ޑިޒައިން އެންޑް ބިލްޑް އުސޫލުން 57 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު އަލުން އިއުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާންތަކުގައި ބުނެފައިވަނީ، އެ މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުުގެ މަސައްކަތް ކުރިޔަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިލްޑިންގ (އައިސީބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.
މި ރަށްތަކުގައި ހައުސިން ޔުނިޓް އަޅާނެ ފަރާތްތައް ހޯއްދަން ފިނޭންސުން ކޮށްފައިވާ ޢިއުލާނުތަކަށް ބަލާއިރު، އެންމެ ގިނަ ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. އެ ސިޓީގައި 2000 ހައުސިންގ ޔުނިޓް އަޅަން ވަނީ އިއުލާންކޮށްފައެވެ. މި ރަށްތަކުގެ ތެރޭގައި ބޮޑު ތިލަދުންމަތީގެ 14 ރަށެއް ވަނީ ހިމެނިފައެވެ.
މީގެ އިތުރުން ހިމެނޭ ބޮޑުތިދުންމަތީގެ ރަށްތަކާއި، އެރަށްތަކުގައި ހައުސިން ޔުނިޓްތައް އަޅާ އަދަދުތައް
- ހދ. ކުޅުދުއްފުށި ސިޓީގައި 2000 ހައުސިންގ ޔުނިޓް
- ހއ. ދިއްދޫގައި 200 ހައުސިންގ ޔުނިޓް
- ހއ. ހޯރަފުށީގައި 200 ހައުސިންގ ޔުނިޓް
- ހއ. އިހަވަންދޫގައި 200 ހައުސިންގ ޔުނިޓް
- ހއ. ކެލާގައި 50 ހައުސިންގ ޔުނިޓް
- ހއ. އުތީމުގައި 50 ހައުސިންގ ޔުނިޓް
- ހދ. ހަނިމާދޫގައި 500 ހައުސިންގ ޔުނިޓް
- ހދ. ނޮޅިވަރަންފަރުގައި 250 ހައުސިންގ ޔުނިޓް
- ހދ. މަކުނުދޫގައި 100 ހައުސިންގ ޔުނިޓް
- ހދ. ނެއްލައިދޫގައި 60 ހައުސިންގ ޔުނިޓް
- ހދ. ކުރިނބީގައި 50 ހައުސިންގ ޔުނިޓް
- ށ. މިލަންދޫގައި 200 ހައުސިންގ ޔުނިޓް
- ށ. ފޯކައިދޫގައި 150 ހައުސިންގ ޔުނިޓް
- ށ. ކޮމަންޑޫގައި 50 ހައުސިންގ ޔުނިޓް
ތިލަދުންމަތީގެ 14 ރަށެއް، 57 ރަށެއްގައި ހައުސިން ޔުނިޓް އަޅަން ހުޅުވާލައިފި
ހައުސިން ޔުނިޓް އަޅާ އިތުރު ރަށްތަކާއި އެރަށްތަކުގައި ހައުސިން ޔުނިޓްތައް އަޅާ އަދަދުތައް
- ނ. ކެނދިކުޅުދޫގައި 100 ހައުސިންގ ޔުނިޓް
- ނ. މަނަދޫގައި 50 ހައުސިންގ ޔުނިޓް
- ނ. މިލަދޫގައި 50 ހައުސިންގ ޔުނިޓް
- ރ. އުނގޫފާރުގައި 500 ހައުސިންގ ޔުނިޓް
- ރ. ދުވާފަރުގައި 200 ހައުސިންގ ޔުނިޓް
- ރ. މަޑުއްވަރީގައި 100 ހައުސިންގ ޔުނިޓް
- ރ. އިނގުރައިދޫގައި 100 ހައުސިންގ ޔުނިޓް
- ރ. އިންނަމާދޫގައި 50 ހައުސިންގ ޔުނިޓް
- ރ. ރަސްމާދޫގައި 50 ހައުސިންގ ޔުނިޓް
- ބ. ތުޅާދޫގައި 100 ހައުސިންގ ޔުނިޓް
- ޅ. ހިންނަވަރުގައި 100 ހައުސިންގ ޔުނިޓް
- ޅ. ނައިފަރުގައި 400 ހައުސިންގ ޔުނިޓް
- ޅ. ކުރެންދޫގައި 50 ހައުސިންގ ޔުނިޓް
- ކ. ތުލުސްދޫގައި 550 ހައުސިންގ ޔުނިޓް
- ކ. ގުރައިދޫގައި 50 ހައުސިންގ ޔުނިޓް
- އދ. މަހިބަދޫގައި 150 ހައުސިންގ ޔުނިޓް
- އދ. ދިގުރަށުގައި 30 ހައުސިންގ ޔުނިޓް
- މ. ދިއްގަރުގައި 75 ހައުސިންގ ޔުނިޓް
- މ. މުލިގައި 300 ހައުސިންގ ޔުނިޓް
- މ. ކޮޅުފުށީގައި 50 ހައުސިންގ ޔުނިޓް
- ފ. ނިލަންދޫގައި 200 ހައުސިންގ ޔުނިޓް
- ދ. ކުޑަހުވަދޫގައި 500 ހައުސިންގ ޔުނިޓް
- ދ. މީދޫގައި 200 ހައުސިންގ ޔުނިޓް
- ތ. ވިލުފުށީގައި 100 ހައުސިންގ ޔުނިޓް
- ތ. ހިރިލަނދޫގައި 50 ހައުސިންގ ޔުނިޓް
- ލ. ގަމުގައި 500 ހައުސިންގ ޔުނިޓް
- ލ. ފޮނަދޫގައި 500 ހައުސިންގ ޔުނިޓް
- ގއ. ވިލިނގިލީގައި 225 ހައުސިންގ ޔުނިޓް
- ގއ. ގެމަނަފުށީގައި 50 ހައުސިންގ ޔުނިޓް
- ގއ. ކޮލަމާފުށީގައި 50 ހައުސިންގ ޔުނިޓް
- ގދ. ތިނަދޫގައި 500 ހައުސިންގ ޔުނިޓް
- ގދ. ހޯނޑެއްދޫގައި 50 ހައުސިންގ ޔުނިޓް
- ގދ. ފަރެސްމާތޮޑާގައި 50 ހައުސިންގ ޔުނިޓް
- ގދ. ފިޔޯރީގައި 50 ހައުސިންގ ޔުނިޓް
- ގދ. ގައްދޫގައި 100 ހައުސިންގ ޔުނިޓ
- ގދ. މަޑަވެލީގައި 200 ހައުސިންގ ޔުނިޓް
- ސ. ހިތަދޫގައި 500 ހައުސިންގ ޔުނިޓް
- ސ. މަރަދޫގައި 100 ހައުސިންގ ޔުނިޓް
- ސ. މަރަދޫފޭދޫގައި 100 ހައުސިންގ ޔުނިޓް
- ސ. ހުޅުދޫގައި 100 ހައުސިންގ ޔުނިޓް
- ސ. މީދޫގައި 100 ހައުސިންގ ޔުނިޓް
- ސ. ފޭދޫގައި 200 ހައުސިންގ ޔުނިޓް
- ޏ. ފުވައްމުލަކުގައި 500 ހައުސިންގ ޔުނިޓް
މި ހައުސިން ޔުނިޓްތައް އިމާރާތް ކޮށްދޭން ހުށަހަޅާއިރު، ޕްރީކޮލިފިކޭޝަނުގައި ބައިވެރިވުމަށް 1500 ރުފިޔާ ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް އެ އިއުލާނެއްގައި ކަނޑައަޅަފައިވާ މުއްދަތުގެ ކުރިންނެވެ.
މި ފައިސާ ބަލައިގަންނާނީ 23 އޭޕްރީލް 2025 އިން ފެށިގެން 8 މެއި 2025 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8 އިން މެންދުރު 2 އަކަށް ބަނޑޭރި ޕޭ މެދުވެރިކޮށެވެ.
މިރަށްތަކުގައި ހައުސިން ޔުނިޓް އަޅަން 29 ޖެނުއަރީ 2025 ގައި ވެސް ޢިއުލާންކޮށްފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!