މާލޭގެ ރަސްފަންނާއި ސަލްޓަންޕާކްގެ ރީތިކަމާއި އާރޯކަން އަނބުރާގެނެސްދީ ކުރިއަށްވުރެ ވެސް ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހަމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މި ދެތަން ވެސް ވަނީ ރައީސް މުޢިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ. ނަމަވެސް އެތަންތަން މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިވަޑައިގެން ހިތާމަކުރަށްވާ ކަމަށެވެ.
''ދެ ތަންވެސް ދަނީ ވީރާނާވަމުން. މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން. މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި ދަންނަވަން'' ރައީސް ވިދާޅުވެފައެވެ.
ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިފައި ހިތާމަކުރަން. ދެ ތަންވެސް ދަނީ ވީރާނާވަމުން. މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން. މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް…
— Dr Mohamed Muizzu (@MMuizzu) February 14, 2025
ރަސްފަންނު ތަރައްގީކޮށް ހުޅުވާފައި ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ސަލްޓަންޕާކް ތަރައްގީކޮށް އަލުން ހުޅުވާފައި ވަނީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!