ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރު ކުރިއަށް ގެންދަން މިއަދު ހަވީރަށް ތާވަލުކުރި ޖަލްސާ ފެށެން ވިއްސަކަށް މިނިޓަށް ވެފައި ވަނިކޮށް މަޖިލީހުގެ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެންބަރުން ރިޔާސަތު ''ހިސޯރު'' ކުރުމަށްފަހު ދޫކޮށްލައިފިއެވެ.

އެ މެންބަރުން ރިޔާސަތު ވަށާލައި ތިއްބެވުމަށްފަހު ޖަލްސާ ފަށަން ފަސް ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް، އެތަނުން ދުރައް ޖެހިވަޑައިގެންފައިވާކަމަށް މަޖިލީހުގެ ތަޅުމުގައި ހުންނެވި މެންބަރަކު ވިދާޅުވިއެވެ.

Ad
rt

ތަޅުމުގައި ހުންނެވި މެންބަރަކު ވިދާޅުވީ، ޖަލްސާ ފެށުނަ ނުދިނުމަށް މަޖިލިސް ނައިބު ރައީސް އީވާ ޢަބުދުﷲ ރިޔާސަތުގައި އިންނަވައިގެން، ޑިމޮކްރެޓްސްގެ މެންބަރުން ތިއްބެވީ ރިޔާސަތު ވަށާލައިގެންނެވެ. ނަމަވެސް ޖަލްސާ ފަށަން ފަސް ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް އެ ބޭފުޅުން އެތަން ދޫކޮށް ދުރަށް ވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިމޮކްރެޓްސްގެ މެންބަރުން މަޖިލީހުގެ ރިޔާސަތު ވަށާލައިގެން

''މިހާރު ނަޝީދު ވެސް އީވާ ވެސް އެބަތިއްބެވި ދާއިރާގެ ގޮނޑި ކޮޅުގައި'' އޭނާ ވިދާޅުވިއެވެ.

އެ މެންބަރުން ރިޔާސަތާ ދުރައް ދިޔުމާއެކު މިހާރު ވަނީ ޖަލްސާ ފަށަން ތައްޔާރުވެފައެވެ.

ނަޝީދު ވަކިކުރުމުގެ ގަރާރު މަޖިލީހުގެ ގަވާއިދަށް ނުފެތޭކަމަށް ވިދާޅުވެ، މަޖިލީހުގެ ޑިމޮކްރެޓްސްގެ މެންބަރުން އިއްޔެ އިން ފެށިގެން އެ މައްސަލަ އެޖެންޑާ ކުރި ހުރިހާ ޖަލްސާ އެއްގައި ވެސް ވަނީ ތަޅުމުގައި ދުންމާރިފުމެ، އަޑުގަދަ ކުރައްވައި މަޖިލިސް ކުރިއަށް ގެންދިޔުމަށް ހުރަސް އަޅުއްވާފައެވެ.