މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު އިންޑޮނޭޝިއާއަށް M5.4 ގެ ބިންހެލުމެއް އަތުވެއްޖެ - 25 މިނިޓު ކުރިން

ރާއްޖެ

16,860 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 236 ވަނަ ޞަފްޙާ

"ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކިހިނެއްތޯ ފެންނަނީ؟" ނަޝީދު ފޮނުއްވި މެސެޖެއް

"ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކިހިނެއްތޯ ފެންނަނީ؟" ނަޝީދު ފޮނުއްވި މެސެޖެއް

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މި ކަން އެމަނިކުފާނު ހާމަކުރައްވާފައިވަނީ އެމްޑީޕީ އަދި ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރުންނަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ނަޝީދު ވިދާޅުވެފައިވަނީ “ކިހިނެއްތޯ ފެންނަނީ؟، ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫނާރާނެ” ކަމަށެވެ. ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ނިޒާމު ތަޢާރަފުވެގެން އައިއިރު، އެންމެ ކުރީ ސަފުގައި ހ...

އަލީ އާދިލް
އަނަސްގެ މަރުގެ ދައުވާލިބޭ މީހުން ބަންދު ނުކުރާތީ ޕީޖީން އަނެއްކާވެސް ސުޕްރީމް ކޯޓަށް

އަނަސްގެ މަރުގެ ދައުވާލިބޭ މީހުން ބަންދު ނުކުރާތީ ޕީޖީން އަނެއްކާވެސް ސުޕްރީމް ކޯޓަށް

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުން ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމުމުން އެ މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން […]

އަލީ އާދިލް
މަސް ހިފަން މޫދަށް ފޭބި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މަސް ހިފަން މޫދަށް ފޭބި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ލ. ގަމުގެ ކައިރީގައި އޮންނަ މަހާކަނފުށި (ފަޅު ރަށެއް) ކައިރީގައި މަސް ހިފަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ބުނީ، ލ. ގަމުގެ ކައިރީގައި އޮންނަ މަހާކަނފުށި ކައިރީގައި މަސް ހިފަން މޫދަށް ފައިބާ އުޅުނު މީހަކު ގެއްލިފައިވާ މައްސަލައެއް މިއަދު ހެނދުނު 9:50 އެހާކަށްހާއިރު އެ މުއައްސަސާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި، މި މީހާ ހޯދުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، 11:00 އެހާކަށްހާއިރު، ގެއްލުނު […]

ޔުމްނާ ޢަލީ
ބިދޭސީ މީހާއަށް ހަމަލާދިން މައްސަލާގައި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

ބިދޭސީ މީހާއަށް ހަމަލާދިން މައްސަލާގައި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޕާކު ސަރަޙައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ރޭ ޒަޚަމްކޮށްލި މައްސަލާގައި 16 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފިއެވެ. މި މާރާމާރީ އާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންކަން ހާމަކުރީ ރޭ 22:52 ހާއިރުއެވެ. ފުލުހުން ބުނީ މި މައްސަލާގައި 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި މި ހަމަލާ އަމާޒުވެފައި ވަނީ އިންޑިއާ […]

ޔުމްނާ ޢަލީ
ދިވެހި ހުރިހާ ޙައްޖުވެރިން ވެސް މިހާރު ތިބީ މިނާގައި

ދިވެހި ހުރިހާ ޙައްޖުވެރިން ވެސް މިހާރު ތިބީ މިނާގައި

1446 ވަނަ އަހަރުގެ ޙައްޖަށް ދިވެހިރާއްޖެއިން ދަތުރުކުރި ހުރިހާ ޙައްޖުވެރިންވެސް މިހާރު ވަނީ މިނާއަށް ދަތުރުކޮށްފައެވެ. ދިވެހި ޙައްޖު މިޝަނުން ބުނެފައިވާ ގޮތުގައި ދިވެހި ޙައްޖުވެރިން މިނާއަށް ދަތުރު ފައްޓަވާފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައެވެ. ދިވެހި ހައްޖުވެރިން މިނާ އަށް ދަތުރުކުރީ 21 ބަހުގައެވެ. މިއަހަރު ދިވެހިރާއްޖެއިން ޖުމްލަ 1000 ޙައްޖުވެރިން ޙައްޖުގެ އަޅުކަން ފުރިހަމަކުރަމުންދާއިރު، ރާއްޖޭގެ ޙައްޖު މިޝަނުން ހާމަކުރި ގޮތުގައި ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅެވެ. މިނާއަށް ދިޔުމަށްފަހު،...

ޔުމްނާ ޢަލީ
ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

ހުޅުމާލޭ ފޭސް 2 ގައި ހުންނަ ހިޔާ ޕާކު ސަރަޙައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، ހުޅުމާލޭ ފޭސް 2 ގައި ހުންނަ ހިޔާ ޕާކު ސަރަޙައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއްގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަނިޔާ ލިބުނު ބިދޭސީ މީހާ މިހާރު ވަނީ ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާގެ ޙާލަތާ ބެހޭ އިތުރު މަޢުލޫމާތެއް މިވަގުތު ލިބިފައެއް ނުވެއެވެ. މި މައްސަލ...

ޔުމްނާ ޢަލީ
މަހްފޫޒަށް އިންޒާރު ދިން މައްސަލައެއް ބަލަނީ

މަހްފޫޒަށް އިންޒާރު ދިން މައްސަލައެއް ބަލަނީ

ޤާނޫނު ވަކީލު މަހްފޫޒް ސައީދަށް އިންޒާރު ދިން މައްސަލައެއް ތަޙުޤީޤު ކުރަން ފަށައިފިއެވެ. ފުލުހުން މިރޭ ބުނީ ޤާނޫނު ވަކީލު މަހްފޫޒް ސަޢީދަށް އިންޒާރު ދީފައިވާ މައްސަލައެއް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. މަހްފޫޒަކީ ޤާނޫނީ ވަކީލެއްގެ އިތުރުން ‘’އަދަދު’’ ނޫހުގެ އެއް ހިއްސާ ދާރެވެ.

ޔުމްނާ ޢަލީ
ނުފޫޒުން ވަކިބަޔަކަށް ފުލެޓު ހޯދައިދިނުމުގެ ތުހުމަތިގައި 4 ފަރާތަކަށް ދައުވާ ކުރަނީ

ނުފޫޒުން ވަކިބަޔަކަށް ފުލެޓު ހޯދައިދިނުމުގެ ތުހުމަތިގައި 4 ފަރާތަކަށް ދައުވާ ކުރަނީ

ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ތުހުމަތުގައި 4 ފަރާތެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. އޭސީސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅ...

އައިޝަތު އައިނީ އާމިރު
ފުލުހުންގެ ރޯޑް ސޭފްޓީ ޕާޓްނަރުންގެ ގޮތުގައި އުރީދޫ، އެމްޓީސީސީ އަދި އެލައިޑް

ފުލުހުންގެ ރޯޑް ސޭފްޓީ ޕާޓްނަރުންގެ ގޮތުގައި އުރީދޫ، އެމްޓީސީސީ އަދި އެލައިޑް

ދިވެހި ފުލުހުންގެ ޚިދުމަތުން މި އަހަރު ކުރިއަށް ގެންދާ “ރައްކާ ކެމްޕެއިން” ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ތިން ކުންފުންޏަކާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.  އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތާއެކު އެއްބަސްވުމުގައި ސޮއިކުރީ އުރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމ...

އައިޝަތު އައިނީ އާމިރު
ޢީދު ފާހަގަކުރުމުގައި އިސްލާމީ ތަރަހައިގެ ތެރޭގައި ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފި

ޢީދު ފާހަގަކުރުމުގައި އިސްލާމީ ތަރަހައިގެ ތެރޭގައި ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފި

މިއަހަރުގެ ބޮޑު ޢީދު ފާހަގަކުރުމުގައި އިސްލާމީ ތަރަހައިގެ ތެރޭގައި ޢަމަލުތައް ބެހެއްޓުމަށާއި، އިސްލާމް ދީން ހުއްދަކޮށްފައިވާ ގޮތުގެ މަތީން ޢީދު ފާހަގަކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްދިނުމަށް ސިޓީތަކާއި އިދާރީ ހިންގުމާއި، ޢާންމު ކަންމާއި ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ. ސިޓީ ތަކާއި އިދާރީ ހިންގުމާއި ޢާންމު ކަންކަމާއި ބެހޭ ވުޒާރާއިން އިއްޔެ ނެރެއިފައިވާ ބަޔާނުގައި ވަނީ، އިސްލާމީ ހަމަތަކުގެ ތެރޭގައި ޢީދު ފާހަގަކުރުމާއި ދިވެހި ކުދި ބޮޑު އެންމެން ޢީދުގެ އުފަލުގައި ބައިވެރިވުމަކީ ރައީސުލްޖުމްހ...

އައިޝަތު އައިނީ އާމިރު
ޕާކުކޮށްފައި ހުރި ވެހިކަލްތަކަކުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި

ޕާކުކޮށްފައި ހުރި ވެހިކަލްތަކަކުން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވައި، ވައްކަން ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / އޯކިޑްމާގެ، ޢަބްދުއްރަޙްމާން ޙުސައިން (33އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ހުޅުމާލެ ޕޮލްކޯ ފްލެޓްތައް ކައިރި ޕާކިންގ ޒޯން ސަރަޙައްދުގައެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، އެ ސަރަޙައްދުގައި ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ފެނުމާއ...

ޔުމްނާ ޢަލީ
ސަމާލުވޭ! ފޮޓޯ އެބަހުއްޓޭކިޔާފައި ޓެލެގްރާމުން ފޮނުވަނީ ފިޝިންގ ލިންކްތަކެއް

ސަމާލުވޭ! ފޮޓޯ އެބަހުއްޓޭކިޔާފައި ޓެލެގްރާމުން ފޮނުވަނީ ފިޝިންގ ލިންކްތަކެއް

ޓެލެގްރާމް މެދުވެރިކޮށް ދައުރުވަމުންދާ ނުރައްކާތެރި ފިޝިންގ ލިންކްތަކަކާ ގުޅޭގޮތުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން އެދިއްްޖެއެވެ. މިކަމާ ބެހޭގޮތުން ސައިބަރ ކްރައިމް ޑިޕާޓްމަންޓް އިން ބުނީ، މި ލިންކްތަކަކީ އަމިއްލަ ފޮޓޯތަކާއި މަޢުލޫމާތު އެބަހުރިކަމަށް ކަމަށް ބުނެ މީހުންގެ އަމިއްލަ މަޢުލޫމާތު ހޯދުމަށް ސްކޭމަރުން ބޭނުންކުރަމުންދާ ވަސީލަތެއް ކަމަށެވެ. އަދި މިފަދަ ލިންކްތަކަށް ނުފިއްތުމަށާއި، އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް އަދި ވަގުތުން ރިޕޯޓްކުރުމަށް ރަ...

އައިޝަތު އައިނީ އާމިރު
މާމިގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެރަށު ބަޔަކު ހައްޔަރުކޮށްފި

މާމިގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެރަށު ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓާއި އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން މާމިގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ. ޖޫން މަހުގެ 2 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި އދ. މާމިގިލި/ ރީފްސައިޑް، ރިސްވާން އިބްރާހިމް (30އ) އާއި އދ. މާމިގިލި / ވިލެޖް، އަޙްމަދު ފިރުޝާން (28އ) އާއި އދ. މާމިގިލި / ރޯޅި، މުޙައްމަދު ޝަހުދު (27އ) އާއ...

އަލީ އާދިލް
އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަން ރާއްޖެ އަށް

އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަން ރާއްޖެ އަށް

ދިވެހިރާއްޖެއިން އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަމުގެ އިންތިޚާބީ ގޮނޑިއެއް ކާމިޔާބުކޮށްފިއެވެ. މި އިންތިޚާބު ބޭއްވީ ހޯމަ ދުވަހު ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައެވެ. އދ.ގެ އާންމު މަޖިލީހުގެ ކޮންމެ ސެޝަނަކަށް އޭޝިއާ ޕެސިފިކް ގުރޫޕުގެ ތެރެއިން ފަސް ނައިބު ރައީސުން އިންތިޚާބުކުރެއެވެ. މި މަޤާމަށް ދިވެހިރާއްޖެއިން ކުރިމަތިލީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޤާމުގެ ދައުރަކީ އެއް އަހަރު ދުވަހެވެ. މި ކާމިޔާބީއާ ގުޅިގެން […]

ޔުމްނާ ޢަލީ
އަންހެނުންނަށް ޚާއްޞަ ލޯނުގެ ދެވަނަ ފިޔަވަހި މި މަހު ފަށަނީ

އަންހެނުންނަށް ޚާއްޞަ ލޯނުގެ ދެވަނަ ފިޔަވަހި މި މަހު ފަށަނީ

ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްޞަކޮށް ދޫކުރާ “ފަށާ މަދަދު ލޯނު” ސްކީމްގެ ދެވަނަ ފިޔަވަހި މި މަހުގެ 15 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިއަދު ހާމަކޮށްފިއެވެ. އެސްޑީއެފްސީ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ލޯނު ސްކީމްގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުން މި މަހުގެ 15 ވަނަ ދުވަހު ފަށައި، އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ […]

ޔުމްނާ ޢަލީ