ފާއިތުވީ 15 އަހަރު އައްޑޫއަށް ހަގީގީ ކުރިއެރުން އައިސްފައިނުވާކަމަށް ކޮންގްރެސް ޕާޓީގެ އައްޑޫ ސިޓީ މޭޔަރު ކެންޑިޑޭޓް މުޝްރިފް އަލީ ވިދާޅުވެއްޖެ އެވެ. ”އެމްއެމްޓީވީ”ގެ ދިވެހީންގެ ރާއްޖެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މުޝްރިފް ވިދާޅުވީ ފާއިތުވީ 15 އަހަރަށް ބެލި ނަމަވެސް ހަގީގީ ކުރިއެރުމެއް އައްޑޫއަށް ލިބިފައި ނުވާކަމަށެވެ. ހާއްސަ ގޮތެއްގައި އިގްތިސާދީ ގޮތުން އައްޑޫ އަށް ލިބެންޖެހޭ ތަރައްގީ ވަނީ ނުލިބިކަމަށާއި ފުރުސަތުތައް ފަހިވެފައި އޮތް ނަމަވެސް އެ ފުރުސަތުތަކުގެ ބޭނު...
އައިޝަތު ޢާދަމް
މާފަންނު ފުލޫނިޔާމަގުގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ފުލުހުންނާއި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައުރު، މި ހާދިސާ ހިނގި ގުދަނަކީ ގަސްކާނާ އާއި އެ ނޫންވެސް ނުރައްކާތެރި މާއްދާތައް ހުރި ތަނަކަށް ވުމާއެކު، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ވަނީ މުހިންމު އިރުޝާދުތަކެއް ނެރެފިއެވެ. އާންމުންގެ ސަމާލުކަމަށް ފުލުހުން އިލްތިމާސްކުރައްވާފައިވަނީ އަލިފާން ފެތުރުމުގެ ފުރުސަތު އޮތުމާއި، ދުމުގެ އަސަރުގެ އ...
ޔުމްނާ ޢަލީ
މާލޭގައި ގުދަނެއްގައި އަލިފާން ރޯވެގެން ކަމާބެހޭ އިދާރާތަކުން ހަރަކާތްވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ މާފަންނުގައި ހުންނަ ތޮއިބާ މިސްކިތްކައިރީ ހުރި ގުދަނެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އަދި ފުލުހުން ވެސް ބުނީ އެ ހާދިސާ ހިނގައިގެން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މި ހާދިސާ އާއި ގުޅޭގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް (އެންޑީއެމްއޭ) ވެސް ބުނީ .ޠައިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދި...
ޔުމްނާ ޢަލީ
1447 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހަކީ، 20 މާރިޗު 2026 ވާ ހުކުރު ދުވަސްކަމުގައި ދިވެހި ސަރުކާރުން މިރޭ ކަނޑައަޅައިފިއެވެ. މިގޮތަށް ކަނޑައަޅާފައިވަނީ 1447 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައެވެ. އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ސޮއިކުރެއްވި ހަނދާ ބެހޭ ބަޔާނުގައިވާ ގޮތުން، ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29، (މީލާދީ ސަނަތުން 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 18) ވީ ބުދަ […]
ޔުމްނާ ޢަލީ
ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ކުރިއަށްގެންދާ “ދޮރުން ދޮރަށް” ހަރަކާތުގެ ދެވަނަ ބުރުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާލެ ސިޓީގެ މައްޗަންގޮޅީ މެދު ދާއިރާގެ ގޭބީސީތަކަށް ޒިޔާރަތްކުރައްވައިފި އެވެ. މިއީ މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި ފެށި މި ހަރަކާތުގެ ދެވަނަ ބުރުގެ ދަށުން ރައީސް ކުރިއަށްގެންދެވި ޒިޔާރަތެކެވެ. މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ރައްޔިތުންގެ ހުރި ޝަކުވާތަކާއި ކަން...
ޔުމްނާ ޢަލީ
މާލޭގެ ގެއެއްގެ ފަންގިފިލާއެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ، ގަލޮޅު ހުވަފެނީ ގޯޅީގައި ހުރި ގެއެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މި ހާދިސާ އާއި ގުޅޭގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނީ، ގ.ހިޔާރޯދީ 1 ގެ އެއްވަނަ ފަންގިފިލާގައި ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އެ އޮތޯރިޓީން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އަލިފާ ރޯވެފައިވާ ތަނަކީ ގުދަނެއް ގޮތުގައި ބޭނުންކުރާ ތަ...
ޔުމްނާ ޢަލީ
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވާކަން އަދާލަތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ “ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު” ތަޞްދީޤުކުރެއްވުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ވޯޓުގައި، އެ އިޞްލާޙަށް ތާއީދުކުރުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށް...
ޔުމްނާ ޢަލީ
މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބުނު ތަކެތި ބަހަން ފަށައިފި އެވެ. ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަން ފެށީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ޒަކާތު ހައުސްއިން ބުނީ މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މާލެ ސަރަހައްދުން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް މިއަދާއި މާދަމާ ބަހަމުން ދާނެ ކަމަށެވެ. ޒަކާތުގެ ގޮތުގައި ގޮވާމުން ލިބުނު ތަކެތި ބަހަމުން ދާނީ މާލޭގައި ހުންނަ ސެންޓަރ ފޯރ ހަޔަރ އެޑިއުކޭޝަންގައެވެ. އެގޮތުން މިއަދާއި މާދަމާ ކޮންމެ ދުވަހެއްގެ […]
އައިޝަތު ޢާދަމް
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނުކުންނާނެ ގޯސް ނަތީޖާއެއް ނުފެންނަކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ޚާއްޞަ އެޑްވައިޒަރ ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ. ރިޔާޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ދައުލަތުގެ މީޑިއާއިން ކުރީގެ މަޖިލިސް މެމްބަރުންނާއެކު ގެނެސްދޭ “ހޭލުން” ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެ...
އައިޝަތު ޢާދަމް
ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށްވެސް ޢަމަލުކޮށްފައިވާނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ. އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 4 އެޕްރީލް 2026 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާއި އެ ވޯޓު ނެގުމަށްޓަކައި ޤާނޫނުން ތަސައްވުރުކުރާ އިޖުރާއަތާގުޅޭގޮތު...
ޔުމްނާ ޢަލީ
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަތައް ކޯޓަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިންނެވެ. އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައިވަނީ، ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އަންނަ މަހު ބޭއްވުމަށް ނިންމާފައިވާ ފެންނަ ނ...
ޔުމްނާ ޢަލީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު (ޑެޕިއުޓީ ސީއީއޯ) ގެ މަޤާމަށާއި، އެ ކުންފުނީގެ ބޯޑު މެންބަރުކަމުގެ މަޤާމަށް އިބްރާހިމް ޒިޔަތު އައްޔަނުކޮށްފިއެވެ. މިކަން ހާމަކޮށް އެމްޕީއެލް އިން އިއްޔެ ވަނީ ޒިޔަތަށް މަރުޙަބާ ކިޔާފައެވެ. އެ ކުންފުނިން ބުނި ގޮތުގައި ޒިޔަތު އެ މަޤާމަށް އައްޔަންކުރީ، 16 މާރިޗު 2026 ގައެވެ. ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެނައި މި ބަދަލާއެކު، ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ޒިޔަތަށް ވަނީ ހޫނު […]
ޔުމްނާ ޢަލީ
މަސްވެރިންނަށާއި އާންމު ދަތުރުފަތުރާއި ފެރީގެ ހިދުމަތްދޭ ފަރާތްތަކަށް ކުރީގެ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނިންމައިފިއެވެ. އެސްޓީއޯ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ރައްޔިތުންނަށް މާލީ ބުރައެއް ކުރިމަތިނުވާނެހެން އަގުތައް ހިފެހެއްޓުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމުގައި ގެންގުޅޭ ‘ފަހިހަކަތަ’ ޕްރޮގްރާމްގެ ދަށުން ސަބްސިޑީ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ކ...
ޔުމްނާ ޢަލީ
އދ. ދިގުރަށުގެ އެކަމޮޑޭޝަން ބްލޮކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތަކު މަރުވެ ދެ މީހަކަށް އަނިޔާވުމާއި ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނަށް ތަޢުޒިޔާގެ ސިޓީފުޅެއް ފޮނުއްވައިފިއެވެ. 13 މާރިޗު 2026 ވީ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ފަސް މީހަކު މަރުވުމުގެ އިތުރުން، އިތުރު ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. ރައީސް މުޢިއްޒު ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި، މި ހިތާ...
ޔުމްނާ ޢަލީ
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ މައްޗަށް ފަސް ދަޢުވާއެއް އުފުލައި، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ. ޕީޖީ އޮފީހުން މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ 16 މާރިޗު 2026 ގައެވެ. ސަނީ ޢުމަރުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި “ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު” ގެ ދަށުން ކުރި ތިން ދަޢުވާއަކާ...
ޔުމްނާ ޢަލީ