މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 255 ވަނަ ޞަފްޙާ

މެލޭޝިޔާ އިން ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ލިބޭގޮތް ހަދަނީ

މެލޭޝިޔާ އިން ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ލިބޭގޮތް ހަދަނީ

މެލޭޝިއާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް ޤާއިމުކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަސްދީގަތުމެއްގައެވެ. މިހާރު ޤައުމުން ބޭރުގައި އެންމެ ގިނަ ދިވެހިން ވަޒަންވެރިވެފައިވާ ޤައުމަކީ މެލޭޝިއާ ކަމަށްވުމާއެކު، މި ދަތުރުފުޅުގެ ސަބަބުން އެ ޤައުމުގ...

ޔުމްނާ ޢަލީ
މާލެއިން 31 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ

މާލެއިން 31 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ

މާލެއިން 31 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިންގޮތުގައި ގެއްލިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، ސަލްވާ، ފާޠިމަތު ޝަހުދާ (31 އަހަރު) އެވެ. ފާޠިމަތު ޝަހުދާގެ ޚަބަރެއް ނުވާތާ މިހާރު ވަނީ 6 ދުވަސް ވެފައެވެ. ފުލުހުންގެ ދިން މައުލޫމާތުގައި ވާގޮތުން، ފާޠިމަތު ޝަހުދާ ގެއްލިފައިވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2025 އޭޕްރީލް 24 ވަނަ ދުވަހުގެ ރޭ 20:00 ހާއިރުއެވެ. އޭނާ އެންމެ […]

ޔުމްނާ ޢަލީ
ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒް ވަކިކުރުމާ މެދު ޖޭއެސްސީން މިރޭ ގޮތެއް ނިންމަނީ

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒް ވަކިކުރުމާ މެދު ޖޭއެސްސީން މިރޭ ގޮތެއް ނިންމަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރުމާ މެދު މިރޭ ގޮތެއް ނިންމަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެޖެންޑާކޮށްފި އެވެ. މިދިޔަ ފެބްރުއަރީ މަހު ސަސްޕެންޑްކުރި އެ ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތާއި ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް […]

ހުސައިން ހަބީބް
ރައީސް ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް

ރައީސް ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވ...

ޔުމްނާ ޢަލީ
ޔުމްނު ވެއްޓުނު މައްސަލަ ތަހްގީގަށް ހާއްސަ ކޮމިޝަނެއް

ޔުމްނު ވެއްޓުނު މައްސަލަ ތަހްގީގަށް ހާއްސަ ކޮމިޝަނެއް

18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މަތީ ޒަޚަމްތަކަކާއެކު ހައްވާ ޔުމްނު ރަޝީދު އޮއްވާ ފެނުނު މައްސަލައާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމިޝަނެއް ރޭ އުފައްދަވައިފިއެވެ. “2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން” ނަމުގައި މި ކޮމިޝަން އުފައްދަވައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގައި ވިދާޅުވެފައި ވަނީ، 2025 އެޕްރީލު 18 ވަނަ ދުވަހު […]

ޔުމްނާ ޢަލީ
ފަރުހާދުގެ ބަދަލުގައި ފުލުހުންގެ ވަގުތީ ވެރިޔަކަށް ނަވީން

ފަރުހާދުގެ ބަދަލުގައި ފުލުހުންގެ ވަގުތީ ވެރިޔަކަށް ނަވީން

ކޮމިޝަނާ އޮފް ޕޮލިސްގެ މަސްއޫލިއްުޔަތު ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން އާއި ހަވާލުކޮށްފިއެވެ. ފުލުހުންގެ އިދާރާ ހިންގުން ނަވީނާއި ހަވާލުކޮށްފައި ވަނީ އެ މަސްއޫލިއްޔަތު ޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފަރުހާދު ފިކުރީއާ ހަވާލުކުރެއްވިތާ ގަޑިއެއްހާއިރުގެ ތެރޭގައެވެ. ފުލުހުންގެ އިދާރާއަށް ވަގުތީ ވެރިއަކު ހަމަޖައްސަން ޖެހުނީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު މިރޭ މަގާމުން އިސްތިއުފާދެއްވުމުންނެވެ. ނަވީން އާއި ފުލުހުންގެ މުއައްސަސާގ...

ޔުމްނާ ޢަލީ
ފުލުހުންގެ ވަގުތީ ވެރިޔަކަށް ފަރުހާދު

ފުލުހުންގެ ވަގުތީ ވެރިޔަކަށް ފަރުހާދު

ކޮމިޝަނާ އޮފް ޕޮލިސްގެ މަސްއޫލިއްުޔަތު ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފަރުހާދު ފިކުރީއާ ހަވާލުކޮށްފިއެވެ. މިކަން ހާމަކޮށް ދާޚިލީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެމަޤާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަނޑައަޅައަޅާފައިވާ ކަމަށެވެ. ކޮމި...

ޔުމްނާ ޢަލީ
ޔުމްނު ވެއްޓުނު މައްސަލައާއި ގުޅިގެން ޕީޖީގެ އިރުޝާދުތަކެއް ފުލުހުންނަށް

ޔުމްނު ވެއްޓުނު މައްސަލައާއި ގުޅިގެން ޕީޖީގެ އިރުޝާދުތަކެއް ފުލުހުންނަށް

18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މަތީ ޒަޚަމްތަކަކާއެކު ހައްވާ ޔުމްނު ރަޝީދު އޮއްވާ ފެނުނު މައްސަލައާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ފުލުހުންނަށް އިރުޝާދުތަކެއް ދީފައިވާނެކަމަށް ޕީޖީ އޮފީހުން މިރޭ ބުނެފިއެވެ. ޕީޖީ އޮފީހުން ބުނިގޮތުގައި މި އިރުޝާދުތައް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދީފައެވެ. ޕީޖީގެ ފަރާތުން ފުލުހުންނަށް ދީފައިވާކަމަށް ހާމަކޮށްފައިވާ އިރުޝާދުތައް މި ޙާދިސާއާ ގުޅިގެން 24 އެޕްރީލް 2025 ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ […]

ޔުމްނާ ޢަލީ
ސީޕީ ޝުޖާއު މަގާމުން އިސްތިއުފާދެއްވައިފި

ސީޕީ ޝުޖާއު މަގާމުން އިސްތިއުފާދެއްވައިފި

ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަގާމުން އިސްތިއުފާދެއްވައިފިއެވެ. ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ދެންމެ ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަަޤާމުގެ އިސްތިޢުފާ ހުށައެޅުއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ޤަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ. ހއ. ނިސްބަތްވާ ޝުޖާއު ފުލުހުންގެ ވެރިޔަކަށް ޢައްޔަނުކުރެއްވީ 25 ޑިސެމްބަރ 2023 ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައެވެ. މަޖީދިއްޔާ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލަށް ހުންނެވުމަށް...

ޔުމްނާ ޢަލީ
ސީޕީ ޝުޖާޢު މަގާމުން ދުރަށްވަޑައިގަންނަވަނީ

ސީޕީ ޝުޖާޢު މަގާމުން ދުރަށްވަޑައިގަންނަވަނީ

ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަގާމުން ދުރަށްވަޑައިގަންނަވަން ނިންމަވައިފިއެވެ. ސީޕީ ވަނީ މިކަން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ސީޕީ އިސްތިއުފާދެއްވަން ނިންމެވިކަން ބައެއް މީޑިއާތަކަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ހއ. ނިސްބަތްވާ ޝުޖާއު ފުލުހުންގެ ވެރިޔަކަށް ޢައްޔަނުކުރެއްވީ 25 ޑިސެމްބަރ 2023 ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައެވެ.

ޔުމްނާ ޢަލީ
ޔުމްނު ވެއްޓުނު މައްސަލަ: ޖުމްލަ 9 މީހެއްގެ ފޯނު ހިފަހައްޓައިފި

ޔުމްނު ވެއްޓުނު މައްސަލަ: ޖުމްލަ 9 މީހެއްގެ ފޯނު ހިފަހައްޓައިފި

ހައްވާ ޔުމްނު ރަޝީދު ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ޖުމްލަ 9 މީހެއްގެ ފޯނު ހިފަހައްޓާފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ. މި މައްސަލާގައި ފުލުހުން ކުރިން ވަނީ 7 މީހެއްގެ ފޯނު ހިފަހައްޓާފައެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ފުލުހުން މިއަދު ބުނީ 18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު (ޔުމްނު) ވެއްޓުނު މައްސަލައާ ގުޅިގެން ފޯނު ހިފެހެއްޓުމުގެ އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު […]

ޔުމްނާ ޢަލީ
މުލީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފި

މުލީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފި

މުލަކަތޮޅު (މ.އަތޮޅު) ގައި ތަރައްގީ ކުރި ފުރަތަމަ އެއާޕޯޓު، މުލީގައި އެއާޕޯޓުގެ މަސައްކަތް ނިމި، އިއްޔެ އެ އެއާޕޯޓަށް ޓެސްޓު ފްލައިޓެއް ޖައްސައިފިއެވެ. ޓެސްޓު ފްލައިޓްގެ ގޮތުގައި މުލީ އެއަރޕޯޓަށް އިއްޔެ ޖައްސާފައިވަނީ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. މި ޓެސްޓު ދަތުރަކީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައް ހެދުމަށް ކުރާ ދަތުރެކެވެ. އެސެސްމަންޓްތައް ނިންމައި، މުލީ އެއާޕޯޓަށް ވީހާވެސް އަވަހަށް ކޮމާޝަލް ދަތުރުތައް ފެށުމަށް މަސައްކަތް ކުރ...

ޔުމްނާ ޢަލީ
ޑރ. ބުދައިރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ޑރ. ބުދައިރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު، ދިވެހިރާއްޖެއަށް ކުރެއްވި ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅު މިއަދު ހަވީރު ނިންމަވާލައްވައިފިއެވެ. ދިވެހި ސަރުކާރުން ދެއްވި ދަޢުވަތަކަށް ވަޑައިގެންނެވި ޑރ. ބުދައިރުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް އިސްލާމީ އުއްމަތުގެ ފުންނާބު އުސް ޢިލްމުވެރިން ރާއްޖެއަށް ގެންނެވުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޑރ. ބުދައިރު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔ...

ޔުމްނާ ޢަލީ
ދައުރުކުރަމުންދާ ފޮޓޯގައިވާ ލަޔާލަކީ އަޅުގަނޑުގެ ދަރިއެއްނޫން، ޢާއިލީ ގުޅުމެއް ވެސް ނެތް: އިޤްބާލް

ދައުރުކުރަމުންދާ ފޮޓޯގައިވާ ލަޔާލަކީ އަޅުގަނޑުގެ ދަރިއެއްނޫން، ޢާއިލީ ގުޅުމެއް ވެސް ނެތް: އިޤްބާލް

މީސް މީޑިއާގައި ދައުރުކުރަމުންދާ ފޮޓޯގައިވާ ލަޔާލަކީ އޭނާގެ ދަރިއެއްނޫން، އެ ކުއްޖާއާއި ޢާއިލީ ގޮތުން ވެސް ގުޅުމެއް ނޯންނާނެކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ. އިޤްބާލް މިފަދައިން ވިދާޅުވީ އެކްސްގައި ދައުރުވަމުން އަންނަ ފޮޓޯ އަކާއި އޭނާ އާއި ގުޅުވާ ވާހަކަ ދައްކާތީ އެކަން ސާފުކޮށްދެއްވުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު […]

ޔުމްނާ ޢަލީ
ފުރުން މަނާކޮށްފައިވާ މީހަކު މެލޭޝިޔާއަށް ފުރިކަމަށް ފަތުރަނީ ދޮގެއް: ފުލުހުން

ފުރުން މަނާކޮށްފައިވާ މީހަކު މެލޭޝިޔާއަށް ފުރިކަމަށް ފަތުރަނީ ދޮގެއް: ފުލުހުން

ހައްވާ ޔުމްނު ރަޝީދު އިމާރާތަކުން ވެއްޓުނު މައްސަލާގައި ފުރުން މަނާކޮށްފައިވާ މީހަކު މެލޭޝިޔާއަށް ފުރިކަމަށް ފަތުރަމުންދާ ޚަބަރަކީ ދޮގު ޚަބަރެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ޔުމްނު ވެއްޓުނު ރޭ ޔުމްނު ހިމެނޭހެން އުޅުނު ގްރޫޕްގައި ހިމެނޭ އަންހެންކުއްޖަކު މެލޭޝިޔާ އަށް ފުރާފައިވާކަމަށް މީސްމީޑިއާގައި އަންނަނީ ޚަބަރު ފަތުރަމުންނެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނީ 18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ފުރުން […]

ޔުމްނާ ޢަލީ