ތެލަސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ކުރީގެ ޗެއާޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ޢަބްދުލްމުޢިއްޒު ޙަސަނަކީ ރާއްޖޭގެ ތެލަސީމިއާ ކުދިންގެ ޙައްޤުތަކަށް ވަކާލާތުކުރުމާއި، އެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ނުހަނު އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ،...
ޔުމްނާ ޢަލީ
ކުރިއަށް އޮތް ލޯކަލް އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ނިންމެވި އިބްރާހިމް އަބޫބަކުރު، އޭނާގެ ތާއީދު ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ކެންޑިޑޭޓް މުޙައްމަދު ޢަރީޝްއަށް ދިނުމަށް ނިންމައިފިއެވެ. އިބްރާހިމް އަބޫބަކުރު މި ނިންމުން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާފަންނު ހުޅަނގު ދާއިރާގައި ކުރިއަށްގެންދެވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިންނެވެ. މި ނިންމުން ހާމަކުރަމުން އޭނާ ވިދާޅުވެފައި ވަނީ ޕާޓީއަށް ގެއްލުންވާނެ އެއްވެސް ކަމެއް އޭނާ...
ޙުސައިން ޝަހުދީ
ޤާނޫނުއަސާސީއަށް ބަދަލު ގެންނަން މަސައްކަތް ކުރަނީ ޤައުމަށް މަންފާ ހޯދައިދިނުމަށް ކަމަށާއި، އެއީ ވަކި ބަޔަކު ރުއްސަން ކުރާކަމެއް ނޫންކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، ޕީއެންސީ ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދިނުމަށް އިއްޔެ ކުރިއަށް ގެންދިޔަ ހުޅުމާލެ އުތުރު ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައެވެ. ޝުޖާއު ވިދާޅުވީ، ޤާނޫނު ހަދާ މަޖިލިސް ހިނގާ...
އަލީ އާދިލް
ސައުދީ އަރަބިއްޔާގެ މާތްވެގެންވާ މައްކާގައި އުމްރާވެރިންނަށް އަމާޒުކޮށްގެން ދީނީ އިލްމުވެރިޔާ ސައިޚް ޑރ. އާދަމް ޝަމީމް ހާއްސަ ދަރުހެއް ބާއްވައިފިއެވެ. މި ދަރުހަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މި ދަރުހަކީ ގިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ފަރާތުން އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ގޮސް ތިބި ފަރާތްތަކަށް އިންތިޒާމުކުރި ހަރަކާތެކެވެ. މި ދަރުހުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ބަރަކާތްތެރި ރަމަޟާން މަހާ ގުޅޭ މުހިންމު މައުލޫމާތުތަކުގެ މައްޗަށެވެ. އެގޮތުން ރަމަޟާން މަހުގެ މަތިވެރި...
ޔުމްނާ ޢަލީ
އާންމު ތަނެއްގައި ތިބި ކުޑަކުދިންތަކެއް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނަށް ގެންދިޔައީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ފުލުހުންގެ ޚިދުމަތުން ރޭ ބުނެފިއެވެ. ފުލުހުން މިކަން ހާމަކުރީ އާންމު ތަނެއްގައި ތިބި ކުޑަކުދިންތަކަކާމެދު ފުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކަންބޮޑުވުންތަކެއް ފެންމަތިވެފައި ވަނިކޮށް، އެކަމާ ގުޅޭ މައުލޫމާތު ދެމުންނެވެ. އެމައުލޫމާތު ދެމުން ރޭ މެންދަމު މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، އާންމު ތަނެއްގައި ކުޑަކުދިންތަކެއް އުޅޭ ކަމުގެ...
ޔުމްނާ ޢަލީ
މިއަހަރުގެ ފިޠުރުޢީދު ދުވަހުވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢީދު ސަލާން ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، މި އަހަރުގެ ޢީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ފިޠުރުޢީދު ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 11:00 އާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށާއ...
ޔުމްނާ ޢަލީ
މާލޭގެ ‘މަސްޖިދުއްޒިކުރާ’ މިހާރު ހުރި ބިމުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ޒަމާނީ އާ މިސްކިތުގެ ބިންގާ މިރޭ އަޅައިފިއެވެ. މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. މި މަޝްރޫޢަކީ މާލެ ސަރަޙައްދުގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ވަސީލަތްތަކާއެކު އާ މިސްކިތްތައް ބިނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. އަމިއްލަ ފަރާތެއްގެ ދީލަތީ އެހީތެރިކަމާއެކު ބިނާކުރާ މި އާ މިސްކި...
ޔުމްނާ ޢަލީ
މާލޭގެ ލޯކަލް މާރުކޭޓު މިހާރު ހިންގަމުންދާ ބިމުގައި ޒަމާނީ ފެންވަރުގެ މާކެޓް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ މަސައްކަތް ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލް އެވެ. ޓްރަސްޓެންގ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލް ހާދީ އެވެ. މާލޭ މަސްމާރުކޭޓު ކުރިމަ...
ޔުމްނާ ޢަލީ
ރަމަޟާން ކޭޝް ސަޕޯޓްގެ ގޮތުގައި 50,000 ރުފިޔާ ލިބޭ ފުރުސަތެއް ކަމަށް ބުނެ، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޤާސިމް އިބްރާހީމްގެ ނަމުގައި ސޯޝަލް މީޑިއާގައި ސްކޭމް މެސެޖުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ. މިކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ އޭއައި ފޮޓޯއެއް ބޭނުންކޮ...
ޔުމްނާ ޢަލީ
ޔުނައިޓެޑް ޢަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ފިޠުރު ޒަކާތުގެ ގޮތުގައި ދިވެހިރާއްޖެއަށް ހަދިޔާކުރި 40,000 އަށްވުރެ ގިނަ ޑޮލަރު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޢީދު ހަދިޔާގެ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހާމަކުރި ގޮތުގައި، މިއީ ޔޫއޭއީގެ ހެޔޮއެދުންތަކާއެކު އެމިރޭޓްސް ރެޑް ކްރެސެންޓުން ފިޠުރު ޒަކާތުގެ ގޮތުގައި އިސްލާމީ ކަންތައ...
ޔުމްނާ ޢަލީ
ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ދައުވާ އުފުލާފައިވާ ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުޙައްމަދު ޝަފީޤުގެ މައްޗަށް ކްރިމިނަލް ކޯޓުން ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މި ހުކުމް އިއްވާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގައެވެ. މި ހާދިސާ ހިނގާފައިވަނީ 2023 ފެބުރުވަރީ 14 ވަނަ ދުވަހުގެ މެންދުރުފަހު 15:30 އެހައިކަންހާއިރު، މާލޭ ވިލިމާލެ ފެރީ ޓ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނާއި (އެމްއެންޔޫއެސްޔޫ) ޖަމްޢިއްޔަތުއް ރަޙްމާ ގުޅިގެން، ރާއްޖޭގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ދަރިވަރުންނަށް ޚާއްޞަ ރޯދަވީއްލުމެއް ބާއްވައިފިއެވެ. ޖަމްޢިއްޔަތުއް ރަޙްމާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ރޯދަވީއްލުމަކީ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޝާރިޖާ ޗެރިޓީ އެސޯސިއޭޝަނުން ދެއްވި ދީލަތި އެހީތެރިކަމާއެކު އިންތިޒާމު ކުރެވުނު ހަރަކާތެކެވެ. މި ރޯދަވީއްލުމުގައި އެކި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންގެ ޔޫނިއަންތަކުގެ މަންދ...
ޔުމްނާ ޢަލީ
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ބަންގްލަދޭޝްގެ ރައްޔިތަކު އުމުރަށް ޖަލަށްލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމް.ޑީ ސޮހަބް މިއަގެ މައްޗަށެވެ. އެމްޑީ ސޮހަބް މިއަގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ، 2024 ޖޫން 28 ވަނަ ދުވަހު ޔޫ.އެސް ބަންގްލަދޭޝް އެއާލައިންސްގެ BS337 ފްލައިޓުން ރާއްޖެ އައިއިރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އޭނާގެ ފޮށިތަންމަތި އެކްސ...
ޔުމްނާ ޢަލީ
އީރާނުގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއަށް އަނިޔާވެ، ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ކުރެއްވި ތުހުމަތުތައް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ހަރުކަށި އިބާރާތުން ދޮގުކުރައްވައިފިއެވެ. “އެމް.އެސް ނައު” އަށް ދެއްވި ބަސްދީގަތުމެއްގައި އަރަގްޗީ ވިދާޅުވީ، އީރާނުގެ އައު އިސް ލީޑަރުގެ ހާލުކޮޅު ރަނގަޅު ކަމަށާއި، އެމަނިކުފާނު ގެންދަވަނީ ގައުމުގެ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރަ...
ނާޒިމާ އަލީ
މާތްވެގެންވާ މައްކާގައި ޢުމްރާގެ އަޅުކަން އަދާކުރަމުން ދިޔަ ދިވެއްސަކު މިރޭ ނިޔާވެއްޖެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވިގޮތުގައި ނިޔާވެފައިވަނީ ގދ. ނަޑައްލާ، ޢަލީ އިބްރާހީމް ދީދީ އެވެ. ޢަލީ އިބްރާހީމް ދީދީ މައްކާއަށް ގޮސްފައިވަނީ ހިޖާޒު ކުންފުނީގެ ހަވާލުގައެވެ. އޭނާ ނިޔާވީ ޢުމްރާގެ އަޅުކަމުގައި އުޅެނިކޮށް ކަމަށެވެ. ޝަހީމް ވިދާޅުވީ، ޢަލީ އިބްރާހީމް ދީދީގެ ކަށުނަމާދާއި ޖަނާޒާގެ ކަންތައްތައް ކުރިއަށްދާނީ މާތްވެގެންވާ މަސްޖިދުލް ޙަރަމްގައި، މިރޭގެ ފަތި...
ޔުމްނާ ޢަލީ