މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,861 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 237 ވަނަ ޞަފްޙާ

އަންހެނުންނަށް ޚާއްޞަ ލޯނުގެ ދެވަނަ ފިޔަވަހި މި މަހު ފަށަނީ

އަންހެނުންނަށް ޚާއްޞަ ލޯނުގެ ދެވަނަ ފިޔަވަހި މި މަހު ފަށަނީ

ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްޞަކޮށް ދޫކުރާ “ފަށާ މަދަދު ލޯނު” ސްކީމްގެ ދެވަނަ ފިޔަވަހި މި މަހުގެ 15 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިއަދު ހާމަކޮށްފިއެވެ. އެސްޑީއެފްސީ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ލޯނު ސްކީމްގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުން މި މަހުގެ 15 ވަނަ ދުވަހު ފަށައި، އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ […]

ޔުމްނާ ޢަލީ
ޙައްޖާޖީންނަށް ބޭނުންވާ ބޭހާއި ވެކްސިން ހިލޭ ލިބޭގޮތައް ހަމަޖައްސައިފި

ޙައްޖާޖީންނަށް ބޭނުންވާ ބޭހާއި ވެކްސިން ހިލޭ ލިބޭގޮތައް ހަމަޖައްސައިފި

ދިވެހިން ޙައްޖަށް ދާން ޖަހާ ވެކްސިނާއި ބޭނުންވާ ބޭސް އަދި ޙައްޖަށް ގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށް ފަހު ނަގާ ބޭސް ވެސް ދެން ލިބޭނީ ހިލޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނުކުރައްވައިފިއެވެ. ރައީސް މުޢިއްޒު މިކަން އިޢުލާނުކުރެއްވީ މިއަދު ހަވީރު މައްކާގައި ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިއަދުން ފެށިގެން ޙައްޖާޖީންނަށް ބޭނުންވާ ބޭސް ހިލޭ ލިބޭނެ ކަމަށެވެ. މީގެ އިތުރުން، ކުރިއަށް އޮތް […]

ޔުމްނާ ޢަލީ
ޙައްޖުގައި ތިބޭ މުއްދަތު 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ޙައްޖުގައި ތިބޭ މުއްދަތު 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ޙައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް ވިދާޅުވީ، މިއަހަރުގެ ޙައްޖު ދަތުރުގައި 15 ދުވަހު ތިބޭ އެއްވެސް ބަޔަކު ނުތިބޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދީފައިވާ ކަމަށެވެ. މިގޮތުން، އެއް ފްލައިޓްގައި ދާ ޙައްޖުވެރިން 18 ދުވަސް އަދި އަނެއް ތިން ފްލައިޓްގެ ޙައްޖުވެރިން 19 ދުވަހު […]

ޔުމްނާ ޢަލީ
ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރަނީ

ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓެއް އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކުރަނީ

އޮސްޓްރޭލިއާ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް “ގާޑިއަން ކްލާސް” ޕެޓްރޯލް ބޯޓެއް ހަދިޔާކުރުމަށް ނިންމައިފިއެވެ. މި ކަން އިއުލާން ކުރައްވާފައިވަނީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސްއެވެ. ބަންޑާރަ ކޮށީގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޗާޑް މާލްސް ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ އެ ބޯޓު ބަނުމުގެ މަސައްކަތެވެ. އަދި އަންނަ އަހަރު...

އިބްރާހިމް އަސްވާޤް
އޮސްޓްރޭލިއާއިން ރާއްޖެއަށް އަސްކަރީ ކަނޑު އުޅަނދެއް

އޮސްޓްރޭލިއާއިން ރާއްޖެއަށް އަސްކަރީ ކަނޑު އުޅަނދެއް

އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް އަސްކަރީ ކަނޑު އުޅަނދެއް ހަދިޔާކުރުމަށް ނިންމައިފިއެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް މިއަދު ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ޒިޔާރަތް ކުރަށްވާފައެވެ. މި ނިންމުން އިއުލާނުކުރެއްވީ މި ޒިޔާރަތުގެ ތެރެއިން މުހިންމު މަޝްވަރާތަކަކަށްފަހު ރާއްޖޭގެ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު މިއަދު ދެއްވި ޚާއްސަ ޖޮއިންޓް ސްޓޭޓްމަންޓެއްގައެވެ. މި ސްޓޭޓްމަންޓް ދެއްވަމުން އޮސްޓްރ...

ޔުމްނާ ޢަލީ
ބަންގްލަދޭޝް މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި

ބަންގްލަދޭޝް މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި

މާލޭގައި ބަންގްލަދޭޝް މީހަކަށް ވަޅިން ހަމަލާދީ ރޭ ޒަޚަމްކޮށްލައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މާރާމާރީ ހިނގާފައިވަނީ ޝަހީދު ކުޑަނޭވި ތުއްތު މަނިކު ހިނގުމުގައެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ މެންދަމުން އަނބުރާ 3:10 އާއި ހާއިރުއެވެ. މި ހަމަލާގައި އަނިޔާ ލިބިފައިވަނީ ބަންގްލަދޭޝްގެ ފިރިހެނަކަށެވެ. އެމީހާ އަށް އައި.ޖީ.އެމް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އަނިޔާ ލިބުނު މީހާގެ ޙާލަތާ ބެހޭ އިތުރު މަޢުލޫމާތެއް މި ވަގުތު ލިބިފައެއް ނުވެއެވެ. މި މައްސ...

ޔުމްނާ ޢަލީ
ބަންޑާރަ ކޮށީގައި މީހަކު ނިޔާވި މައްސަލަ ފުލުހުން ބަލަނީ

ބަންޑާރަ ކޮށީގައި މީހަކު ނިޔާވި މައްސަލަ ފުލުހުން ބަލަނީ

ބަންޑާރަ ކޮށީގައި ދިވެހި ފިރިހެނަކު ނިޔާވެފައިވާ މައްސަލައެއް ތަޙުޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވުނީ މިރޭގެ ވަގުތެއްގައެވެ. ނިޔާވި ފަރާތަކީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްކަން ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް، މި ވަގުތަށް އިތުރު މަޢުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ. ބަންޑާރަކޮށްޓަކީ ސިފައިންގެ މައި މަރުކަޒު ހުންނަ ތަނެވެ.

ޔުމްނާ ޢަލީ
މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީފި

މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީފި

މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓް ދެވިފައިކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން  ބުނެފިއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރ އެއް ފިޔަވައިޔަވައި އެހެން ހުރިހާ ޓްރާންސްފޯމަރ އެއް މިހާރު ވަނީ އެނަރޖައިޒް ކުރެވިފައެވެ. މި ޓްރާންސްފޯމަރ ހުރި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ކަރަންޓް ނުލިބޭ ކަސްޓަމަރެއް ހުރިނަމަ އަލުގަނޑުމެންގެ އިމަރޖެންސީ ނަންބަރު 104 އަށް ގުޅުއްވުން އެދޭ ކަމަށް ސްޓެލްކޯއި...

ޔުމްނާ ޢަލީ
ވީއައިއޭ އަށް ކަރަންޓް ދީފި

ވީއައިއޭ އަށް ކަރަންޓް ދީފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ކަރަންޓު އަލުން ފުރިހަމައަށް ލިބިފައިވާކަމަށް އެ އެއާޕޯޓް ހިންގާ އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ. އެމްއޭސީއެލުން ބުނިގޮތުގައި މިއަދު މެންދުރުފަހު 2:05 ގައި ވީއައިއޭ އަށް އަލުން ކަރަންޓު ވަނީ ލިބިފައެވެ. އެމްއޭސީއެލުން ބުނީ ކުރިން، މާލެ ސަރަޙައްދުގައި ދިމާވި ކަރަންޓު ކެނޑުމުގެ މައްސަލައިގެ ސަބަބުން އެއަރޕޯޓަށްވެސް އޭގެ އަސަރުކުރި ކަމަށެވެ. އެއީ މައި ކަރަންޓު ވިއުގަ އަކީ އެމްއޭސީއެލްގެ އަމިއްލަ ކަރަންޓު އުފެއްދުމުގެ ނިޒާމ...

ޔުމްނާ ޢަލީ
ކަރަންޓް ދިޔަ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީ

ކަރަންޓް ދިޔަ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީ

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑިފައިވާ މައްސަލަ ރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 12:45 ހާއިރުއެވެ. މިކަން ދިމާވި ސަބަބު ދެނެގަތުމަށް ސްޓެލްކޯއިން މައްސައްކަތް ކުރަމުން އަންނައިރު، ރައީސް ޑރ. މުޢިއްޒު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެ...

ޔުމްނާ ޢަލީ
ރާއްޖެ ބައިނަލްއަގުވާމީ މާލީ މަރުކަޒަކަށް ހެދުމުގެ މަސައްކަތަށް ކުންފުންޏެއް

ރާއްޖެ ބައިނަލްއަގުވާމީ މާލީ މަރުކަޒަކަށް ހެދުމުގެ މަސައްކަތަށް ކުންފުންޏެއް

“ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް” ގެ ނަމުގައި އައު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 15/2025 އިން މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު 2023/7) ގެ 15 ވަނަ މާއްދާގެ ދަށުންނެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ޑިޖިޓަލް ފައިނޭންޝ...

ޔުމްނާ ޢަލީ
ހުރިހާ ޙާޖީންގެ ހާލު ރަނގަޅު: ދިވެހި ޙައްޖު މިޝަން

ހުރިހާ ޙާޖީންގެ ހާލު ރަނގަޅު: ދިވެހި ޙައްޖު މިޝަން

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހުރިހާ ޙާޖީންގެ ހާލު ވެސް ރަނގަޅުކަމަށް ދިވެހި ޙައްޖު މިޝަނުން މިއަދު ހާމަކޮށްފިއެވެ. ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، ހަތަރު ފްލައިޓެއްގެ މަތިން ޙާޖީން މައްކާއަށް ވަނީ ފޮނުވިފައެވެ. މިއަހަރު ތަޢާރަފުކުރެވުނު މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙާޖީންނަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހުމާއެކު، ދަތުރުގައި ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެން ގޮސްފައިވާކަމަށް މިޝަނުން ފާހަގަކުރެއްވިއެވެ. މި އިނީޝިއޭޓިވްގެ ސަބަބުން ޖިއްދާ...

ޔުމްނާ ޢަލީ
ލޯންޗަކާއި ޓަގް ބޯޓެއް ޖެހި އެކްސިޑެންޓްވެ ލޯންޗްގެ ކެޕްޓަނަށް އަނިޔާވެއްޖެ

ލޯންޗަކާއި ޓަގް ބޯޓެއް ޖެހި އެކްސިޑެންޓްވެ ލޯންޗްގެ ކެޕްޓަނަށް އަނިޔާވެއްޖެ

ލޯންޗަކާއި ޓަގް ބޯޓެއް ޖެހި އެކްސިޑެންޓްވެ، ލޯންޗުގެ ކެޕްޓަނަށް އަނިޔާވެއްޖެއެވެ. މެރިން ޕޮލިހުން މައުލޫމާތުދިން ގޮތުގައި މާލެއިން އ.ދ އަތޮޅަށް ދަތުރުކުރި ލޯންޗަކާއި މާލޭ އެމްޕީއެލް ޖެޓީއަށް ވަންނަން ދިޔަ ޓަގް ބޯޓެއް ޖެހި ވަނީ އެކްސިޑެންޓެއް ހިނގާފައެވެ. މެރިން ޕޮލިހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު 15:30 ހާއިރުއެވެ. މި އެކްސިޑެންޓްގައި ލޯންޗްގެ ކެޕްޓަނަށް އަނިޔާވެފައިވާއިރު، އަނިޔާވި ލޯންޗުގެ ކެޕްޓަން ވަނީ ހޮސްޕިޓަލްގައި ފަރުވާ ދީފައެވެ. މި އެކްސިޑެންޓްގައި އިތުރު އެއްވެސް މ...

ޔުމްނާ ޢަލީ
އެންމެ ހެޔޮ ގޮތަކީ ޢީދުގެ އުފާ ފާޅުކުރުމުގައި ނަބަވީ ހިދާޔަތަށް ތަބާވުން: ޝަހީމް

އެންމެ ހެޔޮ ގޮތަކީ ޢީދުގެ އުފާ ފާޅުކުރުމުގައި ނަބަވީ ހިދާޔަތަށް ތަބާވުން: ޝަހީމް

ޢީދުގެ އުފާ ފާޅުކުރުމުގައި އެންމެ ހެޔޮ ގޮތަކީ ނަބަވީ ހިދާޔަތަށް ތަބަޢަވުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ މުސްލިމުން އަންނަނީ އަޟްހާ ޢީދު (ބޮޑު އީދު) އަށް ތައްޔާރުވަމުންނެވެ. މިއީ މުސްލިމުންގެ މަތިވެރި ޙައްޖާއި ވިދިގެން އަންނަ މުސްލިމުންގެ އުފާވެރި މުނާސަބާއެކެވެ. މި ޢީދަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވެސް ތައްޔާރުވަމުން އަންނައިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މީޑިއާ ގްރޫޕަށް ވަޒީރު ޝަހީމް […]

ޔުމްނާ ޢަލީ
18 އަހަރުން މަތީގެ މީހުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަޝްރޫއު ފަށަނީ

18 އަހަރުން މަތީގެ މީހުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަޝްރޫއު ފަށަނީ

18 އަހަރުން މަތީގެ މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް “ފަސްޓް ހޯމް” ކަށަވަރުކޮށްދިނުމުގެ މަޝްރޫއު މިއަހަރު ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ދައުލަތުގެ މީޑިއާ ޕަބްލިކް ސަރވިސްގެ ޕީއެސްއެމްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. މި ބަސްދީގަތުމުގައި ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ އަމާޒ...

ޔުމްނާ ޢަލީ