޅުނު ފަތުރުވެރިޔަކު ގެއްލިއްޖެ

ސްނޯކްލިން އަށް ގޮސްއުޅުނު ފަތުރުވެރިޔަކު ގެއްލިއްޖެ

ސިނަމަން ދޮންވެލި ރިސޯޓް ކައިރީގައި ސްނޯކްލިންއަށް ގޮސްއުޅުނު ފިރިހެން ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، މި ފަތުރުވެރިޔާ ގެއްލުނު ކަމުގެ ރިޕޯޓު ލިބުމާއެކު، ވަގުތުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ އެހީތެރިކަން ދަނީ ހޯދަމުންނެވެ.

ޔުމްނާ ޢަލީ