ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރަމުންދާ ދިވެހިރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ހިތްވަރު ދެއްވައިފިއެވެ.

އެމަނިކުފާނު ޤައުމީ ޓީމަށް ހިތްވަރުދެއްވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

Ad
rt

މި ބަސްދީގަތުމުގައި ނައިބު ރައީސްގެ ވާހަކަފުޅުގައި ޤައުމީ ޓީމުގެ ކުޅުންތެރިންގެ ހުނަރުވެރިކަމާއި ކޯޗުގެ ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި މި މުބާރާތުގައި ޤައުމީ ޓީމުން ހޯދަމުންދާ ފާހަގަކޮށްލެވޭ ނަތީޖާތަކާމެދު ފަޚުރުވެރިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނޭޕާލު ބަލިކޮށް ރާއްޖެއިން ތަށީގެ އުންމީދު ބޮޑުކޮށްފި

މުޅި ޤައުމު އޮތީ ޓީމާއެކު

މާދަމާ ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅޭ މުހިންމު މެޗަށް އިޝާރާތް ކުރައްވައި ނައިބު ރައީސް ވިދާޅުވީ، މުޅި ޤައުމު އޮތީ ޓީމާއެކު ކަމަށެވެ. އަދި އެ މެޗުން މޮޅުވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، މި މުބާރާތުގައި ވާދަކުރި ޤައުމީ އަންހެން ޓީމުން ދެއްކި ހިތްވަރުގަދަ ކުޅުމަށްވެސް ނައިބު ރައީސް ވަނީ ސާބަސް ދެއްވާފައެވެ.

ރާއްޖޭގެ ޓީމު މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައިވާއިރު، މާދަމާ ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއަށް ކަށަވަރުވާނެއެވެ. މިއީ ރާއްޖޭގެ ފުޓްސަލް ތާރީޚުގައި ލިބިގެންދާނެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބެލެވެއެވެ.