ކައުންސިލްތަކުގެ މަޝްރޫޢުތަކުން މުޖުތަމައަށް ކުރާ އަސަރު ދެނެގަތުމަށް ކުޅުދުއްފުށީގައި ވޯރކްޝޮޕެއް
ކައުންސިލްތަކުން ހިންގާ މަޝްރޫޢުތަކާއި ހަރަކާތްތަކުން މުޖުތަމައަށް ކުރާ އަސަރުތައް ދެނެގަތުމަށްޓަކައި ހާއްސަ ސޯޝަލް އިމްޕެކްޓް އޮޑިޓް ވޯރކްޝޮޕެއް ކުޅުދުއްފުށި ސިޓީގައި ބާއްވައިފިއެވެ. މި ވޯރކްޝޮޕަކީ ކައުންސިލްތަކުގެ ޖަމިއްޔާއިން އިސްނަގައިގެން އެކި ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މި ވޯރކްޝޮޕްގެ މައިގަނޑު މަގްސަދަކީ ކައުންސިލުން ހިންގާފައިވާ އެކި މަޝްރޫޢުތަކުގެ ސަބަބުން ރަ...