ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު އަދި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ)، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަންޖެހޭ 5.2 މިލިއަން ރުފިޔާގެ ދަރަނި އަދާކުރުމަށް މަހަކު 83,000 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި، ކުރިން ވެސް ސިވިލް ކޯޓުން ވަނީ މުހަންމާ އަށް ފައިސާ ދެއްކުމަށް ހުކުމްކޮށްފައެވެ. ނަމަވެސް، އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ، ބީއެމްއެލްއިން ވަނީ އެ ހުކުމް ތަންފީޒުކޮށް ދިނުމަށް އެދި އަލުން ކޯޓުގައި މައްސަލަ އުފުލާފައެވެ.

Ad
rt

މިފަހަރުގެ ހުކުމުގައި، މުހަންމާ ދައްކަންޖެހޭ 5.2 މިލިއަން ރުފިޔާގެ އިތުރުން، އަރަމުންދާ ޖޫރިމަނާގެ ފައިސާ ވެސް ދެއްކުމަށް އަންގާފައިވެއެވެ.

ކޯޓުން މި ނިންމުން ނިންމާފައިވަނީ ދެ ފަރާތުގެ އެދުމުގެ މަތިންނެވެ. މުހަންމާ ވެސް ވަނީ ބޭންކުން އެދުނު ގޮތަށް މަހުން މަހަށް ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް މައްސަލަ ނިންމައިދިނުމަށް އެދިފައެވެ. ހުކުމް ކޮށްފައިވަނީ ދެ ފަރާތުގެ ވެސް ޣައިރު ހާޒިރުގައެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުން، މުހަންމާ މި ދަރަނި އަދާކުރަންޖެހެކުރަންޖެހެނީ 2036 މެއި 31 ގެ ކުރިންނެވެ. މި މުއްދަތުގެ ތެރޭގައި، ކޮންމެ މަހަކު މަދުވެގެން 83,000 ރުފިޔާ ދައްކަންޖެހޭނެއެވެ.