ތެލަސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ކުރީގެ ޗެއާޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ޢަބްދުލްމުޢިއްޒު ޙަސަނަކީ ރާއްޖޭގެ ތެލަސީމިއާ ކުދިންގެ ޙައްޤުތަކަށް ވަކާލާތުކުރުމާއި، އެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ނުހަނު އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވި ޚަބަރު އަޑުއެހީ ފުންހިތާމައާއެކު ކަމަށެވެ. އަދި އޭނާއަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންގެ ކްލަބްގެ ރައީސްގެ ހައިސިއްޔަތުންވެސް ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
"މަރްޙޫމްގެ ޢާއިލާއަށާއި، ތެލަސީމިއާ ސޮސައިޓީގެ މެންބަރުންނަށް އަދި އެޗްޑީސީގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވަން. މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުލްމުޢިއްޒު ޙަސަން ލަހައްޓަވާށި،" ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި މުއިއްޒު ނިޔާވީ ހުޅުމާލެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ. ނިޔާވިއިރު އުމުރަކީ 37 އަހަރެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުންހިތާމައާއެކު. މިއީ، އެޗްޑީސީގެ މުވައްޒަފުންގެ ކްލަބްގެ ރައީސްގެ ހައިސިއްޔަތުންވެސް… pic.twitter.com/Ejck7MRpN9
— Dr Mohamed Muizzu (@MMuizzu) March 16, 2026
މުޢިއްޒު ނިޔާވިއިރު ވަޒީފާ އަދާކުރަމުން ދިޔައީ އެޗްޑީސީގައެވެ. މުޢިއްޒު ވަކިވުމުގެ ހިތާމާގައި އެޗްޑީސީން ވެސް ވަނީ މުއިއްޒުގެ ޢާއިލާ އަށް ތައުޒިޔާ ކިޔާފައެވެ.
ނިޔާވި ޢަބްދުލްމުޢިއްޒަކީ ތެލަސީމިއާ ކުދިންގެ މުޖުތަމަޢުގައި އެންމެންގެ އިޙްތިރާމާއި ލޯބި ހޯދާފައިވާ، ހަރަކާތްތެރި ޒުވާނެކެވެ. އޭނާ ވަނީ ތެލަސީމިއާ ސޮސައިޓީގެ ތެރެއިން އެ ބަލީގެ ކުދިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭނާ އަކީ ވެސް އެ ބަލި ތަހައްމަލު ކުރަމުންދިޔަ ޒުވާނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!