ސައުދީ އަރަބިއްޔާގެ މާތްވެގެންވާ މައްކާގައި އުމްރާވެރިންނަށް އަމާޒުކޮށްގެން ދީނީ އިލްމުވެރިޔާ ސައިޚް ޑރ. އާދަމް ޝަމީމް ހާއްސަ ދަރުހެއް ބާއްވައިފިއެވެ.

މި ދަރުހަކަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މި ދަރުހަކީ ގިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ފަރާތުން އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ގޮސް ތިބި ފަރާތްތަކަށް އިންތިޒާމުކުރި ހަރަކާތެކެވެ.

Ad
rt

މި ދަރުހުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ބަރަކާތްތެރި ރަމަޟާން މަހާ ގުޅޭ މުހިންމު މައުލޫމާތުތަކުގެ މައްޗަށެވެ. އެގޮތުން ރަމަޟާން މަހުގެ މަތިވެރިކަމާއި، އެ މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނެ ގޮތްތަކާ ގުޅޭގޮތުން ޑރ. އާދަމް ޝަމީމް ވަނީ އުމްރާވެރިންނަށް އިރުޝާދު ދެއްވާފައެވެ.

މައްކާގައި ބޭއްވި މި ދަރުހަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެފައިވާކަން ފާހަގަކުރެވެއެވެ. ދަރުހުގެ ބައިވެރިންނަށް ދީނީ ގޮތުންނާއި ރަމަޟާން މަހުގެ އަޅުކަންތަކާ ގުޅޭގޮތުން ބޭނުންވާނެ މުހިންމު ގިނަ މައުލޫމާތުތަކެއް މި ބައްދަލުވުމުގެ ތެރެއިން ވަނީ ފޯރުކޮށްދީފައެވެ.

ރަމަޟާން މަހުގެ ފަހު 10 އާއި ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން އަޅުކަމުގައި މިވަގުތު މައްކާގައި އެބަތިއްބެވެ.