ރައްޔިތުންގެ މަޖިލީހުގެ ރައީސެއް އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާ މިރެއަށް ތާވަލުކޮށްފިއެވެ.

މި ޖަލްސާ ފަށަން ނިންމާފައި ވަނީ މިރޭ 22:00 ގައެވެ.

Ad
rt

މަޖިލީހުގެ ރައީސް އިންތިޚާބު ކުރަން މިރޭ ޖަލްސާ އެއް އެޖެންޑާ ކޮށްފައި މިވަނީ މަޖިލީހުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ނަޝީދު މިއަދު އިސްތިއުފާ ދެއްވުމުންނެވެ.

ނަޝީދު އިސްތިއުފާ ދެއްވީ ދިގު ދެމިގެން ދިޔަ އެމަނިކުފާނުގެ އިތުބާރުގެ މައްސަލަ ނިންމަން އެންމެފަހަށް މިއަދު ހަވީރަށް އެޖެންޑާ ކުރި ޖަލްސާ ފެށުނު ތަނާހެންނެވެ.