މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,860 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 235 ވަނަ ޞަފްޙާ

ހުރިހާ އަތޮޅަކުން ޑައިލިސިސް ހެދޭނެގޮތް ސެޕްޓެންބަރުގެ ނިޔަލަށް ހަދަނީ

ހުރިހާ އަތޮޅަކުން ޑައިލިސިސް ހެދޭނެގޮތް ސެޕްޓެންބަރުގެ ނިޔަލަށް ހަދަނީ

އަންނަ ސެޕްޓެންބަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ޑައިލިސިސް ސެންޓަރު ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ދައުލަތުގެ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ކިޑްނީ ބަލިމީހުންނަށް ގިނަ ސަރަހައްދުތަކުން ޑައިލިސިސްގެ ޚިދުމަތް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައްޔިތުން ރައީސް ޑރ. މުޢިއްޒު ގެ އަރިހުގައި އެދިފައިވާ ކަމަށެވެ....

ޔުމްނާ ޢަލީ
ނުރައްކާތެރި އެކްސިޑެންޓެއް: ދެ މީހުންގެ ބޯ ފެޅި، ފައިވެސް ދެތަނަކުން ބިނދިއްޖެ

ނުރައްކާތެރި އެކްސިޑެންޓެއް: ދެ މީހުންގެ ބޯ ފެޅި، ފައިވެސް ދެތަނަކުން ބިނދިއްޖެ

ލ.ގަން ލިންކް ރޯޑުގައި މިރޭ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ. ފުލުހުން މީޑިއާއަށް ހިއްސާކުރި މެސެޖެއްގައި ބުނީ ލ.ގަން ލިންކް ރޯޑްގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލައެއް މިރޭ 19:03 ހާއިރު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމށެވެ. ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. އެގޮތުން ސައިކަލު ދުއްވަން އިން 44 އަހަރުގެ […]

އިބްރާހިމް ޚަލީލް
ރައީސް މުއިއްޒު، ސައުދީގެ ވަލީ އަހުދާ ބައްދަލުކުރައްވައިފި

ރައީސް މުއިއްޒު، ސައުދީގެ ވަލީ އަހުދާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އާއި ބައްދަލުކުރައްވައިފިއެވެ. ސައޫދީ އަރަބިއްޔާގެ މީޑިއާއިން ބުނިގޮތުގައި ހޮނިހިރު ދުވަހު ކުރިއަށް ގެންދެވި މި ބައްދަލުވުން އޮތީ މިނާ ގަނޑުވަރުގައެވެ. ވަލީއަހުދު މިނާގައި ހުންނެވީ އަހަރީ ޙައްޖު އަޅުކަމުގެ ކަންކަން ބެއްލެވުމުގެ ތެރެއިންނެވެ. ސައޫދީ މީޑިއާއިން ބުނީ ވަލީއަހުދާއި ދިވެހިރާއްޖޭގެ ރައީސް ޑރ. މުޢިއްޒު ކުރެއްވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން މުރާޖަޢާކުރައްވައި، ދެ ޤައުމުގެ...

ޔުމްނާ ޢަލީ
ކޮޓަރިން ނެރުނީ ކޮނޑަށްލައިގެން، ހޮސްޕިޓަލަށް ލާފައި 3 މީހުން ދިޔައިރު ޒުވާނާ އޮތީ ނިޔާވެފައި

ކޮޓަރިން ނެރުނީ ކޮނޑަށްލައިގެން، ހޮސްޕިޓަލަށް ލާފައި 3 މީހުން ދިޔައިރު ޒުވާނާ އޮތީ ނިޔާވެފައި

ކޮނޑަށްލައިގެން ދުވަހު ކުއްޔަށް ދޭ ކޮޓަރިއަކުން ނެރެގެން، ހޮސްޕިޓަލަށް ގެންދިޔަ ޒުވާނަކު ނިޔާވެފައިވާކަމަށާއި މި މައްސަލައިގައި ޝައްކުތަކެއް ހުރުމާއެކު ފުލުހުން ތަހުގީގު ފަށައިފައެވެ. ވެމްކޯގެ މުވައްޒަފެއް ކަމަށްވާ އިބްރާހިމް އަމީން ހަސަން ދީދީ ނިޔާވެފައިވަނީ މިއަދު ހެނދުނު އެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު ހެނދުނު 6:00 ގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެނައި މީހަކު ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ވަނީ ފުލުހުންނަށް އަންގާފައެވެ. އެހެންނަމަވެސް މި މައްސަލައާ ގުޅޭ އ...

އަލީ އާދިލް
ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ށ. ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައި އެ އެއާޕޯޓް ބަންދުކޮށްފައި އޮތުމަށްފަހު، މިހާރު މައްސަލަ ހައްލުކޮށް އަލުން އޮޕަރޭޝަންތައް ފެށިފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން މިއަދު ވިދާޅުވެއްޖެއެވެ. އެއާޕޯޓްގެ އޮޕަރޭޝަންތައް މެދުކަނޑާލަން ޖެހުނީ ފަޔަރ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މިކަމާ ގުޅޭގޮތުން އަހްމަދު މުބީން ވިދާޅުވީ، “މިދަނޑިވަޅުގައި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހ...

އިބްރާހިމް އަސްވާޤް
ރާއްޖެއިން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ފެނިއްޖެ

ރާއްޖެއިން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ފެނިއްޖެ

ރާއްޖެއިން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ފެނިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ. އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ނުރައްކާތެރި ބައްޔެކެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، މި ބަލީގެ ކޭސް ފެނުމާ ގުޅިގެން ކަމާ ބެހޭ މަޢުލޫމާތު އެއްކުރުމާއި، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން...

ޔުމްނާ ޢަލީ
ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖު ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް ރޭ އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ މި މައްސަލަ އެ ޚިދުމަތަށް ރިޕޯޓުކޮށްފައި ވަނީ ރޭ ގާތްގަނޑަކަށް 10:02 ހާއިރު ކަމަށެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައެވެ. އެކްސިޑެންޓްގައި ޖެހުނު ދެ ސައިކަލުގައި ދުއްވަމުން ދިޔަ ދެ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަނިޔާވި މީހުންގެ ޙާލަތާ ބެހޭ އިތުރު މަޢުލޫމާތެއް މިވަގުތ...

ޔުމްނާ ޢަލީ
ކާބޯތަކެތީގެ ރައްކާތެރިކަމަކީ ޞިއްޙަތާއި އިޤްތިޞާދީ ދުޅަހެޔޮކަމުގެ އަސާސް: ރައީސް

ކާބޯތަކެތީގެ ރައްކާތެރިކަމަކީ ޞިއްޙަތާއި އިޤްތިޞާދީ ދުޅަހެޔޮކަމުގެ އަސާސް: ރައީސް

ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ޞިއްޙަތާއި އިޤްތިޞާދީ ދުޅަހެޔޮކަމުގެ އަސާސްކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ “ވޯލްޑް ފުޑް ސޭފްޓީ ޑޭ” ނުވަތަ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ މީހަކަށްވެސް ކޮންމެ ދުވަހަކު ކުރިމަތިވާ ކަމެކެވެ. އަދި މިއީ އާންމު ޞިއްޙަތާއި އިޤްތިޞާދީ ދުޅަހެޔޮކަމުގެ...

ޔުމްނާ ޢަލީ
މަނާ ގަޑީގައި ދުއްވި 11 މީހަކު ޖޫރިމަނާކޮށް 3 އުޅަނދު ޓޯ ކޮށްފި

މަނާ ގަޑީގައި ދުއްވި 11 މީހަކު ޖޫރިމަނާކޮށް 3 އުޅަނދު ޓޯ ކޮށްފި

އަޟްޙާ އީދު ދުވަހާ ގުޅިގެން މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރި ގަޑީގައި ދުއްވި 11 ފަރާތެއް ޖޫރިމަނާކޮށް، 3 އުޅަނދެއް ޓޯކޮށްފިއެވެ. މިއީ އީދު ދުވަހު ހަވީރު 4 އިން 6 އަށް މާލޭގައި ފުލުހުންގެ ހާޒިރީ އިތުރުކޮށްގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އެޅުނު ފިޔަވަޅުތަކެކެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އޮޕަރޭޝަންގައި މަނާ ގަޑީގައި ދުއްވި 141 ފަރާތަކަށް ނަސޭހަތް ދީފައިވެއެވެ. އަދި ޓޯކުރެވުނު އުޅަނދުތައް ޓޯކުރެވުނީ ނުރައްކާތެރިކޮށް ދުއްވުމާއިއި، ލައިސަންސްގެ މުއްދަތު […]

އަލީ އާދިލް
ސަޢޫދީން ޙައްޖާޖީންނަށް ދެއްވާ މެހެމާންދާރީއާއި ޚިދުމަތްތަކަށް ރައީސްގެ ޝުކުރު

ސަޢޫދީން ޙައްޖާޖީންނަށް ދެއްވާ މެހެމާންދާރީއާއި ޚިދުމަތްތަކަށް ރައީސްގެ ޝުކުރު

ޙައްޖާޖީންނަށާއި ޢުމްރާގެ އަޅުކަމަށް އަންނަ މީހުންނަށް، އަދި ދެ ޙަރަމްފުޅު ޤަޞްދުކޮށްގެން ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދެއްވާ ޚާއްޞަ މެހެމާންދާރީއާއި ޚިދުމަތްތަކަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެޙަރަމްފުޅުގެ ޚާދިމް ސަލްމާން ބިން ޢަބްދުލް ޢަޒީޒަށާއި، ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށާއި، އެ ޤައުމުގެ ސަރުކާރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުނ...

އަލީ އާދިލް
ހަވީރު މާލެ އާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާ

ހަވީރު މާލެ އާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާ

މިއަދުގެ ހަވީރު 4 އިން 6 އަށް ވެހިކަލް ދުއްވުން މަނާވާނީ ހަމައެކަނި މާލެ އާއި ވިލިމާލޭގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފި އެވެ. މިއީ މީގެ ދެ ދުވަސް ކުރިން މާލޭ ސިޓީ ކައުންސިލުން ގްރޭޓަރ މާލޭ އޭރިއާގެ ހުރިހާ މަގެއްގައި ވެހިކަލް ދުއްވުން މަނާކުރުމަށް ނިންމި ނިންމުމަށް ގެނައި ބަދަލެކެވެ. މާލޭ ސިޓީ ކައުންސިލުން ބުދަ ދުވަހު ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވަނީ، 2022 ވަނަ އަހަރުގެ ޖޫން 13 ވަނަ […]

އަލީ އާދިލް
ކުޅުދުއްފުށީގައި ހުރި ދުވަސްވީ 8 ގަހެއް ހިމާޔަތް ކޮށްފި

ކުޅުދުއްފުށީގައި ހުރި ދުވަސްވީ 8 ގަހެއް ހިމާޔަތް ކޮށްފި

ކުޅުދުއްފުށީ ސިޓީގައި ހުރި ދުވަސްވީ އަދި ފާހަގަކުރެވޭ 8 ގަހެއް ސިޓީ ކައުންސިލުން ޙިމާޔަތްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލުގައި މިދިޔަ ނުދަ ދުވަހު ބޭއްވި ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ބައްދަލުވުމުގައެވެ.އަދި މި ނިންމުމުގެ ދަށުން ރަށުގެ އިރުމަތީ ފަރާތުން 5 ނިކަ ގަހާއި 3 ކަނދުގަސް ޙިމާޔަތްކުރުމަށް ވަނީ ފާސްކޮށްފައެވެ. އެގޮތުން މި މަސައްކަތަކީ، “ފިނިފެހިސިޓީ” އިނީޝިއޭޓިވްގެ ދަށުން، މި އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ހިންގުނު ޙަރަކާތެކެވެ. ކުޅުދުއްފުށީ...

އައިޝަތު އައިނީ އާމިރު
ދިވެހިން ޕާޗޭސިންގެ ދާއިރާގައި ބާރުވެރިކުރުމަށް އެސޯސިއޭޝަނެއް އުފައްދައިފި

ދިވެހިން ޕާޗޭސިންގެ ދާއިރާގައި ބާރުވެރިކުރުމަށް އެސޯސިއޭޝަނެއް އުފައްދައިފި

މޯލްޑިވިއަން އެސޯސިއޭޝަން ފޯރ ޕްރޮކިއުމެންޓް އެންޑް ލޮޖިސްޓިކުސް އެމްޕްލޯޔީސް (މެޕްލް) ގެ ނަމުގައި އައު ޖަމްޢިއްޔާއެއް ރަޖިސްޓްރީ ކޮށްފި އެވެ. މި ޖަމްޢިއްޔާ ރަޖިސްޓްރީ ކުރެވިފައިވަނީ ޤާނޫނު ނަންބަރު 2022/3 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސްގައެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ޕްރޮކިއުމެންޓް، ލޮޖިސްޓިކުސް އަދި ސަޕްލައި ޗެއިންގެ ދާއިރާއަށް ދިވެހި ޒުވާނުން ނެރުމާއި، ދިވެހި ސަޕްލަޔަރުންގެ އުފެއްދުންތައް ރިސޯޓު...

އަލީ އާދިލް
''ފަލަސްޠީނަށް ދިވެހިންގެ ހިތްތަކުގައި އޮތް ކުލުނު ބަންޑުންކޮށްލަނީ ދުޢާތަކުން''

''ފަލަސްޠީނަށް ދިވެހިންގެ ހިތްތަކުގައި އޮތް ކުލުނު ބަންޑުންކޮށްލަނީ ދުޢާތަކުން''

ފަލަސްޠީނުގެ ލޮބުވެތި އުޚުއްވަތްތެރީންނަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮތް ކުލުނު ބަންޑުންކޮށްލަނީ ކަރުނައާއެކު ދަންނަވާ ހެޔޮ ދުޢާތަކުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ ޢީދު ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް މިރޭ ފޮނުއްވި ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް ވަނީ ޢީދުގެ މުހިންމުކަމާއި، އިސްލާމީ އުއްމަތުގެ މަތިވެރިކަމާއި، މުސްލިމުންގެ އެއްބައިވަންތަކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ޒަމާނުއްސުރެ ދިވެހީން ފ...

ޔުމްނާ ޢަލީ
މާލެ ސަރަހައްދަށް އަނެއްކާވެސް ބޮޑު ހޮސްޕިޓަލެއް، ނަމަކީ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"

މާލެ ސަރަހައްދަށް އަނެއްކާވެސް ބޮޑު ހޮސްޕިޓަލެއް، ނަމަކީ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"

ވިލިމާލޭގައި ޗައިނާގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 112 އެނދުގެ އާ ހޮސްޕިޓަލަށް “ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް” ގެ ނަން ދީ މާލެ ސަރަހައްދަށް އަނެއްކާވެސް ބޮޑު ހޮސްޕިޓަލެއް އެޅުމަށް ނިންމައިފިއެވެ. މި ނިންމުން އިއުލާންކުރެވުނީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ “ލެޓާ އޮފް އެކްސްޗޭންޖު” ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، މި އެއްބަސްވު...

އަލީ އާދިލް