ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ މަސައްކަތްތައް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނިގޮތުގައި މިއަދު މެންދުރު ރައީސް ސަލްޓަން ޕާކަށް ކުރެއްވި މި ޒިޔާރަތުގައި، އެމް.އެން.ޑީ.އެފްގެ ބެއްލެވުމުގެ ދަށުން އެތަނުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ޤާއިމުކުރާ ވަޞީލަތްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެެ. އަދި ޕާކު ތަރައްޤީ ކުރުމުގައި ޢަމަލީގޮ...
ޔުމްނާ ޢަލީ
1447 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤުވާމީ އިސްލާމީ ޖަމުޢިއްޔާތަކުގެ ވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް މި ތަހުނިޔާ ފޮނުއްވާފައިވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައެވެ. އިސްލާމީ ޤައުމުތަކުގެ އިސްވެރިންނަށް ވަކިވަކީން ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުތަކުގައި، މި ބަރަކާތްތެރި ޢީދުގެ މުނާސަބަތުގައި އެ ޤައުމުތަކުގެ ސަރުކާރުތަކަށާއި ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ ވަނީ އަރިސްކުރައްވާފައެވެ...
ޔުމްނާ ޢަލީ
ރައީސަ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ރ. ހުޅުދުއްފާރުގެ އިޚްތިޞާޞްގެ ތެރޭގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމެނުއްވުމަށް ނިންމަވައި އެކަން ރަސްމީކުރައްވައިފިއެވެ. މި ނިންމެވުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި 9/2026 ނަންބަރު ޤަރާރުގެ ދަށުންނެވެ. ހުޅުދުއްފާރުގެ އިޚްތިޞާޞަށް ގެނައި މި ބަދަލު ދައްކުވައިދޭ ޗާޓު ހިމެނޭހެން މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގަ...
ޔުމްނާ ޢަލީ
އެމްޑީޕީން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އިދިކޮޅު ފިކުރުގެ ރައްޔިތުންވެސް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ މައްސަލައިގައި ކޮންގްރެސް ޕާޓީއާ ހިޔާލު އެއްގޮތް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ދޮރުން ދޮރަށް ހަރަކާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދޭ ދިވެހީންގެ ރާއްޖެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ މައި ދެ އިންތިހާބަކީ ދައުލަތުގެ ފައިސާ ވަ...
އައިޝަތު ޢާދަމް
ވ. ފެލިދޫ ކައިރިން ދަތުރުކުރަމުން ދިޔަ ލޯންޗެއް ރޭ ބަންޑުން ޖަހައިލި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ އިންޑިއާގެ ދެ ރައްޔިތުންކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާގެ ފަހުގެ މައުލޫމާތު ދެމުން ފުލުހުން ބުނީ، މި ހާދިސާ ހިނގި ވަގުތު އެ ލޯންޗުގައި ޖުމުލަ ހަތް މީހުން ތިބިކަން މިހާރު ވަނީ ކަށަވަރު ކުރެވިފައިވާ ކަމަށެވެ. މި ހާދިސާގައި ލޯންޗުން ދަތުރުކުރީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. […]
ޔުމްނާ ޢަލީ
ވ. ފެލިދޫ ކައިރިން ދަތުރުކުރަމުން ދިޔަ ލޯންޗެއް ބަންޑުން ޖަހާލައި، އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައިވާގޮތުން މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، ލޯންޗު ބަންޑުން ޖަހާލި އިރު އޭގައި ޖުމްލަ ފަސް މީހުން ދަތުރުކުރަމުން ދިޔަކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މީގެ ތެރެއިން ތިން މީހަކު ވަނީ ސަލާމަތް ކުރެވިފައެވެ. ލޯންޗެއް ބަންޑުން ޖަހައިލުން: ގެއްލިގ...
ޔުމްނާ ޢަލީ
މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚިޠާބެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިތްދަތިކަމާއި ނުތަނަވަސްކަމުގެ ތެރޭގައިވާ އެންމެހާ މުސްލިމުންނަށް އަމާންކަމާއި ރައްކާތެރިކަން ދެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވައިފިއެވެ. މި ޚިޠާބުގައި މިއަދުގެ ޚާއްޞަ މުނާސަބަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފިޠުރު ޢީދު ދުވަހަކީ ބަރަކާތްތެރި ރަމަޟާން މަހުގެ މަތިވެރި އަޅުކަމަށްފަހު، އެ އަޅުކަން ފުރިހަމައަށް އަދާކުރެވިއްޖެ ކަމުގެ އުންމީދާއި، ﷲގެ ފ...
ޔުމްނާ ޢަލީ
މޯލްޑިވްސް ޒަކާތު ހައުސްއިން 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ބަހައި ނިންމައިފިއެވެ. މި ފަހަރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6,000 ރުފިޔާ ޖެހިފައިވާއިރު، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފައިސާ ބެހި ފަހަރެވެ. ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި 62 ޔަތީމު ކުދިން ވެސް ހިމެނެއެވެ. މި އަހަރަކީ ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ […]
ޔުމްނާ ޢަލީ
އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ދެ އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެންޑިޑޭޓުންނާއެކު މިއަދު މެދު ހެންވޭރު ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންފި އެވެ. މިއަދުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލާއި، މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އ...
އައިޝަތު ޢާދަމް
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ މުޅިން އާ ހަރުފަތަކަށް ގޮސް، އީރާނުން އިޒްރޭލުގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާ ކަމަށްވާ “ބަޒާން ގްރޫޕް” ގެ ހައިފާ ރިފައިނަރީއަށް ބެލިސްޓިކް މިސައިލްގެ ވަރުގަދަ ހަމަލާތަކެއް މިއަދު ދީފިއެވެ. މިއަދު ލިބެމުންދާ ރިޕޯޓްތައް ބުނާގޮތުގައި، އީރާނުން ފޮނުވާލި މިސައިލްތައް ވަނީ ހައިފާ ބޭ ސަރަހައްދުގައި ހުންނަ މި ކާރުޚާނާގެ ފެސިލިޓީއަށް ސީދާ އަމާޒުވެފައެވެ. މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުން ބޯ ދުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް […]
ނާޒިމާ އަލީ
ފާއިދުވެދިޔަ ދެ އަހަރު އައްޑޫއަށް ކޮށްދިން ކަމެއް ނެތް ކަމަށް ބުނެ ހަރުދަނާ ވާހަކައެއް ދައްކަވަން އްޑޫސިޓީގެ މޭޔަރު އަހްމަދު ނިޒާރު ވިދާޅުވުމުން ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު އޭނާއަށް ލިސްޓަކުން ޖަވާބުދެއްވައިފި އެވެ. ފާއިދުވެދިޔަ ދެ އަހަރު އައްޑޫއަށް ކޮށްދިން ކަމެއް ނެތް ކަމަށް ބުނެ ހަރުދަނާ ވާހަކައެއް ދައްކަވަން އުޅުއްވުމަށް ނިޒާރު ވަނީ އޭނާގެ ފޭސްބުކުގައި ވަޒީރު އިހުސާނަށް ގޮވާލައްވާފަ އެވެ. އެ ޕޯސްޓަށް ރައްދު ދެއްވަމުން ވަޒީރުވިދާޅުވީ ފާއިތުވި […]
އައިޝަތު ޢާދަމް
އައްޑޫ ސިޓީއަށް ވައިގެ މަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ރައްޔިތަކު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ. މި މީހާ އަތުން ގާތްގަނޑަކަށް ދެ ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް މައުލޫމާތު ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 58 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ސަލްދިން ވަލިމޮހްމަދް ރުއްފިން އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި...
ޔުމްނާ ޢަލީ
ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްޓަކައި ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓެއް ގާއިމުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ދެ ގައުމުގެ އެއިރޮނޮޓިކަލް އޮތޯރިޓީތަކުގެ ދެމެދުގައި ވެވުނު މުހިންމު އެއްބަސްވުމެކެވެ. މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން މިއަދު ވިދާޅުވީ، މިއަދުން ފެށިގެން އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދު އެއާލައިންތައް ދަތުރުކުރުމުގައި އެއްވެސ...
ޔުމްނާ ޢަލީ
ކައުންސިލަކަށް ހޮވުމަކީ ނާޖާއިޒުގޮތެއްގައި ސަރުކާރާ ދެކޮޅަށް ކަންކަން ކުރަން ލިބޭ ފުރުސަތެއް ނޫންކަމަށް ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސައިން އިމްރާން ލަތީފް ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ މައްޗަންގޯޅި މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މެމްބަރު ވިދާޅުވީ ސިޔާސީ ކޯޅުންތަކާ ހެދި ބައެއް ކައުންސިލުތަކަށް އެބޭފުޅުންގެ މަގުސަދު ހަނދާން ނެތޭކަމަށެވެ. ކައުންސިލުތަކަކީ ދައ...
އައިޝަތު ޢާދަމް
އިދިކޮޅު އެމްޑީޕީން އެ ސަރުކާރުތަކުގެ ބަޖެޓުތައް ތަންފީޒުކުރަމުން ދިޔައީ ދިގު މުއްދަތެއްގައި ގައުމަށް ލިބިދާނެ ގެއްލުމަކަށް ބަލާފަ ނޫންކަމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ މި ސަރުކާރަކީ ވައުދު ފުއްދާނެ ސަރުކާރެއްކަމަށެވެ. އިންތިހާބު ކާމިޔާ...
އައިޝަތު ޢާދަމް