50 މެމްބަރުންގެ ސޮޔާއެކު މަޖިލިހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަން ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރަން މަޖިލިހަށް މިއަދު ހުށަހަޅައިފިއެވެ. އީވާގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ 50 މެމްބަރުންގެ ސޮޔާއެކުގައެވެ. އެއީ އެމްޑީޕީގެ 49 މެމްބަރުންނާއި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. މަޖިލިހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ އެމްޑީޕީގެ ފަރާތުން މެމްބަރު ކަމަށް ވާދަކުރެއްވި ކެންޑ...