މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 142 ވަނަ ޞަފްޙާ

ފުލުހުންގެ ރިޓަޔަރމަންޓް އިނާޔަތް ދައުލަތުގެ ނުވަތަ ސަރުކާރުގެ މަގާމެއް އަދާކުރާ މުއްދަތުގައި މެދުކަނޑާލަން ނިންމައިފި

ފުލުހުންގެ ރިޓަޔަރމަންޓް އިނާޔަތް ދައުލަތުގެ ނުވަތަ ސަރުކާރުގެ މަގާމެއް އަދާކުރާ މުއްދަތުގައި މެދުކަނޑާލަން ނިންމައިފި

ދިވެހި ފުލުހުންގެ ޚިދުމަތުން ރިޓަޔަރވުމަށްފަހު ދައުލަތުގެ ނުވަތަ ސަރުކާރުގެ މަގާމެއް އަދާކުރާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގައި ފުލުހުންގެ ރިޓަޔަރމަންޓް އިނާޔަތް މެދުކަނޑާލަން ނިންމައި ގަވައިދު އިސްލާހްކޮށްފިއެވެ. ހޯމްލޭންޑް މިނިސްޓްރީން މިއަދު ގެޒެޓްކުރި ”ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދު އަށް އިސްލާހުގެނައުމުގެ ގަވާއިދު 1”ގައި ވާގޮތުން ފުލުހުންގެ ޚިދުމަތުން ރިޓަޔަރވުމަށްފަހު ދައުލަތުގެ އިންތިޚާބީ މަގާމެއް ނުވަތަ ސަރުކާރުގެ ނޫނީ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާނަމަ އެ މަގާމެއް ފުރާ މުއްދ...

ޔުމްނާ ޢަލީ
މުޖުތަމައު ބައިބައިނުކޮށްވެސް ވަރުގަދަ ލީޑަރޝިޕެއް ދެއްކިދާނެކަން ވަޖްޕާއީ ދެއްކެވި: ފައިސަލް

މުޖުތަމައު ބައިބައިނުކޮށްވެސް ވަރުގަދަ ލީޑަރޝިޕެއް ދެއްކިދާނެކަން ވަޖްޕާއީ ދެއްކެވި: ފައިސަލް

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީގެ 100 ވަނަ އުފަންދުވަހާ ދިމާކޮށް، އިންޑިއާ ފައުންޑޭޝަނުން އިންތިޒާމުކުރި ”8 ވަނަ އަޓަލް ބިހާރީ ވާޖްޕާއީ މެމޯރިއަލް ލެކްޗަރ” ގައި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިސަލް ނައީމް އިއްޔެ ތަގުރީރު ކުރައްވައިފިއެވެ. މި ފޯރަމްގައި ތަގުރީރުކުރަށްވަމުން ފައިސަލް ވަނީ ވަޖްޕާއީއަކީ ހަރުދަނާ ނިންމުންތައް ނިންމެވުމާއި އަދަބުވެރިކަމަކީ އެކުއެކީގައި ގެންގުޅެވިދާނެ ސިފަތަކެއްކަން ސާބިތުކޮށްދެއްވި ދައުލަތުގެ އިސް ލީޑަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އިންޑިއާގ...

ޔުމްނާ ޢަލީ
ހަނިމާދޫ ސިއްހީ މަރުކަޒަށް ފިޒިޝަނެއް

ހަނިމާދޫ ސިއްހީ މަރުކަޒަށް ފިޒިޝަނެއް

ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތާއި ފިޒިޝަނެއް ގުޅިއްޖެއެވެ. ފިޒިޝަނެއް އެ މަރުކަޒުގެ ޚިދުމަތާއި ގުޅުންކަން ހާމަކޮށް ހަނިމާދޫ ސިއްހީ މަރުކަޒުން އިއްޔެ ވަނީ މަރުޙަބާ ކިޔާފައެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ބުނީ އެ ސިއްޙީ މަރުކަޒުންދޭ ޚިދުމަތް އިތުރު ކުރުމުގެ ގޮތުން ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ދަށުން ފިޒިޝަނެއް މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ. ‘’ފިޒިޝަނެއް މިމަރުކަޒުގެ ޚިދުމަތަށް ލިބުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހޮސްޕިޓަލް ނިމުމުގެ ކުރިން އ...

ޔުމްނާ ޢަލީ
މި އަހަރު 875 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑްރަގާއި ބަނގުރާ އަތުލައިގެންފި

މި އަހަރު 875 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑްރަގާއި ބަނގުރާ އަތުލައިގެންފި

މި އަހަރުގެ މިހާތަނަށް ހިންގި އެކި އޮޕަރޭޝަންތަކުގައި 875 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތްތަކާއި ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ފުލުހުން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމ...

ޔުމްނާ ޢަލީ
ރޯވި ސަފާރީގައި 17 ފަތުރުވެރިން ތިބި

ރޯވި ސަފާރީގައި 17 ފަތުރުވެރިން ތިބި

މިއަދު އަލިފާންރޯވި “ޔަސާވާ ޕްރިންސެސް “ ސަފާރީގައި ތިބި މީހުން ސަލާމަތްކޮށް ވ.ފެލިދޫ އަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ މި ސަފާރީގައި ރޯވީ ވ. އަތޮޅު ކުޑަ އަންބަރާ ދިމާ 3 މޭލު ބޭރުގައި އޮއްވައެވެ. މި ސަފާރީއެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 24 ޑިސެންބަރު 2025 ދުވަހު 17:54 އެހާކަންހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ‘’މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން […]

ޔުމްނާ ޢަލީ
ސަފާރީއެއްގައި އަލިފާން ރޯވެއްޖެ

ސަފާރީއެއްގައި އަލިފާން ރޯވެއްޖެ

ސަފާރީއެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ “ޔަސާވާ ޕްރިންސަސް” ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށެވެ. އެ ސަފާރީގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. އަލިފާން ރޯވިއިރު މި ސަފާރީ އޮތީ ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައެވެ. ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.  

ޔުމްނާ ޢަލީ
ބަންދާއި ދިމާކޮށް އުޅަނދުފަހަރު ޗެކްކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ބަންދާއި ދިމާކޮށް އުޅަނދުފަހަރު ޗެކްކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް މެރިން ޕޮލިހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަނަކީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި އޮޕަރޭޝަންގެ ދަށުން މާލެއިން ފުރާ އަދި މާލެ އަންނަ ފެރީތަކާއި މުދާ އުފުލާ ބޯޓުފަހަރުގެ ސަލާމަތީ ވަސީލަތްތައް ހުރިތޯ ބަލައި ފާސްކުރާނެއެވެ. މީގެ ތެރޭގައި ލައިފް ޖެކެޓާއި، އަލިފާން ނިއްވާ ނިޒާމު ފަދަ ކަނޑުމަތީގެ ސަލާމަތަށް ބޭނުން...

ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ޖުމްލަ 12 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި، މި އޮޕަރޭޝަންތަކަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެކެވެ. ފުރަތަމަ އޮޕަރޭޝަން: ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހުން ހައްޔަރު މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ހިންގި ފުރަތަމަ އޮޕަރޭޝަންގައި މާލޭގެ 7 އެޕާޓްމަންޓެއް ބަލައިފާސްކޮށް...

ޔުމްނާ ޢަލީ
ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ޒުވާނުންނަށް ސަރުކާރުން އަންނަނީ ފުރުސަތު ފަހިކޮށްދެމުން: ރައީސް

ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ޒުވާނުންނަށް ސަރުކާރުން އަންނަނީ ފުރުސަތު ފަހިކޮށްދެމުން: ރައީސް

ސްކޫލް ނިންމުމަށްފަހު އަމިއްލަ ވިޔަފާރިއެއް ފެށުމަށް ޝައުގުވެރިވާ ޒުވާނުންނަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ރޭ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ޒުވާނުންގެ އިސްނެގުމުގައި ހިންގާ ވިޔަފާރިތަކުގެ ނިސްބަތް މިހާރު މަދުކަން ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންގެ ފަރާތުން ފާޅުކުރި ކަންބޮޑ...

ޔުމްނާ ޢަލީ
މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑުއަހައިގެން: ރައީސް

މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑުއަހައިގެން: ރައީސް

މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑުއަހައިގެންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި “ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް” ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ޒުވާނުންނަކީ މިއަދުވެސް އަދި މާދަމާވެސް ޤައުމު ކުރިއެރުވުމުގައި އެންމެ މުހިންމު ބައިވެރިންކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި ޒުވާނުންގެ އަޑުއެހުމަކީ ކ...

ޔުމްނާ ޢަލީ
އަތަރު ލުމަކީ ނަމާދަށް ފަށަން ސުންނަތުގައި އޮންނަ ކަމެއްނޫން: ޝަހީމް

އަތަރު ލުމަކީ ނަމާދަށް ފަށަން ސުންނަތުގައި އޮންނަ ކަމެއްނޫން: ޝަހީމް

އަތަރު ލުމަކީ ނަމާދަށް ފަށަން ސުންނަތުގައި އޮންނަ ކަމެއް ނޫން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، މީޑިއާތަކާއި ހިއްސާ ކުރެއްވި މެސެޖެއްގައެވެ. މި މެސެޖުގައި ވަޒީރު ވިދާޅުވީ ބައެއް މިސްކިތްތަކުގެ ތެރޭގައި ގިނަ އަދަދަކަށް އެކި ޒާތްޒާތުގެ އަތަރުފުޅިތައް ބަހައްޓާފައި ހުންނަތަން ފެންނަ ކަމަށެވެ. އަދި ކޮންމެ ނަމާދަކަށް ސަފަށް އަރަންވީމާ އަތަރުލުމާއި ޖެހިގެން ހުރި މީހާގެ ގައިގައި އަތަރު އުނގުޅުމަކީ […]

ޔުމްނާ ޢަލީ
ހިޔާ ފްލެޓެއްގައި ޑްރަގް ވިއްކަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ހިޔާ ފްލެޓެއްގައި ޑްރަގް ވިއްކަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ފްލެޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ފުލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮޕަރޭޝަން ހިންގާފައިވައިވާ ކަމަށެވެ. ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަނާއި ކަމާ ގުޅުންހުރި އެހެނިހެން ބަހާތައް ގުޅިގެންމި...

ޔުމްނާ ޢަލީ
ތަކުރާރުކޮށް ވައްކަން ކުރާ ހާހެއްހާ މީހުން އެއްފަރާތްކުރަން ލަފާހޯދަނީ

ތަކުރާރުކޮށް ވައްކަން ކުރާ ހާހެއްހާ މީހުން އެއްފަރާތްކުރަން ލަފާހޯދަނީ

މާލޭގެ މަގުމަތީގައި ތަކުރާރުކޮށް ކުށްކުރާ 1,000 އެއްހާ މީހުން އުޅެމުންދާތީ، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ. އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، މާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވަނީ ކުށްކުރުމުގައި ދެމިތިބޭ މީހުން މިނިވަންކަމާއެކު މުޖުތަމައުގެ ތެރޭގައި އުޅެމުންދާތީ ކަމަށެވެ. އަދި...

އަލީ އާދިލް
ހދ. އާއި ށ.އަތޮޅުގައި ޕީއެންސީ ޕްރައިމަރީއެއް ނެތް

ހދ. އާއި ށ.އަތޮޅުގައި ޕީއެންސީ ޕްރައިމަރީއެއް ނެތް

އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީއެންސީގެ ޕްރައިމަރީ އޮންނަ ރަށްތަކާއި ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށް ޝަކުވާއަށް މިރޭ ހުޅުވާލައިފި އެވެ. މި ޕްރައިމަރީ އަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް މީހުން ކުރިމަތިލުމުން ޕްރައިމަރީ ނޯންނަ އަތޮޅު ތަކުގެ ތެރޭގައި ބޮޑު ތިލަދުންމަތީގެ ހދ. އަތޮޅާއި، ށ. އަތޮޅު ވަނީ ހިމެނިފައެވެ. ހއ. ގެ ތިން ރަށެއްގައި ޕްރައިމަރީ އޮންނާނެއެވެ. އެއީ ބާރަށް، އުތީމު އަދި ފިއްލަދޫގައެވެ....

ޔުމްނާ ޢަލީ