މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,869 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 258 ވަނަ ޞަފްޙާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 54 އަހަރަށް ޖަލަށް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 54 އަހަރަށް ޖަލަށް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 54 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް އިއްވާފައިވަނީ އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ މި ޢަމަލު ހިންގި 51 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށެވެ. މި މައްސަލައިގެ ހުކުމްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ފިރިހެނާ ވަނީ ކުޑަ އަންހެން ކުއްޖަކާމެދު އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ ޢަމަލު ހިންގައި، އަދި އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ […]

ޔުމްނާ ޢަލީ
''އަޒުމަކީ ސިފައިންގެ އެއާފޯސް، ނޭވީ، އަދި އާމީ އުފެއްދުން''

''އަޒުމަކީ ސިފައިންގެ އެއާފޯސް، ނޭވީ، އަދި އާމީ އުފެއްދުން''

ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސް، ނޭވީ އަދި އާމީ އުފެއްދުމަށް މަގުފަހިކުރުމަކީ އެމަނިކުފާނުގެ އަޒުމެއްކަމަށް ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވުނު ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ އެންމެ އިސް ވާޖިބަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އަދި އިސްތިޤްލާލު ހިމާޔަތްކޮށް،...

ޔުމްނާ ޢަލީ
''އަސްކަރިއްޔާގެ ގާބިލުކަން އިތުރުވުމަކީ ފަޚުރެއް، މަލާމާތްކުރަނީ ކޮންމެ ގޮތެއް ވަރިހަމަ މީހުން''

''އަސްކަރިއްޔާގެ ގާބިލުކަން އިތުރުވުމަކީ ފަޚުރެއް، މަލާމާތްކުރަނީ ކޮންމެ ގޮތެއް ވަރިހަމަ މީހުން''

ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުވުމާމެދު ފަޚުރުވެރިވާންޖެހޭ ކަމަށާއި، އެކަމާ މަލާމާތްކުރާ މީހުންނަކީ ޤައުމިއްޔަތުކަމެއް ނެތް ކޮންމެ ގޮތެއް ވަރިހަމަ މީހުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއް...

ޔުމްނާ ޢަލީ
ރައީސްގެ މެޑެލި 49 ސިފައިންނަށް

ރައީސްގެ މެޑެލި 49 ސިފައިންނަށް

133 ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި ބޭއްވާފައިވާއިރު، މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 49 ސިފައިންނަށް ރައީސްގެ މެޑެލި ދެއްވާފައެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސް މުޢިއްޒެވެ. އަދި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އާއި ވަޒީރުންނާއި ސަރުކާރުގެ ވެރިން ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމި...

ޔުމްނާ ޢަލީ
ޑްރަގްގެ މައްސަލާގައި ތިން އެޕާޓްމަންޓަކާއި ވެހިކަލްތަކެއް ބަލާފާސްކޮށް ދެ މީހަކު ހައްޔަރު

ޑްރަގްގެ މައްސަލާގައި ތިން އެޕާޓްމަންޓަކާއި ވެހިކަލްތަކެއް ބަލާފާސްކޮށް ދެ މީހަކު ހައްޔަރު

ހުޅުމާލެ ފޭސް 2 ގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގަައި ތިން އެޕާޓްމަންޓަކާއި ވެހިކަލްތަކެއް ބަލާފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި، މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ ނޭކުރެންދޫ / ސާޒް އުމުރުން 25 އަހަރުގެ އިބްރާހީމް ރިސްފާނާއި މ. ވިލާތުކުންނާރުގެއާގެ އުމުރުން 36 އަހަރުގެ މުޙައްމަދު ޒައީންއެވެ.  ފުލުހުން ބުނީ،، މިމަހު 19 ވަނަ ދުވަހު މި އޮޕަރެޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެނސް ގުޅިގެން ކަމަށެވެ. މި އޮޕަރ...

އައިޝަތު އައިނީ އާމިރު
ކެފޭއެއްގައި ޒުވާނަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

ކެފޭއެއްގައި ޒުވާނަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނިގޮތުގައި މި މާރާމާރީ ހިނގާފައި ވަނީ މާލޭގެ މާފަންނު ސަރަޙައްދުގައި ހުންނަ ކެފޭއެއްގައެވެ. މިއަދު ހަވީރު ހިނގި މާރާމާރީއެއްގައި 22 އަހަރުގެ ދިވެހި ޒުވާނަކަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު 15:28 ހާއިރުގައި ކަމަށާއި، މި މާރާމާރީގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޒުވާނަކަށް ހަމަލާދީފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ. މި މާރާމާރީގަ...

ޔުމްނާ ޢަލީ
ބަންކަރިން ޚިދުމަތެއް ނުހުއްޓޭ، ޚިދުމަތް ފުޅާކުރުމަށް ހާއްސަ ޕޯޓެއް ތަރައްގީ ކުރަނީ

ބަންކަރިން ޚިދުމަތެއް ނުހުއްޓޭ، ޚިދުމަތް ފުޅާކުރުމަށް ހާއްސަ ޕޯޓެއް ތަރައްގީ ކުރަނީ

އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތް ނުހުއްޓި ކުރިއަށްދާ ކަމަށާއި، މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެކަމަށް ޚާއްސަ ޕޯޓެއް އުތުރުގައި ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، އުތުރުގައި އޮފް ޕޯޓު އޭރިއާއެއް މިހާރު ތަރައްޤީކުރެވިފައިވާ ކަމަށާއި، ޕޯޓެއް ނެތި މި...

ޔުމްނާ ޢަލީ
ޝަމްއާން ބަންދުކުރި މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން ފަށައިފި

ޝަމްއާން ބަންދުކުރި މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން ފަށައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލާގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން މިއަދު ފަށައިފި އެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އޭނާގެ އަތުން 500,000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމުގެ ތުހުމަތުގައި ޝަމްއާން ހައްޔަރުކުރީ މިދިޔަ މާޗް މަހު އެވެ. އެ މައްސަލާގައި އޭނާ 15 ދުވަހަށް ބަންދުކުރަން އެންގުމަށްފަހު ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އެ މައްސަލަ […]

ހުސައިން ހަބީބް
ފުލުހުންގެ ބެލުމުގެ ދަށުގައިވާ ގިނަ އަދަދެއްގެ ބަނގުރާ ދޫނިދޫގައި ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައިވާ ގިނަ އަދަދެއްގެ ބަނގުރާ ދޫނިދޫގައި ނައްތާލައިފި

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ދޫނިދޫގައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. މިގޮތުން ނައްތާލާފައިވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، ނައްތާލާފައިވާ ބަނގުރާގެ ތެރޭގައި ހިމެނެނީ 457 ބްރޭންޑެޑް ފުޅި، 490 ޕެޓް ފުޅި އަދި 282 ދަޅު ބިޔަރެވެ. މީގެ އިތުރުން، އެހެނިހެން ތަކެތީގެ ގޮތުގައި ތިން އައިޓަމް ނައްތާލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވ...

އަލީ އާދިލް
މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

މަސްޖިދުއްނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ރާއްޖެ ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ވުޒާރާގެ އިސްވެރިންނެވެ. އެމަނިކުފާނަށް އެއާޕޯޓުން ވަނީ ރަތްދޫލައިގެ މަރުޙަބާއެއް ދަންނަވާފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައީސުލްޖުމުޙޫރިއްޔ...

އަލީ އާދިލް
ކޯޓު އަމުރު އޮތަސް ތުހުމަތުކުރެވޭ ފަރާތުގެ އަންނައުނު ބާލުވައިގެން ފޮޓޯ ނުނަގާނެ: ފުލުހުން

ކޯޓު އަމުރު އޮތަސް ތުހުމަތުކުރެވޭ ފަރާތުގެ އަންނައުނު ބާލުވައިގެން ފޮޓޯ ނުނަގާނެ: ފުލުހުން

ކޯޓު އަމުރެއް އޮތް ނަމަވެސް ތުހުމަތުކުރެވޭ ފަރާތުގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ފުލުހުން ކުރާ ކަމެއް ނޫން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ ތަޙުޤީޤަކަށް މީހެއްގެ ފޮޓޯ ނުވަތަ އަޑުގެ ސާމްޕަލް ނަގަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭނީ އެ ފަރާތުގެ ރުހުމާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި މިފަދަ ސާމްޕަލްތައް ހިމެނެނީ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލްގެ ގޮތުގައި ކަމަށް […]

ޔުމްނާ ޢަލީ
''ސިފައިން އަމިއްލަ ނަފުސާ ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ޤައުމާއި ރައްޔިތުން''

''ސިފައިން އަމިއްލަ ނަފުސާ ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ޤައުމާއި ރައްޔިތުން''

ސިފައިން އަމިއްލަ ނަފުސާ ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި ދިވެހީންގެ އެވޭލާ ތާރީޚުގެ ވާހަކަތައް ފެންނާން އޮތް އެންމެ ދުރު ހިސާބުން ފެށިގެން މިއަދާއި ހަމަޔަށްވެސް ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮތް މި ޤައުމު، އ...

ޔުމްނާ ޢަލީ
ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިން ޤުރުބާނީ: ރައީސް

ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިން ޤުރުބާނީ: ރައީސް

ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި، ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގަައި މި ޤައުމު ދެމިއޮތުމެވެ. ”ދިވެހި މިނިވަންކަމުގެ ދަންމަރު އުދ...

ޔުމްނާ ޢަލީ
މަދީނާގެ ހަރަމްފުޅުގެ އިމާމުގެ ދަތުރުފުޅު: ބޮޑު ދަރުހަކާއި އިމާމުވެ ހުކުރު ނަމާދު ކުރައްވާނެ

މަދީނާގެ ހަރަމްފުޅުގެ އިމާމުގެ ދަތުރުފުޅު: ބޮޑު ދަރުހަކާއި އިމާމުވެ ހުކުރު ނަމާދު ކުރައްވާނެ

މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބް ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރު މާދަމާ ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ. މިއީ 40 އަހަރުގެ ތެރޭގައި ދެ ޙަރަމްފުޅުގެ އިމާމުންގެ ތެރެއިން އިމާމެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މި ދަތުރުފުޅަކީ އިސްލާމީ އުއްމަތުގެ މަތީ މުޙިއްމު ޝަހުސިއްޔަތުތައް ރާއްޖެ ގެންނެވުމަ...

އަލީ އާދިލް
ދުވަހުން ދުވަހަށް މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސްގެ ވަޓްސްއެޕް ޗެނަލެއް

ދުވަހުން ދުވަހަށް މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސްގެ ވަޓްސްއެޕް ޗެނަލެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންނާ ސީދާ ގުޅުން ބަދަހިކުރުމުގެ ގޮތުން ރަސްމީ ވަޓްސްއެޕް ޗެނަލެއް އުފައްދަވައިފިއެވެ. މި ޗެނަލަކީ ދުވަހުން ދުވަހަށް އަޕްޑޭޓްތަކާއި، މުހިންމު މަޢުލޫމާތުތަކާއި އަދި މެސެޖުތައް ރައްޔިތުންނާ ހިއްސާކުރުމަށް ޚާއްޞަކުރެވިފައިވާ ޗެނަލެެއްކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް މުޢިއްޒު އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ޗެނެލާއި ގުޅުމަށް އެންމެހާ ރައްޔިތުންނަށް ދައުވަތު ދެއްވާފައެވެ. “އަޅުގަނޑުގެ ރަސްމީ ވަޓްސްއެޕް ޗެ...

ޔުމްނާ ޢަލީ