ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ.

ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ.

Ad
rt

ފުލުހުންނަށް މިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު (21 ޑިސެންބަރު 2025)ގެ 10:17 އެހާކަންހާއިރުއެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއްގެ ހަށިގަނޑެވެ. އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިންކަމަށް ފުލުހުން ބުންޏެވެ.

ޑިސެންބަރު 18 ވަނަ ދުވަހުވެސް ވަނީ މަރުވެފައި އޮތް ބިދޭސީއަކު ކަނޑުމަތިން ފެނިފައެވެ. ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނު މިމީހާއަކީ ޗައިނާގެ މީހެއްކަން ވަނީ ދެނެގަނެވިފައެވެ.

މިމީހާ ކަނޑަށް ވެއްޓި ގެއްލިފައި ވަނީ އެ ދުވަހުގެ 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައިކަން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.