ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރެއްވި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ ޢާއިލާއަށާއި ދިވެހި ސިފައިންނަށާއި ފުލުހުންނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މަރުޙޫމް ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ރައީސް ވިދާޅުވީ އެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ. މަރުޙޫމް...
ޔުމްނާ ޢަލީ
ދިވެހިރާއްޖެއަކީ ޓީބީ ބަލީގެ ނިސްބަތް މަދު ގައުމެއްގެ ގޮތުގައި އޮތުމަކީ ލިބޭ ބޮޑު ފަޚުރެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ ޓީބީއަކީ ރައްކާތެރިވެވޭ އަދި ފަރުވާދެވޭ ބައްޔަކަށް ވީނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިލިއަނުން މީހުންނަށް އަދިވެސް މި ބަލީގެ އަސަރު ކުރަމުންދާ ކަމަށެވެ. މި ބަލި ނައްތާލުމުގައި ވަރުގަދަ ސިއްހީ...
ޔުމްނާ ޢަލީ
ދިވެހި ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރ (ރިޓަޔަރޑް) އަބްދުއްޝަކޫރު އަބްދުﷲ މިއަދު އަވަހާރަވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ 43 އަހަރަށްވުރެ ގިނަ ދުވަހު ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރަށްވާފައިވާ އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އުމުރުން 75 އަހަރުގައި ޝަކޫރު އަވަހާރަވީ ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު 10:1...
ޔުމްނާ ޢަލީ
އއ. ހިމަންދޫ އާއި ދ. މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކާއި، ލ. ހިތަދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ މައްސަލައެއްގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ހިމަންދޫ އާއި މީދޫގެ މައްސަލަ މި މާރިޗު މަހުގެ 22 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ދ. މީދޫ، ބީޗްހައުސް، އިބްރާހީމް އަޝްރަފް (41އ) އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މައިނުއްދީން (35އ) އެވެ. މީދޫ އަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލާގައި […]
ޔުމްނާ ޢަލީ
މާލޭގެ ގ. ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ. ގަލޮޅު މޯޗަރީ ކައިރީ ހުންނަ މި ގޭގައި މި ހާދިސާ ހިނގުމުގެ ހައެއްކަ މިނެޓު ކުރިން މީހަކު އެ ގެއަށް ވަންނަ ސީސީޓީވީ ފުޓޭޖް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، ޙުސައިން ޝަޙްބާން (29އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ […]
ޔުމްނާ ޢަލީ
ކައުންސިލްތަކަކީ ވެރިކަންކުރާ ބާރުގެ ތެރޭގައި ހިމެނޭ، ސަރުކާރަށް އެހީތެރިކަން ދިނުމަށްޓަކައި އޮތް ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގައި ލޯކަލް ކައުންސިލްތަކުގެ އެހީތެރިކަން ނުހަނު ބޭނުންވެއެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަ...
އަލީ އާދިލް
އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ރިއާޔަތްކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނަށާއި އަންހެނުންނަށް ޚާއްޞަ ކުރުމަށް ޤާނޫނީ އިޞްލާޙުތަކެއް ހުށަހެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުން ނިންމަވައިފިނަމަ، ސަރ...
އަލީ އާދިލް
ބޭރުގެ ހިލޭ އެހީއާއި، ލޯނު އެހީގެ އިތުރުން ކޮންޓްރެކްޓަރ ފައިނޭންސިންގ މޮޑެލްގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމުގެ ދަށުން މިއަދު ބޭއްވި ދެވަނަ ބައްދަލުވުމުގައެވެ. ރައީސް ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތަކަކީ ތަފާތު އެކި މޮޑެލްތަކުގެ ތެރެއިން ކުރިއަށްގެންދާ ކަންކ...
ޔުމްނާ ޢަލީ
ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް މެދުކެނޑުމެއްނެތި އެތެރެކުރެވެމުންދާ ކަމަށާއި، އެ ތަކެތީގެ އަގުތައްވެސް އެއް ހަމައެއްގައި ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ކާޑުގެ ދަތިކަމެއް ނެތި ކުރީގައިވެސް އޮތްގޮތަށް ހަނޑޫ، ހަކުރު، އަދި ފުށް އެތެރެކުރެވި، ސްޓޮކް ބެލެހެއްޓެމުންދާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ކާޑުގެ...
ޝިއުނާ އާދަމް
ދިވެހިރާއްޖޭގެ ތިން ސަރަހައްދެއްގައި ތިން ފިޔަވެއްސަކަށް ބަހާލައިގެން ނެޝަނަލް އޮއިލް ރިޒަރވެއް ގާއިމުކުރުމުގެ ދިރާސާ ކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ކޮންމެ ދުވަހަކުވެސް ބަދަލުތަކެއް އަންނަމުންދާ ކަމަށާއި، އެކަން ސަރުކާރުން ވަރަށް...
ޔުމްނާ ޢަލީ
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ. އަންނަ މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއެކު ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އައިކް އަހުމަދު އީސަ އާއި ވަކީލް އިބްރާހިމް ޝިޔާމާއި ރައްޔިތުންގެ […]
ހުސައިން ހަބީބް
އިސްރާއީލަކީ ދިވެހި ސަރުކާރުންވެސް އަދި ދިވެހި ރައްޔިތުންވެސް ބަލައިގަންނާނޭ ބައެއް ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި މެދުއިރުމައްޗާއި ގަލްފުގައި މިހާރު ކުރަމުންދާ ހަނގުރާމައާ ދިވެހި ސަރުކާރުން ކަނޑައެޅިގެން ދެކޮޅު ހަދައެވެ. އަދި އެއްވެސް ޤައުމެއްގެ މިނިވަންކަމާއި އިސްތިޤުލާލު ނަގާލާގޮތަށް ހަމަ...
ޔުމްނާ ޢަލީ
އިދިކޮޅު އެމްޑިޕީން ހއ. ދިއްދުއަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށް ބާރަސު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ދިއްދޫ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ އެމްޑީޕީން އެމީހުންގެ ވެރިކަމުގައި ދިއްދުއަށް ވެފައިވާ އެއްވެސް ވައުދެއް ފުއްދާފައި ނުވާކަމަށެވެ. “އިބްރާހީމް މުހައްމަދު ސާލިހު ދޮގު ހެއްދެވީ. ވިދާޅުވީ ދެ ފުޓުބޯޅަ ދަނޑު އަޅާނަމޭ. އެއް ދަނޑުވެސް ނޭޅުނޭ ފަސް އަަހަރު ނިމުނު އިރު. 2010 ވަނަ އަހަރު އެމްޑީޕީން […]
އައިޝަތު ޢާދަމް
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ހުޅުމާލޭގައި ތަރައްޤީކުރާ 1،224 ހައުސިންގ ޔުނިޓްގެ މަސައްކަތް ފެށުމަށް ވެފައިވާ ތައްޔާރީތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ. އެމަނިކުފާނު ވަނީ ތައްޔާރީތައް ބައްލަވާލެއްވުމަށް، ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)ގެ ހުޅުމާލޭ ފޭސް 2 ގައި ހުންނަ ސައިޓަށް މިއަދު ޒިޔާރަތެއް ކުރަށްވާފައެވެ. މި ޒިޔާރަތަކީ ރޭ ބޭއްވުނު މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ފަހު، މަސަ...
އަލީ އާދިލް
ސާފު ބޯފެން ކަަށަވަރުވުމަކީ މުޖުތަމައުގައި ހަމަހަމަކަން ކަށަވަރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ރައްކާތެރި، އިތުބާރު ހުރި، އަދި ސާފު، އަގުހެޔޮ ބޯފެން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. ރައީސްގެ މެސެޖުގައި ވަނީ ފެނުގެ ރައްކާތެރިކަމަކީ އަންހެނުންނާއި އަންހެން ކުދިންގެ ކަރާމާތާއި، ރ...
ޔުމްނާ ޢަލީ