މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 106 ވަނަ ޞަފްޙާ

މޫސާ އަލީ ޖަލީލަށް މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކުގެ ތާއީދު

މޫސާ އަލީ ޖަލީލަށް މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކުގެ ތާއީދު

ކުރިއަތް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ މޭޔަރ ކެންޑިޑޓް މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވައި އެމަނިކުފާނު އެންޑޯޒް ކުރައްވައި އެކަން މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ހާމަކުރައްވައިފި އެވެ. މިއަދު ހެނދުނު އާދަމް މަނިކުވަނީ މޫސާ އަލީ ޖަލީލާ ބައްދަލުކުރައްވާފަ އެވެ. ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ މާލެއަށް ކަންކަން ކޮށްދެވޭނެ ގާބިލުކަން ހުރީ ސަރުކާރުގެ ކެންޑިޑޭޓުގެ ކިބައ...

އައިޝަތު ޢާދަމް
ހަނގުރާމާގައި ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ގައުމަކަށް ނުދޭނެކަމުގެ ޔަގީންކަންދީފި

ހަނގުރާމާގައި ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ގައުމަކަށް ނުދޭނެކަމުގެ ޔަގީންކަންދީފި

އެމެރިކާ އާއި އިސްރާއީލު ގުޅިގެން 28 ފެބްރުއަރީން ފެށިގެން އީރާނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ގައުމަކަށް ނުދޭނެކަމުކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން މިއަދު ތަކުރާރުކުރަށްވައިފިއެވެ. މިކަން ހާމަކުރެއްވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ރައީސް އ...

ޔުމްނާ ޢަލީ
''ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައިވަނީ ދަތި ހާލަތުގައި އުޅޭ އާއިލާތަކަށް އިސްކަންދެވޭ ގޮތަށް''

''ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައިވަނީ ދަތި ހާލަތުގައި އުޅޭ އާއިލާތަކަށް އިސްކަންދެވޭ ގޮތަށް''

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައިވަނީ ނިކަމެތި އަދި ދަތި ހާލަތުގައި ދިރިއުޅެމުންދާ އާއިލާތަކަށް އިސްކަންދެވޭނެ ގޮތަށް ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ “އެފޯޑަބަލް ހައުސިންގ” މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކުރާ 1,224 ހައުސިންގ ޔުނިޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ވަޒީރުގެ ވާހަކާގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައ...

ޔުމްނާ ޢަލީ
ބީއެމްއެލް އިން އަޅާ 1،224 އެފޯޑަބަލް ހައުސިން ޔުނިޓްގެ މަސައްކަތް ފަށައިފި

ބީއެމްއެލް އިން އަޅާ 1،224 އެފޯޑަބަލް ހައުސިން ޔުނިޓްގެ މަސައްކަތް ފަށައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ހުޅުމާލޭގައި ތަރައްޤީކުރާ 1،224 ހައުސިންގ ޔުނިޓްގެ ބިންގާ ރޭ އަޅައިފިއެވެ. މިކަމަށް ހުޅުމާލެ ފޭސް 2 ގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން މެޑަމް  ސާޖިދާ މުޙައްމަދާއި، ދައުލަތުގެ ވަޒީރުންނާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން ބީ.އެމް.އެލް އަދި މަޝްރޫޢުގެ ކޮންޓްރެކްޓަރ  ޗައިނާ މެޝ...

ޔުމްނާ ޢަލީ
ދެ އަހަރުގެ ކުއްޖަކު އޭޑީކޭއަށް ގެ ންދިޔައިރު ވެސް ނިޔާވެފަައިވާ މައްސަލައެއް،

ދެ އަހަރުގެ ކުއްޖަކު އޭޑީކޭއަށް ގެ ންދިޔައިރު ވެސް ނިޔާވެފަައިވާ މައްސަލައެއް،

އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ދެ އަހަރުގެ ފިރިހެން ކުއްޖަކު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 20 މާރިޗު 2026 ވަނަ ދުވަހުގެ ރޭ ދަންވަރު 12:54 އެހައިކަންހާއިރުއެވެ. އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށެވެ. މި ހާދިސާއާއި ގުޅިގެން ފުލުހުން ބެލިބެލުމުން ލިބުނު މަޢުލޫމާތަށް ބަލާއިރ...

ޔުމްނާ ޢަލީ
މެންބަރުން ގަނެވިއްކާ ބަޔަކަށް ހަދައި އިތުބާރު ގެއްލުވާލީ އެމްޑީޕީން: އައިފާން

މެންބަރުން ގަނެވިއްކާ ބަޔަކަށް ހަދައި އިތުބާރު ގެއްލުވާލީ އެމްޑީޕީން: އައިފާން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ގަނެވިއްކާ ބަޔަކަށް ހެދީ އެމްޑީޕީންކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކޮންގްރެސް ޕާޓީން މީޑިއާތަކުގެ ޒަރިއްޔާއިން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތް “ދިވެހީންގެ ރާއްޖެ” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ އިންތިހާބުގެ ދުވަސްވަރަކީ މުޅި ގައުމަށް ހަލަބޮލިކަން އަންނަ ދުވަސްވަރެއް ކަމަށެވެ. ރާއްޖޭގެ ތާރީހުގައި މިހާތަނަށް ރައްޔިތުންގ...

އައިޝަތު ޢާދަމް
މިދިޔަ ސަރުކާރުތަކަށް ވުރެ މި ސަރުކާރުގެ ދެ އަހަރު ނަތީޖާ ނެރެދީފި: މަހުލޫފް

މިދިޔަ ސަރުކާރުތަކަށް ވުރެ މި ސަރުކާރުގެ ދެ އަހަރު ނަތީޖާ ނެރެދީފި: މަހުލޫފް

ދެ ހާސް އަށަކުން ފެށިގެން މިއަދާ ހަމައަށް ގާއިމުވީ ސަރުކާރުތަކުގެ ފުތަރަމަ ދެ އަހަރާއި މި ސަރުކާރަށް މިވީ ދެ އަހަރާ އަޅާ ބަލާއިރު މި ސަރުކާރުން މިހާރު ވެސް ނަތީޖާ ނެރެދީފައިވާކަމަށާއި ވުމާއެކު ވައުދު ނުފުއްދައޭ ބުނެ އެމްޑީޕީން ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ. މެދު ހެންވޭރު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި […]

އައިޝަތު ޢާދަމް
ފެލިދޫ ކައިރިއަށް ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި އަނިޔާވި ބައެއް މީހުން ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިފި

ފެލިދޫ ކައިރިއަށް ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި އަނިޔާވި ބައެއް މީހުން ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިފި

ވ. ފެލިދޫ ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ބައެއް މީހުން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ. 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ލޯންޗުގައި ތިބި އެންމެނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައެވެ. ނަމަވެސް އަނިޔާގެ ސީރިއަސްކަމުން ބައެއް މީހުން ވަނީ މާލެ ސަރަހައްދަށް ބަދަލުކޮށްފައެވެ. ފުލުހުން […]

ޔުމްނާ ޢަލީ
ބާކީ ނުކުރާ މުޖުތަމައެއް ބިނާ ކުރުމަކީ ފަރުދީ ޒިންމާއެއް: ފަސްޓް ލޭޑީ

ބާކީ ނުކުރާ މުޖުތަމައެއް ބިނާ ކުރުމަކީ ފަރުދީ ޒިންމާއެއް: ފަސްޓް ލޭޑީ

ބާކީ ނުކުރާ މުޖުތަމައެއް ބިނާ ކުރުމަކީ ފަރުދީ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ސޯޝަލް މިޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. ދުވަހާ ގުޅިގެން އެކަމަނާ ވިދާޅުވީ ދިރިއުޅުމުގެ ކަންކަން އެކި މީހުން ތަޖުރިބާކުރާ ގޮތް ތަފާތުކަމަށާއި އެއީ ބަލިކަށިކަމެއް ނޫން ކަމަށެވެ. ޑައުން ސިންޑްރޯމް ހުންނަ...

އައިޝަތު ޢާދަމް
''އެންމެންނަށް ފުރުޞަތު އޮތް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު''

''އެންމެންނަށް ފުރުޞަތު އޮތް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު''

ކުރިއަށް އޮތް ތަނުގައިވެސް، އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ، ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުން ފެންނާންހުރި އިރުޝާދުތަކާއި ޢިބް...

ޔުމްނާ ޢަލީ
ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް

ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް

މާލޭގެ އެމްޕީއެލް ސަރަޙައްދު ބޭރުން ދަތުރުކުރި ޓަގު ބޯޓަކާއި ލޯންޗެއް ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، އެމް.ޕީ.އެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 މާރިޗު 21 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:39 އެހާއިރުއެވެ. މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށް އެކިވަރުގެ އަނިޔާ ލިބިފައިވާތީ، އޭނާއަށް މިހާރު ދަނީ އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުން މައުލޫމާތު ލިބިފައިވާ ގޮތުގައި ކެޕްޓަނ...

ޔުމްނާ ޢަލީ
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އޭޕްރިލްގައި ނިންމައި ޖޫންގައި ގޯތިތައް ހަވާލުކުރަން ފެށޭނެ: ރައީސް

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އޭޕްރިލްގައި ނިންމައި ޖޫންގައި ގޯތިތައް ހަވާލުކުރަން ފެށޭނެ: ރައީސް

ގިރާވަރުފަޅުން ބިން ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ނިންމައި، ޖޫން މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ. “އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސަރވޭ ކޮށް ނިންމާ...

ޔުމްނާ ޢަލީ
އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

އީރާނުގެ ސައުތު ޕާރްސް ގޭސް ފީލްޑާ ގުޅިފައިވާ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ހަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަދި މުޅި ސަރަހައްދުގެ ހަމަޖެހުމާއި ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެކެވެ. ރާއްޖެއިން ވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ނަތީޖާތަކާ މެދު ކަންބޮޑުވުން...

ޔުމްނާ ޢަލީ
މާއެނބޫދޫ ބަނދަރަށް ކަންނެލި އައިނެއް ވަދެއްޖެ

މާއެނބޫދޫ ބަނދަރަށް ކަންނެލި އައިނެއް ވަދެއްޖެ

ދ. މާއެނބޫދޫ ބަނދަރަށް ކަންނެލި އައިނެއް ވަދެއްޖެއެވެ. މާއެނބޫދޫ ބަނދަރަށް ކަންނެލި އައިނެއް ވަދެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑއާގައި މިހާރު ދައުރުވަމުން އަންނައިރު، ވިއްސަކަށް ކަންނެލި ހިމެނޭ އައިނެއް އެރަށު ބަނދަރުގެ ތެރޭ ދުވާތަން އެ ވީޑިއޯތަކުން ފެނެއެވެ. ”މާއެނބޫދޫ ލައިވް” އިން ގެނެސްދީފައިވާ މިވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯއަކުން ފެންނަ ގޮތުގައި ޒުވާނަކު ދޮށީގައި ކަންނެއްޏެއް ގަންނުވައިގެން އުޅޭތީ ވެސް ފެނެއެވެ. ނަމަވެސް އެކަންނެލި ބޭނުމުގެ ކުރިން ވަނީ ނެއްޓިގެން ގޮސްފައެވެ....

ޔުމްނާ ޢަލީ
13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި، އުމުރުން އެންމެ 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 20 ވާ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުންޏެވެ. މިފަދަ މައްސަލަތަކަކީ ކުޑަކުދިންނާ ގުޅުންހުރި ނާޒުކު […]

ޔުމްނާ ޢަލީ