ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް، އެ ރަށުގައި މިސްކިތެއް ބިނާކޮށްދެއްވައިފިއެވެ.

އެ މިސްކިތް މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާފައިވާއިރު، މި މިސްކިތް ބިނާކޮށް ނިންމުމަށް ހޭދަވެފައި ވަނީ 57 ދުވަހެވެ.

Ad
rt

މާމިގިލިން މައުލޫމާތު ދިން މީހަކު ބުނީ، މި މިސްކަތް ބިނާކޮށްފައި ވަނީ ކުރިން ހުރި ކުޑަ މިސްކިތެއް ހުރި ތަނުގައި ކަމަށެވެ. އެ މިސްކިތް ހުންނަ ސަރަހައްދަށް ނިސްބަތްވާ ބަޔަކު ރޯދަމަހަށް އެ މިސްކިތުގެ އާބާތުރަ ފިލުވައިދޭން އެދުމުން ޤާސިމް ނިންމެވީ އެތަނުގައި އަލުން މިސްކިތެއް ބިނާކުރުމަށްކަމަށް އޭނާ ބުންޏެވެ.

އެރަށުގައި މިހާރު ވެސް ޤާސިމް ދެ މިސްކިތެއް ބިނާކޮށްދެއްވަމުންގެންދަވާއިރު، ޤާސިމް މިފަހަރު މި ބިނާކޮށްދެއްވި މިސްކިތުގެ މަސައްކަތް ފެށުނީއްސުރެ ނިމުމާއި ހަމައަށް ކޮންމެ ދުވަހުހެން އެތަނަށް ވަޑައިގެން މަސައްކަތް ނިމެންދެން މަސައްކަތް ބައްލަވަމުން ގެންދަވާފައިވާކަމަށް ވެސް މާމިގިލިން މައުލޫމާތު ދިން މީހާ ބުންޏެވެ.

''މަސްޖިދުއް ޒިކުރާ''ގެ ނަން ދީފައިވާ، 215 އަށް ވުރެ ގިނަ މީހުންގެ ޖާގައިގެ މި މިސްކިތަކީ އެރަށުގައި ހުންނަ ޖާގައިގެ ގޮތުން އެންމެ ބޮޑު ދެވަނަ މިސްކިތެވެ. އެރަށުގައި އިތުރު ހަތަރު މިސްކިތް ހުރެއެވެ.

ޤާސިމްގެ ޚަރަދުގައި އަރިއަތޮޅު ތޮއްޑޫގައި ވެސް މިސްކިތެއް ބިނާކޮށްދެއްވާފައިވާއިރު، އެ އަތޮޅުގެ ރަށްތަކުގެ މިސްކިތްތައް މަރާމާތުކުރުމާއި، އިޖުތިމާއީ އަދި އުމްރާނީ ކަންކަމުގައި ވެސް ޤާސިމް އަންނަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.