ޤާނޫނީ ވެރިކަން ކުރުމުގައި ތަފާތެއް ނުކުރައްވާކަމަށާއި، އެކަމުގައި ތަފާތު ނުވެސް ކުރައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ މީސް މީޑިއަށް ފޮނުއްވި މެސެޖެއްގައެވެ. މި މެސެޖުގައި ރައީސް ވިދާޅުވީ، ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރުމުގައި، ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރަށްވާކަމަށެވެ. އަދި އެކަމުގައި ތަފާތު ނުވެސް ކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ. ”އެ މީހެއްގެ ޙ...
ޔުމްނާ ޢަލީ
ޒުވާން އަންހެން ކުއްޖެއް ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި އެ ކުއްޖާއާއި އެކު އުޅުނުކަމަށް މިހާތަނަށް ތަހްގީގަށް ފާހަގަވާ އެންމެންގެ ބަޔާން ނަގައި، ފުރުން މަނާކޮށްފައިވާކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ. ފުލުހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ޝުޖާއު ވިދާޅުވިގޮތުގައި، މި މައްސަލައާމެދު ފުލުހުން އަމަލުކޮށްފައިވަނީ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާގޮތަށެވެ. އަދި އެކަމުގައި ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެކަމަށް...
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށް، އެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން މިއަދު މަގާމުން ވަކިކޮށްފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުނ...
ޔުމްނާ ޢަލީ
ސުންނަތަށް ތަބާވެ މެދުމިނުގައި ނަމާދުކުރުމަކީ އިމާމުން ފަރުވާތެރިވާން ޖެހޭކަމެއްކަމަށް މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވިދާޅުވެއްޖެއެވެ. އިމާމު ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ޚަޠީބުންނާއި އިމާމުންނާއި ބައްދަލުކުރައްވައި، މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ އިމާމުންނާއި ޚަޠީބުންނަށް ގިނަ ނަޞޭޙަތްތަކެއް ދެއްވާފައެވެ. މިގޮތުން އިމާމުންނަކީ މުޖުތަމަޢު ބަލައިގަންނަ، ނަމޫނާ ބަޔަކަށްވެ، މީހުންނަށް ހެޔޮ، އަދ...
ޔުމްނާ ޢަލީ
ކަޝްމީރުގައި އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ އަވަށެއްކަމަށްވާ ޕެހެލްގާމްގައި އިއްޔެ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ. އިންޑިޔާގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި މައުސޫމު އެތައް ބައެއްގެ ފުރާނަ ގެއްލުވާލައި ގިނަ ބަޔަކު ޒަޚަމުކޮށްލި އެ ހިތާމަވެރި ހަމަލާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއި ހައިރާންކަމާއެކުގައިކަމަށް ވަނީ ވިދާޅުވެފައެވެ. ރައީސްގެ މެސެޖުގައި ހުރިހާ ބާވަތެއްގެ ޓެރަރިޒަމާ ދެކޮޅ...
ޙުސައިން ޝަހުދީ
މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު، މާލޭގެ ސަލްމާން މިސްކިތުގައި މިރޭ އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރަށްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. މިއީ އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިމާމުވެ ނަމާދު ކުރައްވާ ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދީނީ ނަސޭހަތް ދެއްވުމާއި އެކު، ރާއްޖޭގެ ދީނީ ޢިލްމުވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ. މީގ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު މުޙައްމަދު މުޖްތާޒް އައްޔަނުކުރުމަށް މަޖިލީހަށް މުޖްތާޒްގެ ނަން ފޮނުއްވައިފިއެވެ. މުޖްތާޒް ސީއެސްސީގެ މެމްބަރުކަމަށް ޢައްޔަނުކުރެއްވީ 20 އޭޕްރިލް 2025 ގައެވެ. ސީއެސްސީގެ ނައިބު ރައީސްކަމާއި މެމްބަރެއްގެ މަގާމު ހުސްވީ، ކޮމިޝަންގެ ކުރީގެ މެންބަރު، އެއިރުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މިދިޔަ މާރިޗް މަހުގެ 11 ވަނަ ދުވަހު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މުޖްތާޒް ސީއެސްސީގެ ނައިބަކަށް ޢަ...
ޔުމްނާ ޢަލީ
ރާއްޖެ ޑިޖިޓަލް އިޤްތިޞާދަކަށް ކުރިއަރަމުންދާއިރު އެކަމުގައި ޒުވާނުންގެ ހިއްސާ އޮތުމަކީ ޒުވާނުންނަށްޓަކައި ކުރިމަގަށް ކުރެއްވޭ އެންމެ ބޮޑު އުންމީދުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ ދިވެހި ޒުވާނުންގެ އާބާދީއަށް ޚާއްޞަކޮށްގެން މިއަދު މީސްމީޑިއާގައި އާންމުކުރެއްވި “ސްޕޮޓް އޮން” ނަމަކަށް ކިޔާ ސިލްސިލާ ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ހިއްސާކުރާ ޒުވާނުންގެ މެދުގަ...
ޔުމްނާ ޢަލީ
މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޕީއެންސީ/ޕީއެމްއެމް އިން ބޭއްވި ސިޔާސީ ހަރަކާތްތަކުގައި ބޭންދި ހުސްގޮނޑިއާއި ކުރީގެ ރައީސް އަބުﷲ ޔާމީން އަބުދުލްޤައްޔޫމާއި އެއްވެސް ގުޅުމެއްނެތްކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ މި ވެރިކަން ލިބުނީ ”ހުސް ގޮނޑިއެއް” ދައްކައިގެންކަމަށް ބަޔަކު ވާހަކަ ދައްކާތީ އެކަން ސާފުކޮށްދެއްވަން ބޭނ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހިއުމަން ރައިޓްސް އެވެއަރނެސް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ، ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ހިއުމަންސް ރައިޓްސް ކޮމިޝަން އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައުޟޫޢުއަކީ އިންސާނީ ޙައްގުތަކާއި މަދަނީ މަސްލޫޔިއްތުތަކާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މަސައްކަތްތަކަށް ޒުވާނުން...
އައިޝަތު އައިނީ އާމިރު
ހުޅުމާލެއިން މަސްތުވާތަކެތީގެ ތިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު / އާވާޒް، އަހުމަދު ގާސިމް (42އ) އާއި ގދ. ގައްދޫ / ރަޖީނާގެ، އިބްރާހީމް ނިޔާޒު (36އ) އާއި ހއ. މާރަންދޫ / ސަނީބީމް، އަމްރު ޖަލީލް (20އ) އެވެ. ފުލުހުންގެ މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އަހުމަދު ގާސިމް ހައްޔަރުކޮށްފައިވަނީ އެޕްރީލް 21 ވަނަ ދުވަހުގެ ހަވީރު ހުޅުމާލޭ ފޭސް […]
އަލީ އާދިލް
މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު، ރައީސް ޑރ، މުޙައްމަދު މުޢިއްޒަށް މިއަދު ހެނދުނު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ރައީސް މުޢިއްޒު، މަސްޖިދުއްނަބަވީގެ އިމާމަށް މަރުޙަބާ ދަންނަވައި، ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ. މިއީ ވޭތުވެދިޔަ 41 އަހަރުގެ ތެރޭގައި މަސްޖ...
ޔުމްނާ ޢަލީ
ޑިޒައިން އެންޑް ބިލްޑް އުސޫލުން 57 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު އަލުން އިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި އިއުލާންތަކުގައި ބުނެފައިވަނީ، އެ މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުުގެ މަސައްކަތް ކުރިޔަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިލްޑިންގ (އައިސީބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. މި ރަށްތަކުގައި ހައުސިން ޔުނިޓް އަޅާނެ ފަރާތްތައް ހޯއްދަން ފިނޭންސުން ކޮށްފައިވާ ޢިއުލާ...
އައިޝަތު އައިނީ އާމިރު
ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ އާމްދަނީ އިތުރުވެ ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި މިމަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބެލިއިރު، 16.1 އިންސައްތަ އިތުރުވެ، 100،000 އަށް ވުރެއް އިތުރުވެފައިވެއެވެ. އެގޮތުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ހަތަރުމަހު ކޮންމެ މަހަކު 200،00 ފަތުރުވެރިން ހަމަވާނެކަމަށް ތަފާސްހިސާބުތަކުން ދައްކައިފިކަމަށް...
އައިޝަތު އައިނީ އާމިރު
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގައި ދައުލަތުން ދައުވާކުރި ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ޕީޖީގެ މަގާމުގައި ޝަމީމް ހުންނަވަނިކޮށް 2023 ވަނަ އަހަރު ޝަމީމް ދިރިއުޅުއްވާ ގެ ކައިރިން އޭނާއަށް މަރުތޭލަކުން ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރީ ރ. އަލިފުށީ ރިވެލި މިދުހަތު އާދަމާއި ލ. ގަމު ތުނޑީ އަވަށު ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާނާއި އދ. މާމިގިލީ ކެމީހިޔާ ޒަޔާން ނަސީރާއި […]
ހުސައިން ހަބީބް