އައިންތު މިސް ނިޔާވުމުގެ ހިތާމާގައި ރައީސްގެ ތައުޒިޔާ
ދިވެހިބަސް އުނގަންނައި ދެއްވުމާއި، ތައުލީމީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އާމިނަތު ޙަސަން (އައިންތު މިސް) ނިޔާވުމުގެ ހިތާމައިގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އުމުރުން 58 އަހަރުގައި އައިންތު މިސް ނިޔާވެފައިވަނީ ކެންސަރުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހިބަސް ކުރިއެރުވުމާއި ކިޔަވައިދިނުމުގައި އައިންތު މިސް ކުރެއްވި މަސައްކަތްތައް ފާހަ...