މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,869 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 259 ވަނަ ޞަފްޙާ

ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢުއެއް ފަށައިފި

ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢުއެއް ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢުއެއް މިއަދު ފަށައިފިއެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު ބުނީ، ފުރަތަމަ ފަހަރަށް ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢުއެއް މިއަދު ފަށާފައިވާ ކަމަށެވެ. ބ. އަތޮޅު ފެހެންދޫގައި ފްލޯޓިންގް އޭކަރސް އިން ކުރިޔަށްގެންދާ މަޝްރޫޢު ރަސްމީކޮށް މިއަދު އިފްތިތާހުކޮށް ދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް އެވެ. އެ ވުޒާރާއިން ބުނިގޮތުގައި މިއީ، ރައީސް ޑރ. މުޙައްމަދ...

ޔުމްނާ ޢަލީ
ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ނަތީޖާއެއް ލިބުމަކީ އެދޭގޮތް: ރައީސް

ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ނަތީޖާއެއް ލިބުމަކީ އެދޭގޮތް: ރައީސް

މިއަހަރުގެ އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނުގައި ބެލެނިވެރީންނާއި ސްކޫލްތަކުން އުންމީދުކުރާ ފަދަ ރަނގަޅު ނަތީޖާއެއް ލިބުމަކީ އެދިވަޑައިގަންނަވާ ގޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަހަރުގެ މަތީ ސާނަވީ އިމްތިހާނުތައް މިއަދު ފަށާފައިވާއިރު، މިއަދު ވަނީ އެސްއެސްސީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި މާއްދާގެ އިމްތިހާން ބާއްވާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ބައެއް މާއްދާތަކުގެ ޕްރެކްޓިކަލް ބައި ވަނީ ކުރިއ...

ޔުމްނާ ޢަލީ
ޕްރިފެރެންޝަލް ވޯޓާއެކު ނަމަ އެއްބުރުން ވޯޓުލައި ސަރުކާރެއް އުފެއްދުމަށް ތާއީދު: ނަޝީދު

ޕްރިފެރެންޝަލް ވޯޓާއެކު ނަމަ އެއްބުރުން ވޯޓުލައި ސަރުކާރެއް އުފެއްދުމަށް ތާއީދު: ނަޝީދު

ޕްރިފެރެންޝަލް ވޯޓާއެކު ނަމަ އެއްބުރުން ވޯޓުލައި ސަރުކާރެއް އުފެއްދުމަށް ތާއީދު ކުރަށްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ އެއް ބުރުން ނެރުމަށް ޤާނޫނު އަސާސީ އަށް ބަދަލުގެނައުމުގެ ވިސްނުން ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާކަމަށް ވަނީ އަޑުފެތުރިފައެވެ. އަދި އެމަނިކުފާނުގެ ވިސްނުންފުޅަކީ ޕްރިފެރެންޝަލް ވޯޓާއެކު އެ ބަދަލު ގެނައުންކަމަށް ވެސް އަޑުފެތުރިފަވެއެވެ. މި ބަހުސް ދިވެހިންގެ ތެރޭގައި މިހާރު ގަދަވެފައިވާއިރު، ދަ ޑިމޮކްރެޓިކްސް...

ޔުމްނާ ޢަލީ
ބްރޯޑްކޮމް އަށް މެމްބަރަކު ހޯދުމަށް ހުޅުވާލައިފި

ބްރޯޑްކޮމް އަށް މެމްބަރަކު ހޯދުމަށް ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އަށް އައު މެމްބަރަކު ހޯދުމަށް ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ މިހާރު ކޮމިޝަނުގައި ތިއްބެވި މެމްބަރުންގެ ތެރެއިން އެއް މެމްބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީއެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވިފައި އޮންނާނީ މިއަދުން ފެށިގެން 29 އެޕްރީލް 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމު ބަލައިގަންނާނީ ރ...

ޔުމްނާ ޢަލީ
ވަގަށް އެތެރެކުރަން އުޅުނު 130،155 ސިނގިރޭޓް އަތުލައިގެންފި

ވަގަށް އެތެރެކުރަން އުޅުނު 130،155 ސިނގިރޭޓް އަތުލައިގެންފި

ގަން އިންޓަނޭޝަނަލް އެއަރޕޯޓް މަގުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިއްޔެ އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނިގޮތުގައި ވަގަށް އެތެރެކުރަން އުޅެނިކޮށް 130،155 ސިނގިރޭޓް ވަނީ އަތުލައިގަނެވިފައެވެ. ކަސްޓަމްސްއިން މިކަން ހާމަކުރި ނަމަވެސް، މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން އަދި ސާފުވެފައެއް ނުވެއެވެ. އަދި މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކުރަން އުޅުނީ ކޮން ބަޔަކުކަމެއްވެސް އަދި އެނގިފައެއް ނުވެއެވެ. މިއީ ފަހަކަށް އަ...

ޔުމްނާ ޢަލީ
މިއަހަރުގެ އޯލެވެލް އިމްތިހާން ފަށައިފި

މިއަހަރުގެ އޯލެވެލް އިމްތިހާން ފަށައިފި

މިއަހަރުގެ އޯލެވެލް އިމްތިހާނުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު އާންމުކޮށްފައިވާ ގޮތުގައި މިއަހަރުގެ އުގެ އިމްތިހާނުތައް ޖުމްލަ 260 ސެންޓަރެއްގައި ކުރިއަށްދާނެއެވެ. މިއަދު ފަށާފައިވަނީ އެސްއެސްސީ އިމްތިހާނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ އިސްލާމް އަދި ދިވެހި މާއްދާގެ އިމްތިހާނެވެ. މި އިމްތިހާނުގައި ބައިވެރިވަނީ ނިމިދިޔަ ދިރާސީ އަހަރު ގްރޭޑް 10 ގައި ކިޔެވި ދަރިވަރުންނެވެ. ތަޢުލީމީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި އެސްއެސްސީ އިމްތިހާނު...

ޔުމްނާ ޢަލީ
ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް ޢައްޔަނުކޮށްފި

ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް މއ. ސިގްމާ، މުޙައްމަދު މުޖްތާޒް މިއަދު ޢައްޔަންކުރައްވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން، މުޖްތާޒް، ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދުގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. މީގެ އިތުރުން ސީއެސްސީގެ މެންބަރު ކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން...

ޔުމްނާ ޢަލީ
ޝައިހު އިސްމާއިލަށް އައިޔޫއެމްގެ ފުރަތަ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފި

ޝައިހު އިސްމާއިލަށް އައިޔޫއެމްގެ ފުރަތަ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ފުރަތަމަ ފަހަރަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ބޭފުޅަކަށް އަރުވައިފިއެވެ. މިއީ  ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މުޢައްސަސާއަކުން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ބޭފުޅަކަށް އެރުވި ފުރަތަމަ ފަހަރެވެ. މި ޝަރަފު އަރުވާފައިވަނީ ދިވެހިރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފެތުރެއްވުމުގައި ބައި ޤަރުނަށްވުރެ ގިނަ ދުވަސްވަންދެން ޚިދުމަތްކުރައްވާފައިވާ ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދަށެވެ. އިސްލާމީ ޔުނިވަރސިޓީގެ 2025 ވަނަ އަހަރުގެ ދަސްވެނިވު...

ޔުމްނާ ޢަލީ
''ޤައުމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމުގެ ފިކުރު ނެތް ނަމަ ކަންކަން އިސްލާހެއް ނުވާނެ''

''ޤައުމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމުގެ ފިކުރު ނެތް ނަމަ ކަންކަން އިސްލާހެއް ނުވާނެ''

ޤައުމަށް ދިމާވެފައިވާ މައްސަލަތައް، ޙައްލުކުރުމުގެ ޚިޔާލާއި ފިކުރު ނެތް ކަމުގައި ވަނީ ނަމަ، ޤައުމުގެ ކަންކަން އިޞްލާޙުނުވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ރޭ، އެ ޔުނިވަރސިޓީގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އަޅުގަނޑުމެންގެ ކިބައިގައި ޤައުމުގެ ކަންކަން ހެޔޮ މަގުން ކުރިއަށް ގެންދިއުމުގެ ވިސްނުން ނެތީވިއްޔާ، ޤައުމުގެ ކަންކަން އިޞްލާޙުވެގެންދާނީ...

ޔުމްނާ ޢަލީ
އަސްކަރީ އާ އުޅަނދުތަކާއެކު ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ބާއްވައިފި

އަސްކަރީ އާ އުޅަނދުތަކާއެކު ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 133 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި، އަސްކަރީ އާ އުޅަނދުތަކާއެކު މަގުމަތީ ހިނގާލުމެއް މިއަދު ހަވީރު މާލޭގައި ބާއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މި ހިނގާލުން ބައްލަވާލެއްވިއެވެ. މި ހިނގާލުން ފެށުނީ ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށިންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް ލަޝްކަރު ހުއްޓުމުން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ....

ޔުމްނާ ޢަލީ
މަޖީދިއްޔާ އަކީ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ": ރައީސް

މަޖީދިއްޔާ އަކީ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ": ރައީސް

މަޖީދިއްޔާ ސްކޫލަކީ މި ޤައުމުގެ އެންމެ ޝަރަފްވެރި “ޢިލްމީ ބަގީޗާ” ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަޖީދީއްޔާ ސްކޫލްގެ 98 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ. މި މެސެޖުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި، މަޖީދިއްޔާގެ “ފަޚުރުވެރި ހިޔަލުން” މި ޤައުމަށް ގެނުވި ކުރިއެރުމާއި، “މަޖީދިއްޔަ ނޫރުން” މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތެވެ. ރައީސް ވިދާޅުވީ، މަޖީދިއްޔާއަކީ ދިވެ...

ޔުމްނާ ޢަލީ
ދިވެހި ޑޮކްޓަރުންނަށް ރައީސްގެ ޝުކުރު

ދިވެހި ޑޮކްޓަރުންނަށް ރައީސްގެ ޝުކުރު

ޞިއްޙީ ޚިދުމަތް ހަރުދަނާ ކުރުމަށް މިކުރާ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއާއި އެއްބާރުލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ޝުކުރު އަދާކުރަށްވައިފިއެވެ. އެމަނިކުފާނު ދިވެހި ޑޮކްޓަރުންނަށް ޝުކުރު އަދާކުރެއްވީ އިއްޔެ ފާހަގަކުރި ދިވެހި ޑޮކްޓަރުންގެ ދުވަހާއި ގުޅުވައިގެން މީސްމީޑިއާގައި ލިޔުއްވި މެސެޖެއްގައެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި، ރައްޔިތުންގެ ދުޅަހެޔޮކަމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު ކަމަށެވެ. ”ޞިއްޙީ ޚިދުމަތް ހަރުދަނާ ކުރުމަށް މިކުރާ މަސައްކަތު...

ޔުމްނާ ޢަލީ
އެންދެރި މަޝްރޫޢުގެ ދަށުން ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ލިޔުން ހަވާލުކޮށްފި

އެންދެރި މަޝްރޫޢުގެ ދަށުން ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ލިޔުން ހަވާލުކޮށްފި

އެންދެރި މަޝްރޫޢުގެ ދަށުން ތިމާވެށީގެ ދާއިރާއިން ކިޔެވުމަށް ދޭ ސްކޮލަރޝިޕަށް މިއަހަރު ހޮވިފައިވާ ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކުރުމާއި، އެންދެރި މަޝްރޫޢުގެ 2024 ވަނަ އަހަރުގެ ސްކޮލަރޝިޕްގެ ދަށުން ތިމާވެށީގެ ދާއިރާއިން ސެޓްފިކެޓް ކޯސް ފުރިހަމަ ކޮށްފައިވާ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ލ. ގަމު ކެމްޕަހުގައި ބޭއްވި މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަބްދުﷲ ޒިޔާދު އާއި، އެމ...

ޔުމްނާ ޢަލީ
މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެ ވަޑައިގަންނަވަނީ މި މަހު 21 ގައި

މަދީނާގެ ހަރަމްފުޅުގެ އިމާމު ރާއްޖެ ވަޑައިގަންނަވަނީ މި މަހު 21 ގައި

މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލްބުދައިރު، ރާއްޖެއަށް ކުރަށްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިކަން ވަނީ ކަށްވަރުކޮށް ދެއްވާފައެވެ. ޝަހީމް ކުރިން ވިދާޅުވި ގޮތުގައި، އިމާމްގެ މި ދަތުރުފުޅަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތު...

ޔުމްނާ ޢަލީ
ފުރާޅެއް މައްޗަށް ވެއްޓުނު ޒުވާން އަންހެނަކަށް ފަރުވާދެނީ

ފުރާޅެއް މައްޗަށް ވެއްޓުނު ޒުވާން އަންހެނަކަށް ފަރުވާދެނީ

މާލޭ ހެންވޭރު ސަރަޙައްދުގައި ހުރި އިމާރާތެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، ވެއްޓިފައިވަނީ 21 އަހަރުގެ ދިވެހި އަންހެނެކެވެ. މި ހާދިސާގެ ރިޕޯޓު ފުހުންނަށް ހުށަހަޅާފައި ވަނީ ހެނދުނު 7:23 ހާއިރު އެވެ. ފުލުހުން ބުނިގޮތުގައި އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އެހީތެރިކަމާއެކު އެ އަންހެން މީހާ ވަނީ އައި.ޖީ.އެމް. ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދޭން ފަށާފައެވެ. މި...

ޔުމްނާ ޢަލީ