ޓެގް އެޅުވުމަށްފަހު ލަމްހާ ބަންދުން ދޫކުރަން އެދެފި
އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރާލި މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ފައިގައި ޓެގް އެޅުވުމަށްފަހު ބަންދުން ދޫކޮށްދޭން އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި މިއަދު އެދެފި އެވެ. އޮކްޓޫބަރު، 2021 ގައި އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ […]